Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޖުޑީޝަލް ސާވިސް ކޮމިޝަން

ތައުލީމާއި ތަމްރީނުތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަނޑިޔާރުންނަށް ފުޅާދާއިރާއެއްގައި ހުޅުވާލަނީ!

އެހެން ފަނޑިޔާރުންނެކޭ އެއްފަދައިން މެޖިސްޓްރޭޓުންނަށްވެސް ފޯން އެލަވަން ދިނުމަށް ނިންމާފައިވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 24 ނޮވެމްބަރު 2019 | އާދީއްތަ 10:17
ޖޭއެސްސީގެ ބައެއް މެމްބަރުން-

ޖޭއެސްސީގެ ބައެއް މެމްބަރުން-

ތައުލީމާއި ތަމްރީން ޕްރޮގްރާމްތަކުގައި ބައިވެރިވެވޭނެ ފުރުސަތު ފަނޑިޔާރުންނަށް ވީހާވެސް ފުޅާކޮށް، ހުޅުވާލުމަށްޓަކައި ހަރުދަނާ ސިޔާސަތުތަކެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފި އެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އަތޮޅުތެރޭގައި ބޭއްވުނު އެކޮމިޝަނުގެ ބައްދަލުވުން އާދިއްތަ ދުވަހު ލ. ފޮނަދޫ ގައި ބާއްވާފައިވާއިރު، އެ ބައްދަލުވުމުގައި ދެކަމެއް ނިންމާފައި ވެއެވެ.

Advertisement - newsAdvertisement

އެގޮތުން، ތައުލީމާއި ތަމްރީނު ޕްރޮގުރާމުތަކުގައި ބައިވެރިވެވޭނެ ފުރުސަތު ފަނޑިޔާރުންނަށް ވީހާވެސް ފުޅާކޮށް ހުޅުވާލުމަށްޓަކައި ހަރުދަނާ ސިޔާސަތެއް އެކުލަވާލައި އާންމުކުރުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގައި ދެންނެވުމަށް ނިންމާފައި ވެއެވެ. އެގޮތުން ސިޔާސަތު އެކުލަވާލުމުގައި، ދައުލަތުގެ ޚަރަދުގައި އަދި ފަނޑިޔާރުންގެ އަމިއްލަ ޚަރަދުގައި މިފަދަ ޕްރޮގުރާމުތަކުގައި ބައިވެރިވެވޭނެ ގޮތާއި، މާލީ ގޮތުން ލުއި އަދި ފަހި ސްކީމްތަކެއް ތައާރަފުކުރުމާއި، ތައުލީމާއި ތަމްރީނުތަކުގައި ބައިވެރިވުމަށް ބާރުއެޅޭގޮތަށް އެ ސިޔާސަތު ބައްޓަންކުރުމުގެ މުހިއްމުކަމުގެ މައްޗަށް ވެސް ޖޭއެސްސީގެ އެބައްދަލުވުމުގައި މެމްބަރުން ޝުއޫރު ފާޅުކުރައްވާފައި ވެއެވެ.

ޖޭއެސްސީގެ މި ބައްދަލުވުމުގައި ދެވަނަ ކަމަކަށް ނިންމާފައިވަނީ، އެހެން ފަނޑިޔާރުންނެކޭ އެއްފަދައިން މެޖިސްޓްރޭޓުންނަށް ވެސް ފޯނު އެލަވަންސް ދޭންޖެހޭ ކަމަށް ކޮމިޝަނަށް ގަބޫލުކުރެވޭތީ، މެޖިސްޓްރޭޓުންނަށް ދޭ ފޯނު އެލަވަންސްގެ ގޮތުގައި މަހަކު 500ރ ހަމަޖައްސާ ދިނުމަށް ރައްޔިތުންގެ މަޖިލީހުގައި ދެންނެވުމަށެވެ.

ޖޭއެސްސީގެ މެމްބަރުން މިހާރު ލ. އަތޮޅަށް ކުރައްވާ އެދަތުރަކީ، ދާދިފަހުން ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވާފައިވާ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުމުރުމާއި ކުޑަކުދިންގެ އަދުލުގެ ނިޒާމާބެހޭ، އެ ދެ ޤާނޫނަށް ފަނޑިޔާރުންނާއި ކަމާބެހޭ އިދާރާތަކުގެ ބޭފުޅުން އަހުލުވެރި ކުރުވުމަށް ސެމިނަރއެއް ބޭއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހާއި ސަރުކާރުން ދަނީ ޖުޑީޝަރީ އިސްލާހު ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޖޭއެސްސީގެ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ކުރިން ސުޕްރީމް ކޯޓަށް ނަގާފައިވާ އެކޮމިޝަންގެ ބާރުތައް ވަނީ ފަހުން އިސްލާހު ގެނައި ޖޭއެސްސީގެ ޤާނޫނުގައި ހިމަނާފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކައުންސިލް އިންތިހާބުގައި ވޯޓުލަން ރިރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވާލައިފި

ކައުންސިލް އިންތިހާބުގައި ވޯޓުލަން ރިރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވާލައިފި

19 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

19 ފެބުރުއަރީ 2017
ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކޮށްފި

ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކޮށްފި

16 ފެބުރުއަރީ 2017
އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

03 ފެބުރުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު