Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފޮރިން މިނިސްޓްރީ

ރަށްވެހިކަން ދޫކޮށްލުމުގެ ކަންކަން ކުރެވެން އޮތީ ގަވާއިދަށް ބަދަލު ގެނެސްގެން: ފޮރިންގ މިނިސްޓްރީ

ރަށްވެހިކަން ބަދަލު ނުކުރެވެނީ ގަވާއިދުގައި ފުށުއެރުންތަކެއް ހުރުމުގެ ސަބަބުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 21 ނޮވެމްބަރު 2019 | ބުރާސްފަތި 11:13
ފޮރިންގ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ ހުމައިދު

ފޮރިންގ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ ހުމައިދު

ދިވެހި ރައްޔިތުންގެ ތެރެއިން ރަށްވެހިކަން ދޫކޮށްލަން ބޭނުންވާ ފަރާތްތަކަށް އެ ހުއްދަ ދެވޭނީ ގަވާއިދަށް ބަދަލު ގެނެސްގެން ކަމަށް ފޮރިންގ މިނިސްޓްރީން ބުނެފިއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީގައި ވާހަކަދައްކަވަމުން ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ ހުމައިދު ވިދާޅުވީ ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހިން ރަށްވެހިކަން ދޫކޮށްލުމަށް އެދި ވަރަށް ގިނައިން ހުށަހަޅާ ކަމަށެވެ. އަދި އެގޮތަށް ހުށަހަޅަނީ ބޭރު ގައުމުތަކުގައި އެގައުމުގެ މީހުންނާ ކައިވެނިކޮށްގެން ދިރިއުޅެމުން އަންނަ މީހުން ކަމަށެވެ. ނަމަވެސް ރަށްވެހިކަން ދޫކޮށްލަށް ގިނަ ބަޔަކު ހުށަހަޅާފައި ވީ ނަމަވެސް، އެކަން ނުކުރެވެނީ ގަވާއިދުގައި ފުށުއެރުންތަކެއް ހުރުމުގެ ސަބަބުން ކަމަށް ހުމައިދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ހުމައިދު ވިދާޅުވީ ރަށްވެހިކަން ބަދަލުކުރުމުގައި ދިމާވާ ދައްޗަކީ ދިވެހިރާއްޖޭގެ ސިޓިޒަންޝިޕްގެ ގާނޫނަށް ބަދަލުތަކެއް ގެނެވިފައިވުމުގެ ސަބަބުންނާއި، އެ ބަދަލުތަކާއި ގުޅިގެން ހެދެންޖެހޭ ގަވާއިދުތައް ވެސް ގެޒެޓްކުރެވިފައި ނުވާތީ ކަމަށެވެ. އަދި ގާނޫނަށް ގެނައި ބަދަލާއި ގާނޫނު އަސާސީއާއި ބައެއް ކަހަލަ ފުށުއެރުންތަކެއް އަރާ ކަމަށާއި، އެފަދަ ރިކުއެސްޓްތައް މިހާތަނަށް ޕްރޮސެސް ވެފައި ނެތީ އެ ސަބަބުތަކަށްޓަކައި ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން ރާއްޖޭގައި ޒަމާނުއްސުރެ ދިރިއުޅެމުން އަންނަ މީހުން ނުވަތަ ރާއްޖޭގައި ދިރިއުޅުން ގާއިމްކޮށްފައި ތިބި ބައިވަރު މީސް މީހުން ދިވެހި ރައްޔިތުކަން ހޯދަން ހުށަހަޅަމުންދާ ކަމަށް ހުމައިދު ވިދާޅުވިއެވެ. ނަމަވެސް އެކަން ކުރެވެނީ ދިވެހިރާއްޖޭގެ ސިޓިޒަންޝިޕްގެ ގާނޫނުގެ ދަށުން ކަމަށާއި، އޭގެ ދަށުން ލާޒިމްކުރާ ބައިވަރު ކަންތައްތައް ހުންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ފޮރިން މިނިސްޓްރީގެ ދައުރަކީ އެގޮތަށް ހުށަހެޅޭ ހުށަހެޅުންތައް ބަލައިގަނެ، އެ ޝަރުތުތައް ފުރިހަމަވޭތޯ ބެލުމަށްފަހު އެ ޝަރުތުތައް ހަމަވަންޏާ އެއާމެދު ގޮތެއް ނިންމުމަށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުއްވުން ކަމަށް ހުމައިދު ވިދާޅުވިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ރާއްޖޭގައި ވަކި މުއްދަތަކަށް ދިރިއުޅެފައި އަދި އޮންނަ ހުރިހާ އިޖްރާއަތްތައް ފުރިހަމަ ކޮށްފައި ގިނަ ބަޔަކު ރަށްވެހިކަމަށް އެދިފައިވާ ކަމަށެވެ. އަދި އެގޮތަށް އެދުމުން ފޮރިން މިނިސްޓްރީން އެފަރާތްތަކަށް ސިޓިޒަންޝިޕް ހޯދައިދިނުމަށް ލިޔަމުން ދާކަމަށާއި، ވަރަށް ފަހުން ވެސް ދެ މީހަކަށް ރަށްވެހިކަން ދީފައިވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ފައިސާއިން، އަދަބު ދިނަސް މިވާހަކަ ދައްކަންޖެހޭ: އަލީ އާޒިމް

ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ފައިސާއިން، އަދަބު ދިނަސް މިވާހަކަ ދައްކަންޖެހޭ: އަލީ އާޒިމް

20 ފެބުރުއަރީ 2017
ޖައިލަމް ފެނުމާ މެދު އޮތީ 50 ޕަސަންޓްގެ އުއްމީދެއް: އެމްއެންޑީއެފް

ޖައިލަމް ފެނުމާ މެދު އޮތީ 50 ޕަސަންޓްގެ އުއްމީދެއް: އެމްއެންޑީއެފް

19 ފެބުރުއަރީ 2017
ތައުލީމުގެ ބިލްގައިވެސް އޮތީ މިސަރުކާރުން ޖަރީމާ ހިންގުން:ޝާހިދު

ތައުލީމުގެ ބިލްގައިވެސް އޮތީ މިސަރުކާރުން ޖަރީމާ ހިންގުން:ޝާހިދު

15 ފެބުރުއަރީ 2017
ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

04 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

6 މެއި
"ޕްރިންސް އޮފް މަޑަގަސްކަރަ"!
20251 އަހަރު ކުރިން
ރިޕޯޓު

"ޕްރިންސް އޮފް މަޑަގަސްކަރަ"!

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!
20242 އަހަރު ކުރިން
ރިޕޯޓު

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް
20233 އަހަރު ކުރިން
މީހުން

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"
20224 އަހަރު ކުރިން
ރާއްޖެ

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް

ބިލެތުގެ ސިއްހީ ބައެއް ފައިދާ!
20197 އަހަރު ކުރިން
ސިއްހަތު

ބިލެތުގެ ސިއްހީ ބައެއް ފައިދާ!

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު