Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ފަނޑިޔާރުންގެ ޖަމްއިއްޔާގެ ބަޔާން

ގާޒީ ދިރިއުޅުއްވާ ގޭގެ ދޮރަށް ކޯރާޑީއަކުން ގެއްލުންދިން މައްސަލަ، ތަހުގީގުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ގޮވާލަން: ފަނޑިޔާރުންގެ ޖަމްއިއްޔާ

ކަމާބޭހޭ އިދާރާތަކުން ފަނޑިޔާރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދެއްވުމަށް ގޮވާލާފައިވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 13 ނޮވެމްބަރު 2019 | ބުދަ 09:08
ފަނޑިޔާރުންތަކެއް ހަފްލާއެއްގައި

ފަނޑިޔާރުންތަކެއް ހަފްލާއެއްގައި

ކްރިމިނަލް ކޯޓު ހިންގެވުން ދާދިފަހުން ހަވާލުކުރައްވާފައިވާ، އެކޯޓުގެ ގާޒީ އަލީ ރަޝީދު ދިރިއުޅުއްވާ އެޕާޓްމަންޓުގެ ދޮރަށް ބަޔަކު ކޯރާޑީއަކުން ގެއްލުން ދީފައިވާތީ، އެ ޢަމަލު، ދިވެހި ރާއްޖޭގެ ފަނޑިޔާރުންގެ ޖަމްޢިއްޔާއިން ވަރަށް ބޮޑަށް ކުށްވެރިކޮށްފި އެވެ.

ފަނޑިޔާރުންގެ ޖަމްޢިއްޔާއިން ބުދަ ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، ގާޒީ ޢަލީ ރަޝީދު ދިރިއުޅުއްވާ އެޕާޓްމަންޓުގެ ދޮރަށް ކޯރާޑީއަކުން ގެއްލުންދިން މައްސަލަ ކަމާބެހޭ އިދާރާތަކުން ވީއެންމެއަވަހަކަށް އެ މައްސަލަ ބަލައި ތަހުޤީޤުކޮށް، އެކަމުގައި ބައިވެރިވެފައިވާ ފަރާތްތައް ހޯދާ ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ގޮވާލާ ކަމަށެވެ.

Advertisement - newsAdvertisement

ފަނޑިޔާރުންގެ ޖަމްޢިއްޔާގެ އެބަޔާނުގައި ވަނީ، އަމިއްލަ ފަރުދަކު ވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ޙަވާލުވެހުރި މީހަކު ވިޔަސް، ފަނޑިޔާރުންގެ މަސައްކަތާ ބެހި، ނުފޫޒު ފޯރުވައިގެން ނުވާނެކަމަށް ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ނ)ގައި ބަޔާން ކޮށްފައިވާއިރު، ފަނޑިޔާރުންނާމެދު ޢާންމު ވިސްނުން ހުރިގޮތާއި، ފަނޑިޔާރަކު ޢާންމުކޮށް ބަލަމުންދާ މައްސަލަތަކުގެ ސަބަބުން ނުވަތަ ބަލަމުންދާ ވަކި މައްސަލައަކާގުޅޭ ގޮތުން ނުރައްކާތެރިކަމަށް އޭނާ ހުށަހެޅިދާނެ ނިޞްބަތަށާއި، އާންމު މަސްރަހު ޤައުމުގައި އޮތްގޮތުގެ މައްޗަށް ބަލައި ފަނޑިޔާރުންނަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ އިންތިޒާމު، ދައުލަތުގެ ސަލާމަތީ ބާރުތަކުން ހަމަޖައްސަން ވާނެ ކަމަށް ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 13 ވަނަ މާއްދާގެ (ށ) އާއި (ނ)ގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އެހެންކަމުން ޤާނޫނުތަކުގައި ކަނޑައެޅި ބަޔާންކުރެވިފައިވާ ގޮތުގެމަތިން، ފަނޑިޔާރުންނަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އިންތިޒާމު ކުރަންޖެހޭ ކަންކަން އެގޮތުގެ މަތިން އިންތިޒާމު ކުރެވިފައިވާކަން ކަމާބެހޭ ފަރާތްތަކުން ކަށަވަރުކޮށް، އެކަންކަމާ ގުޅޭގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅައިދިނުމަށް ވެސް މިފުރުޞަތުގައި ކަމާބެހޭ އެންމެހައި ފަރާތްތަކަށް ދިވެހި ފަނޑިޔާރުންގެ ޖަމްޢިއްޔާއިން އިލްތިމާސް ކުރާ ކަމަށް ވެސް އެބަޔާނުގައި ވެއެވެ.

ގާޒީ އަލީ ރަޝީދު ދިރިއުޅުއްވާ އެޕާޓްމަންޓްގެ ދޮރަށް ކޯރާޑީއަކުން ގެއްލުންދީ، ލިޔުމެއް ލިޔެފައިވާ މައްސަލަ ހޯމަ ދުވަހުގެ ރޭ ފަތިހު 5:30 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނެފައިވަނީ އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައިނުވާކަމަށެވެ. އަދި މިމައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާ ފުލުހުން މި މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންދާކަމަށް ފުލުހުން ބުނެއެވެ.

ކްރިމިނަލް ކޯޓުގެ ހިންގުން އެކޯޓުގެ ގާޒީއާ ހަވާލުކުރީ އިސް ގާޒީ އަހުމަދު ހައިލަމް ސަސްޕެންޑް ކުރުމާއި ގުޅިގެންނެވެ. ހައިލަމް ސަސްޕެންޑްކުރީ ނަޞްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވެ ވައިބަރ ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައިވާ ކުރެހުމެއްގެ މައްސަލައިގަ އެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހައި ގަން ހިންގުވާ މަންޒަރު އެ ކުރެހުމުން ފެނެއެވެ. އެ މެސެޖްގެ ސްކްރީން ޝޮޓް ސޯޝަލް މީޑިޔާގައި ޢާންމުވުމާއެކު ގިނަ ބަޔެއްގެ ފާޑުކިޔުންތައް ހައިލަމަށް ޢަމާޒުވިއެވެ. އޭގެތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެމްބަރުންވެސް ހިމެނިވަޑައިގަންނަވައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްޑީޕީން ކައުންސިލް އިންތިހާބަށް "ދޮރުން ދޮރަށް" ހަރަކާތް ފަށައިފި

އެމްޑީޕީން ކައުންސިލް އިންތިހާބަށް "ދޮރުން ދޮރަށް" ހަރަކާތް ފަށައިފި

22 ފެބުރުއަރީ 2017
ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ

ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ

21 ފެބުރުއަރީ 2017
ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ފައިސާއިން، އަދަބު ދިނަސް މިވާހަކަ ދައްކަންޖެހޭ: އަލީ އާޒިމް

ފަނޑިޔާރުގޭގެ ކަންކަން ނިންމަނީ ފައިސާއިން، އަދަބު ދިނަސް މިވާހަކަ ދައްކަންޖެހޭ: އަލީ އާޒިމް

20 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

ގާޒީ މަރިޔަމް ވަހީދާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއް: އެމްޑީޕީ

19 ފެބުރުއަރީ 2017
ގާޒީ "އެކަހެރިކުރީ" ރަނގަޅަށްތޯ ސުވާލު އުފައްދައިފި

ގާޒީ "އެކަހެރިކުރީ" ރަނގަޅަށްތޯ ސުވާލު އުފައްދައިފި

18 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު