Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަލަސުރުހީ

ގުޅީފަޅު ތައްރައްގީކުރުން: ޖީޕީޑީއާއެކު ވެފައިވާ އެއްބަސްވުން ބާތިލު ކުރުމަކީ ސަރުކާރަށް ޖެހުނު ބޮޑު ބުރައެއް!

23 ނޮވެމްބަރު 2019 | ހޮނިހިރު 14:49

ފްލެޓްތަކުގެ މަސައްކަތް އޮތީ ހުއްޓިފައި

އަމްނާ އިމާދު
އަމްނާ އިމާދު | 23 ނޮވެމްބަރު 2019 | ހޮނިހިރު 14:49
ގުޅީފަޅު ތަރައްގީގެ ޕްރޮޖެކްޓްގެ ދަށުން އިމާރާތްކޮށްފައިވާ ފްލެޓްތަކެއް

ގުޅީފަޅު ތަރައްގީގެ ޕްރޮޖެކްޓްގެ ދަށުން އިމާރާތްކޮށްފައިވާ ފްލެޓްތަކެއް

ކުރީގެ ރައީސް އަބްދުﷲ ޔާމިނުގެ ސަރުކާރުގައި ގުޅީފަޅު ތަރައްޤީ ކުރަމުންއައި ގްލޯބަލް ޕްރޮޖެކްޓް ޑިވެލޮޕްމަންޓް ޕްރައިވެޓް ލިމިޓެޑް (ޖީޕީޑީ) އާއެކު ވެފައިވާ އެއްބަސްވުން ބާޠިލު ކުރުމަކީ މިހާރުގެ ސަރުކާރަށް ޖެހިފައި އޮތް އެންމެ ބޮޑު ބުރަ ކަމަށް ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީ.އެމް.އައި.ޒެޑް.އެލް.) ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ރަޝީދު އަބޫބަކުރު (އިބޫ) ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމުގައި އިބޫ ވިދާޅުވީ ގުޅީފަޅުގައި އިމަރާތް ކުރި ފްލެޓްތަކުގެ މަސައްކަތް ހުއްޓިފައި އޮތީ ކުރީގެ ރައީސް ޔާމީނުގެ ވެރިކަމުގައި ޖީޕީޑީއާއެކު ހަދާފައިވާ އެއްބަސްވުން ބާތިލު ކުރި ހިސާބުން ކަމަށާއި، އެ އެއްބަސްވުން ބާތިލުކުރުމުގެ ކުރިން ސިންގަޕޫރުގެ ލޯރ ފާމަކުން ލަފާ ހޯއްދަވާ، އެބާތިލު ނުކުރުމަށް ލަފާދިން ނަމަވެސް އޭރުގެ ސަރުކާރުން ބޭނުންވާ ގޮތަށް ކަންތައްތައް ނިންމާލީ ކަމަށެވެ. އަދި އެއީ އެސަރުކާރުން ކުރި ވަރަށް ދެރަ ކަމެއް ކަމަށާއި، ހުރިހާ ދެރައެއް ލިބިގެންދިޔައީ ރައްޔިތުންނަށްކަން އިބޫ ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

އިބޫ ވިދާޅުވީ ގުޅީފަޅު ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާއިރު، މިސަރުކާރަށް ޖެހިފައި އޮތް އެންމެ ބޮޑު ބުރައަކީ ޖީޕީޑީއާއެކު ހަދާފައިވާ އެއްބަސްވުން ބާތިލު ކުރުން ކަމަށެވެ. އަދި ވިދާޅުވީ އެކުންފުނިން މިއަދު 200 ނުވަތަ 300 މިލިއަން ޑޮލަރުގެ ބަދަލެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އިބޫ ވިދާޅުވީ ގުޅީފަޅު ތަރައްޤީ ކުރާއިރު، އެރަށް ވެސް ވެގެންދާނީ ތިލަފުށްޓާއެކު ގުޅިފައި އޮންނަ އެއްރަށެއްގެ ގޮތުގައި ކަމަށެވެ.

ގުޅީފަޅަކީ 2010 ވަނަ އަހަރު އިންޑިއާގެ ގްލޯބަލް ޕްރޮޖެކްޓްސް ޑިވެލޮޕްމަންޓް (ޖީޑީޕީ) ކުންފުންޏާއި ހަވާލުކޮށްގެން ހިއްކައިގެން، އެއަށް ފަހު މީހުން ދިރުއުޅުމަށް ތަރައްޤީ ކުރަމުން އައި ރަށެކެވެ. އެހެން ނަމަވެސް އެރަށް ތަރައްޤީ ނުކުރާ ކަމަށް ބުނެ، ރައީސް ޔާމީނުގެ ސަރުކާރުން އެއްބަސްވުން ބާތިލުކުރީ 2016 ވަނަ އަހަރުގެ ފެބްރުއަރީމަހުގެ 06 ވަނަ ދުވަހުއެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

19 އެޕްރީލު 2017

ނާދީ އާއި އޯޑިއޯން ބިމުގައި ފްލެޓް އަޅަން ޓާޓާއާ އެކު ވެފައިވާ އެއްބަސްވުން ބާތިލްކޮށްފި

19 އެޕްރީލު 2017
ނާދީ އާއި އޯޑިއޯން ބިމުގައި ފްލެޓް އަޅަން ޓާޓާއާ އެކު ވެފައިވާ އެއްބަސްވުން ބާތިލްކޮށްފި
22 މާރިޗު 2017

ގައުމަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ އަސްލަކީ މަޖިލީސް، މަސީހު ބަދަލުކުރެވޭނެ:ޕާޓީތައް

22 މާރިޗު 2017
ގައުމަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ އަސްލަކީ މަޖިލީސް، މަސީހު ބަދަލުކުރެވޭނެ:ޕާޓީތައް
15 މާރިޗު 2017

އެޗްވަންއެންވަން އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު 82 އަށް އަރައިފި

15 މާރިޗު 2017
އެޗްވަންއެންވަން އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު 82 އަށް އަރައިފި
09 މާރިޗު 2017

މަޖިލީސް ވާވެފައިވާ ތަނަކަށް ހެދީ މަސީހު، އޭނާ ބޭރުކުރާނަން: ގަފޫރު

09 މާރިޗު 2017
މަޖިލީސް ވާވެފައިވާ ތަނަކަށް ހެދީ މަސީހު، އޭނާ ބޭރުކުރާނަން: ގަފޫރު
20 ފެބުރުއަރީ 2017

ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި

20 ފެބުރުއަރީ 2017
ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި
19 ފެބުރުއަރީ 2017

ގދ މާވަރުލު އެއާޕޯޓް ހެދުމުގެ އެއްބަސްވުން ބާތިލް ކުރީ ރަނގަޅަށް: ސިވިލް ކޯޓް

19 ފެބުރުއަރީ 2017
ގދ މާވަރުލު އެއާޕޯޓް ހެދުމުގެ އެއްބަސްވުން ބާތިލް ކުރީ ރަނގަޅަށް: ސިވިލް ކޯޓް
04 ފެބުރުއަރީ 2017

މަރުވެފައިވާ ބަޔަކަށް އެލަވަންސް ދޫކޮށްފި

04 ފެބުރުއަރީ 2017
މަރުވެފައިވާ ބަޔަކަށް އެލަވަންސް ދޫކޮށްފި
02 ފެބުރުއަރީ 2017

ސީރިއާގައި "މަރުވެފައިވާ" ދިވެއްސެއްގެ ޝަރީއަތުގެ އަޑުއެހުމެއް!

02 ފެބުރުއަރީ 2017
ސީރިއާގައި "މަރުވެފައިވާ" ދިވެއްސެއްގެ ޝަރީއަތުގެ އަޑުއެހުމެއް!
24 ޖެނުއަރީ 2017

ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ

24 ޖެނުއަރީ 2017
ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް