Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކައުންސިލް އިންތިހާބު

އެމްޑީޕީން ކައުންސިލް އިންތިހާބަށް "ދޮރުން ދޮރަށް" ހަރަކާތް ފަށައިފި

މޭލޭހެ ހުރިހާ ދާއިރާއެއްގައިވެސް ވަނީ ހަރަކާތް ކކުރިއަށް ގެންގޮސްފަ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 22 ފެބުރުއަރީ 2017 | ބުދަ 19:14
އެމްޑީޕީ ދޮރުން ދޮރަށް ހަރަކާތް ފެށުން

އެމްޑީޕީ ދޮރުން ދޮރަށް ހަރަކާތް ފެށުން

ކައުންސިލް އިންތިހާބުގެ ކެމްޕޭންގެ ތެރެއިން، "ދޮރުން ދޮރަށް" ހަރަކާތް ފަށައިފި އެވެ.

"ދޮރުން ދޮރަށް" ހަރަކާތް ފަށާފައިވަނީ ބުދަ ދުވަހުގެ ހަވީރު އެމްޑީޕީ ހަރުގެ އިންނެވެ. މި ހަރަކާތުގެ ދަށުން ބުދަ ދުވަހު ވަނީ، ރައްޔިތުންގެ ހުރި ކަންބޮޑވުންތައް އޮޅުންފިލުވުމަށް މާލޭގެ ހުރިހާ ދާއިރާއެއްގައިވެސް ދޮރުން ދޮރަށް ހިނގާފަ އެވެ. އަދި ރައްޔިތުން ބޭނުންވާ ކަންތައްތަކާއި، ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުން ފިލުވައި، ހައްލުކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން ޓީމުތަކުން ވަނީ އާންމުންނާއި މަޝްވަރާކޮށްފަ އެވެ.

ހަރަކާތް ފެށުމުގެ ގޮތުން، އެމްޑީޕީ ހަރުގޭގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވީ، އެމްޑީޕީގެ ކެނޑިޑޭޓުން ކޮށްދޭނެ ކަންތައްތައް ހާމަކުރާނީ، ދޮރުން ދޮރަށް ހިނގައި، އާންމު ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ބެލުމަށްފަހުގައި ކަމަށެވެ. އަދި "ދޮރުން ދޮރަށް" ހަރަކާތަކީ އެމްޑީޕީ ކައުންސިލް އިންތިހާބަށް ކުރިއަށްގެންދާ ބޮޑު ކެމްޕޭންގެ ފެށުމެއް ކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ.

އެމްޑީޕީން ދޮރުން ދޮރަށް ހަރަކާތް ފެށުން -- ފޮޓޯ: ރާއްޖެޓީވީ

"އަޅުގަނޑުމެން ގިނަ ކަންތައްތައް މި ކުރަންޖެހެނީ އެނދުތަށް ދަށުގައި. އަޅުގަނޑު މި ދައްކަނީ އެންމެ ހައުސިންގ ސްކީމްގެ ވާހަކަ. މިއީ މާލޭގެ ރައްޔިތުންގެ އޮތް ވަރަށް ބޮޑު ކަންބޮޑުވުމެއް. މުޅި މާލެ މި އޮތީ ތޮށްޖެހިފައި. މާލޭގައި ރަނގަޅަށް އޮތް އެއް ކަމެއްވެސް ދެއްކޭކަށް އަޅުގަނޑުމެންނަކަށް ނެތް" ހަސަން ލަތީފް ވިދާޅުވި އެވެ.

އެމްޑީޕީ ހަރުގޭގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވީ ހަރަކާތުގެ މައިގަނޑު ބޭނުމަކީ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުން ފިލުވައި، ރައްޔިތުން މާޔޫސްވާ ކަންތައްތަކަށް ހައްލެއް ހޯދުން ކަމަށެވެ. އަދި ވިދާޅުވީ މިއީ އެމްޑީޕީއަށް ވަރަށް ފަރިތަ ކަމެއް ކަމަށާއި، އެމްޑީޕީއަކީ އަބަދުވެސް ރައްޔިތުންގެ ހުންނަ ކަންބޮޑުވުންތައް އަޑުއަހާ ޕާޓީއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ރައީސް އަބްދުﷲ ޔާމީނަށް ދަންނަވަމުން މި ދަނީ، ސުލްހަވެރި ހަރަކާތް ހިންގުމުގެ ފުރުސަތު އަޅުގަނޑުމެންނަށް ދެއްވާށޭ. ސިޔާސީ ބައްދަލުވުންތައް ބާއްވާން ފުރުސަތުދެއްވާށޭ. ރައްޔިތުންގެ އަދު އުފުލުމުގެ ޖާގަ ދެއްވާށޭ. އެމަނިކުފާނުގެ އިޖާބައަކަށްވީ، މާލޭގެ މަޖީދީމަގާއި އެހެނިހެން ބައެއް މަގުމަގުގެ ކާނުތައް ފުރާލާ ސިޔާސީ ބައްދަލުވުންތައް ބޭއްވުމުގެ ފުރުސަތު ދެއްވުން. އެ ފުރުސަތެއް ނޫން އަޑުގަނޑުމެން ބޭނުންވަނީ. އަޅުގަނޑުމެން ބޭނުންވަނީ ރައްޔިތުންގެ އަޑު އެހުމުގެ ފުރުސަތު. މާލެ އެކީގައި މި އޮތީ ގޮއްވާލާފަ" އަބްދުﷲ ޝާހިދު ވިދާޅުވި އެވެ.

ހަރަކާތް ފެށުމަށް ބޭއްވި އެއްވުމުގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި މާލެ ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު ޝިހާބު ވިދާޅުވީ މާލޭގައި އެމްޑީޕީއަށް އަބަދުވެސް ވަރަށް ބޮޑު ތާއީދެއް އޮންނަ ކަމަށެވެ. އަދި މީގެ ކުރީގައި ބެއްވި އިންތިހާބުތަކުގެ ނަތީޖާއިން އެކަން އެނގޭނެ ކަމަށާއި، އަބަދުވެސް އެމްޑީޕީން ކާމިޔާބު ހޯދާ ކަމަށް ޝިހާބު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، އަދިވެސް މާލޭގެ ރައްޔިތުން ތިބީ އެމްޑިޕީއާއި އެކުގައި ކަމަށެވެ.

ހަރަކާތުގެ ތެރެއިން "ރާއްޖެޓީވީ" އަށް ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ ރައްޔިތުންގެ ބޮޑު ތާއީދެއް އަދިވެސް އެމްޑީޕީއަށް އޮބައޮތްކަމަށެވެ. އަދި އެކަން އެންމެފަހުން ބޭއްވުނު އެމްދީޕީގެ އެތެރޭގެ އިންތިހާބުތަކުން ހާމަވެގެންގޮސްފައިވާކަމަށް އާޒިމް ވިދާޅުވި އެވެ.

އެމްޑީޕީގެ ހަރުގޭގައި ހަރަކާތް ފެށުމަށްފަހު، އެކި ޓީމްތައް ވަނީ މާލެގެ އެކި ސަރަހައްދުތަކަށް ބެހި، އާންމު ރައްޔިތުންނާއި ބައްދަލުކޮށް މަޝްވަރާކޮށްފަ އެވެ. އެގޮތުން ކޮންމެ ޓީމެއްގައިވެސް އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރުންވެސް ހިމެނެއެވެ. "ރާއްޖެޓީވީ" ވާހަކަދައްކަވަމުން މާލެގެ ދާއިރާތަކަށް ވާދަކުރައްވާ ބައެއް ކަނޑިޑޭޓުން ވިދާޅުވީ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ހައްލެއް ހޯދޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި އެންމެ މުހިންމުކަމަކީ ކުރިއަށް އޮތް އިންތިހާބުގައި ވޯޓުލުމަށް ނިކުމެ، ރައްޔިތުންގެ ހުރި ހޮތްވަރުދައްކާލުންކަމަށް އެ ކެނޑިޑޭޓުން ވިދާޅުވި އެވެ.

ރާއްޖެޓީވީން ވާހަކަދެއްކި ބެއެއް އާންމު ރައްޔިތުންވެސް ވަނީ އެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ފާހަގަކޮށްފަ އެވެ. އެގޮތުން ބޯހިޔާވެހިކަމުގެ މައްސަލައަކީ ބޮޑު މައްސަލައެއްކަން އާންމުން ފާހަގަކުރި އެވެ. އަދި ސަރުކާރުގެ ތެރެއިން އެކަންކަމަށް ހައްލެއް ލިބޭނެ ކަމަށް ގަބޫލުނުކުރާކަމަށްވެސް އެ މީހުން ބުނި އެވެ.

އެމްޑީޕީން ބުނީ ވެރިރަށް މާލޭގެ އިތުރުންވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މި ހަރަކާތް ކުރިއަށްގެންދާނެ ކަމަށެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 މާރިޗު
ސްޓްރޯބެރީ ބްރައުނީސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްޓްރޯބެރީ ބްރައުނީސް

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް
20242 އަހަރު ކުރިން
ރިޕޯޓު

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް

އެގް ބްރީޓޯ
20233 އަހަރު ކުރިން
ލައިފް ސްޓައިލް

އެގް ބްރީޓޯ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
20197 އަހަރު ކުރިން
ރިޕޯޓު

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު