Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމާޒިޔާގެ އެކަޑަމީ ނައިޓް 2019

މާޒިޔާގެ އެކަޑަމީ ނައިޓް 2019 ކުލަގަދަކޮށް ފާހަގަކޮށްފި

ލީވާން އަލީ
ލީވާން އަލީ | 20 ނޮވެމްބަރު 2019 | ބުދަ 22:03
މާޒިޔާގެ އެކަޑަމީ ނައިޓް 2019 ގެ ތެރެއިން

މާޒިޔާގެ އެކަޑަމީ ނައިޓް 2019 ގެ ތެރެއިން

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ އެކަޑަމީ ނައިޓް 2019 ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.

ބުދަ ދުވަހުގެ ރޭ ޓާރފް ދަނޑުގައި ބޭއްވި މި ހަފްލާ 2019 ވަނަ އަހަރު މާޒިޔާ ފުޓުބޯޅަ އެކަޑަމީން ހޯދާފައިވާ ކާމިޔާބީ އާއި މި އަހަރަށް އެ އެކަޑަމީގެ ހަރަކާތްތައް ނިންމާލުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތެކެވެ.

މާޒިޔާ އިން ވަނީ މި އަހަރު 12 އަހަރުން ދަށުގެ ޔޫތު ލީގު، 14 އަހަރުން ދަށުގެ ޔޫތު ލީގު އަދި އިންޑިއާގައި ބޭއްވި 14 އަހަރުން ދަށުގެ އިންޓަނޭޝަނަލް ކަޕް އޮފް ޖޯއި މުބާރާތް ކާމިޔާބުކޮށްފައެވެ.

މި ހަފްލާ ވަނީ މާޒިޔާގެ 12 އަހަރުން ދަށުގެ ކުޅުންތެރިންނާއި، 14 އަހަރުން ދަށުގެ ކުޅުންތެރިން ހޯދި ކާމިޔާބީއާ ގުޅިގެން އެ ކުޅުންތެރިންނާއި، ޓީމުގެ އޮފިޝަލުންގެ އަގުވަޒަން ކޮށްފައެވެ.

މި ހަފްލާގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލު ބައިވެރިވެވަޑައިގެންނެވި އިރު، މާޒިޔާގެ މެނޭޖްމަންޓުގެ ބޭފުޅުންނާއި، އެ ކްލަބުގެ ސްޕޮންސަރުންނާއި، އެ ކްލަބަށް ކުރިން ކުޅުނު ކުޅުންތެރިންނާއި، އެ ކްލަބުގެ އެކަޑަމީގެ ކުޅުންތެރިންނާއި، އެ ކުޅުންތެރިންގެ ބެލެނިވެރިންނާއި، އެ ކްލަބްގެ ސީނިއަރ ޓީމު ކުޅުންތެރިންނާއި، ފުރަތަމަ ޑިވިޝަންގެ ކޯޗުން އަދި ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު ޕީޓަރ ސެގާޓްވެސް ބައިވެރިވިއެވެ.

މި ހަފްލާގައި ވާހަކަދައްކަވަމުން މާޒިޔާގެ ވަހީދު ވިދާޅުވީ، މާޒިޔާގެ އެކަޑަމީ 2015 ވަނަ އަހަރު އުފެއްދީ، އެކަޑަމީން މިހާރު ދެކޭ ކުޅުންތެރިން ރާއްޖެއިން ހޯދުމަށް ކަމަށާއި، ކުރާ އުންމީދަކީ އެ ކުދިން ގައުމީ ޓީމުން ޖާގަ ހޯދައި، ރަންވަނަތަކެއް ހޯދައިދިނުން ކަމަށެވެ.

ހަފްލާގެ ޝަރަފުވެރި މެހެމާނު ބައްސާމް އަދީލް ޖަލީލު ވިދާޅުވީ، މާޒިޔާ އިން ހޯދި ކާމިޔާބީން ދޭހަވަނީ އެފްއޭއެމްއާ ގުޅިގެން ޒުވާން ޖީލުތަކެއް ބިނާކުރާ މަސައްކަތް ކާމިޔާބުކަމާއެކު ކުރިޔަށްދާތަން ކަމަށާއި، އެކަމަށް މާޒިޔާގެ މެނޭޖްމަންޓަށް ޝުކުރު އަދާކުރާ ކަމަށެވެ.

ބައްސާމް ވިދާޅުވީ، މާޒިޔާއަކީ ރާއްޖޭގެ ކްލަބްތަކުގެ ތެރެއިން އެންމެ ހަރުދަނާކޮށް ކުޅުންތެރިންގެ ކަންތައްތައް ބަލަހައްޓާ، ކުޅުންތެރިން ޑިވެލޮޕްކުރާ އަދި އެންމެ ހަރުދަނާކޮށް މެނޭޖްކުރަމުން އަންނަ ކްލަބް ކަމަށެވެ.

މާޒިޔާ 1996 ވަނަ އަހަރު އުފެދުނުއިރު، އެ ކްލަބުން އަންނަނީ ފުޓުބޯޅަ، ބައިބަލާ، ބާސްކެޓް، ވޮލީ އަދި މިނޫން ކުޅިވަރުތަކުގައިވެސް ބައިވެރިވަމުންނެވެ. އަދި އެ ކްލަބުން ވަނީ ފާއިތުވެދިޔަ ތަނުގައި އެކި ކުޅިވަރުތަކުން ކާމިޔާބީތައްވެސް ހޯދާފައެވެ.

އިތުރަށް ކިޔާލަން

23 ސެޕްޓެމްބަރު 2017

ފިޔޯރީގެ ފޭސް ޖަމިއްޔާއިން ފުޓްބޯޅަ އެކަޑަމީއެއް ފަށައިފި

23 ސެޕްޓެމްބަރު 2017
ފިޔޯރީގެ ފޭސް ޖަމިއްޔާއިން ފުޓްބޯޅަ އެކަޑަމީއެއް ފަށައިފި
09 އޯގަސްޓު 2017

ސާފިން ޗެމްޕިއަންސް ޓްރޮފީ 2017ގެ ހުޅުވުމުގެ ރަސްމިއްޔާތު ކުލަގަދަކޮށް ބާއްވައިފި

09 އޯގަސްޓު 2017
ސާފިން ޗެމްޕިއަންސް ޓްރޮފީ 2017ގެ ހުޅުވުމުގެ ރަސްމިއްޔާތު ކުލަގަދަކޮށް ބާއްވައިފި
06 ޖުލައި 2017

އެމްއެސް ހެލްޕިންގް ހޭންޑްސް ސްޕޯރޓްސް އެކަޑަމީ އާއި ސީބީއެލް ސްޕޯޓްސް ފައިނަލަށް

06 ޖުލައި 2017
އެމްއެސް ހެލްޕިންގް ހޭންޑްސް ސްޕޯރޓްސް އެކަޑަމީ އާއި ސީބީއެލް ސްޕޯޓްސް ފައިނަލަށް
06 ޖުލައި 2017

އެފްއޭއެމުން މާޒިޔާގެ ތިން އޮފިޝަލަކަށް ފިޔަވަޅު އަޅައިފި

06 ޖުލައި 2017
އެފްއޭއެމުން މާޒިޔާގެ ތިން އޮފިޝަލަކަށް ފިޔަވަޅު އަޅައިފި
08 އެޕްރީލު 2017

ނިއުރޭޑިއަންޓްގެ ފުޓްބޯލް އެކަޑަމީ ލޯންޗްކޮށްފި

08 އެޕްރީލު 2017
ނިއުރޭޑިއަންޓްގެ ފުޓްބޯލް އެކަޑަމީ ލޯންޗްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު