Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ބޮސް - މާޔޫސް

"ބޮސް" އާއި "މާޔޫސް" ވެސް ބައިސްކޯފަށް އަންނަނީ!

ބޮސް އަކީ ގިނަ ބައެއްގެ މެދުގައި ބަގުބޫލުވެގެންދިޔަ ފިލްމެއްކަން ފާހަގަކޮށްލެވޭ

މުހައްމަދު މުސްތަފާ
މުހައްމަދު މުސްތަފާ, ރާއްޖެ އެމްވީ | 10 ނޮވެމްބަރު 2019 | އާދީއްތަ 03:05
ބޮސް އާއި މާޔޫސްގެ ޕޯސްޓަރެއް

ބޮސް އާއި މާޔޫސްގެ ޕޯސްޓަރެއް

ފާތިމަތު ނަހުލާ ގެ "ބޮސް" އާއި މަހުދީ އަހުމަދު ޕްރޮޑިއުސްކޮށްފައިވާ "މާޔޫސް" މި ހިނގާ ނޮވެމްބަރު މަހު ބައިސްކޯފުން ބަލާލަން ލިބޭނެ ކަމަށް ބައިސްކޯފުން ބުނެފިއެވެ.

މި މަހަކީ ބައިސްކޯފު ވުޖޫދުވިތާ އެއް އަހަރު ފުރޭ މަސް ކަން ފާހަގަކޮށްލެވެއެވެ. އެހެން ކަމުން ބައިސްކޯފުން އަންނަނީ ބެލުންތެރިންނަށް މުޅިން އާ ފިލްމު ތަކަކާއި ޑްރާމާއެއްގެ އިތުރުން އިތުރު ޝޯތަކެއް ވެސް ގެނެސްދެން ތައްޔާރުވަމުންނެވެ.

ބައިސްކޯފުން ނެރެފައިވާ ޓްރެއިލަރ އެއްގައި މި މަހު ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު "ބޮސް" އެ އެޕަށް އަންނާނެ ކަމަށް ބުނާއިރު ރިލީޒްނުވެ އޮތް ދިވެހި ފިލްމު "މާޔޫސް" ވެސް ބެލުންތެރިންނާ ހަމަޔަށް އަންނާނެކަން އިޢުލާންކޮށްފައިވެއެވެ. އަދި އާ ޑްރާމާ ސިލްސިލާ "ހާސާ" ވެސް މި ހިނގާ ނޮވެމްބަރު މަހު ދައްކަން ފަށާނެ ކަން ވެސް އެ ޓްރެއިލާ އިން ހާމަ ވެއެވެ.

ދިވެހި ފިލްމު "ބޮސް" އަކީ 2017 ވަނަ އަހަރު އައިޝަތު ރިޝްމީ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. މަރިޔަމް އައްޒަ އާއި މުހައްމަދު ޔުނާން ލީޑު ރޯލުން ފެނިގެންދިޔަ އެ ފިލްމަކީ މުއްސަނދި އަންހެއްކުއްޖެއްގެ މުދާގަނޑުގެ މައްޗަށް ގަދަވެގަތުމަށް ބަޔަކު ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ. ކުޑައިރު މަންމަ ނިޔާވެފައިވާ އެ އަންހެން ކުއްޖާ، ބޮސްގެ ލީޑުން ފެނިގެންދާ މަރިޔަމް އައްޒަ (އިބާ) ހަމައެކަނި ބައްޕަގެ ލޯބި ލިބިގެން ބޮޑުވެ ކުއްލިއަކަށް އެ ބައްޕަ ނިޔާވުމުން ނަފްސާނީ ގޮތުން އޭނާ ކުރިމަތިލާ ހަނގުރާމަ އެ ފިލްމުން ދައްކުވައިދެއެވެ.

ނުވަވަނަ ގައުމީ ފިލްމު އެވޯޑްސް ގައިވެސް "ބޮސް" ހިމަނާފައިވާއިރު އެ ފިލްމަކީ ނަހުލާ އުފެއްދި ފިލްމުތަކުގެ ތެރެއިން ހިޓަކަށް ވެގެން ދިޔަ ފިލްމެއްކަން ފާހަގަކޮށްލެވެއެވެ.

"މާޔޫސް" އަކީ ބެލުންތެރިންގެ ގިނަ އަހަރު ތަކެއް ވަންދެން އިންތިޒާރު ކުރި ފިލްމެކެވެ. ނިއުމާ މުހައްމަދުގެ އިތުރުން ޖުމައްޔިލް ނިމާލް އަދި ކޮޕީ އިއްސެ ލިޑު ރޯލު ކުޅެފައިވާ އެ ފިލްމު ސިނަމާތަކަށް ނައި ސަބަބު ރަނގަޅަށް ސާފުވެފައެއް ނެތެވެ. ނަމަވެސް މިހާރު މިވަނީ ހުރިހާ މަސައްކަތެއް ނިންމައި ބައިސްކޯފުން ފިލްމު ބެލޭނެ އިންތިޒާމު ހަމަޖައްސާފައެވެ.

"މާޔޫސް" އަކީ އަންބަކު އޭނާގެ ފިރިމީހާގެ ދެބެންގެ ދެދަރި ކޮއްކޮ އަކާއެކު ހިންގާ ލޯބީގެ ގުޅުންތަކެއް ދައްކުވައިދޭނެ ފިލްމެކެވެ.

"ހާސާ" އަކީ ފާތިމަތު އާޒިފާ(އަޒޫ) ލީޑު ރޯލުން ފެނިގެންދާނެ ޑްރާމާ ސިލްސިލާ އެކެވެ. އެ ޑްރާމާ ސީރީޒްގެ މާ ގިނަ ވާހަކަތަކެއް މީޑިއާތަކަށް ހާމަކޮށްފައި ނުވި ނަމަވެސް އޭގެން ފިލްމީ ދާއިރާގެ ނަން މަޝްހޫރު ފިލްމީ ތަރިންގެ އިތުރުން މުޅިން އާ ފަންނާނުންގެ އެކްޓިން ވެސް ފެންނާނެ ކަމަށް ހަބަރުތައް ބުނެއެވެ. "ހާސާ" ޑައިރެކްޓްކުރަނީ ފިލްމީ ތަރި މުހައްމަދު މަނިކެވެ.

ބައިސްކޯފަކީ ގިނަ ދިވެހި ފިލްމުގެ އިތުރުން ލަވަ، ޑްރާމާ އަދި ކުޑަ ކުދިންގެ ޕްރޮގްރާމްތަކުގެ އިތުރުން ޝައުގުވެރި ޝޯވ ތަކެއް ގެނެސްދޭ އެޕެއްކަން ފާހަގަކޮށްލެވެއެވެ. ގިނަ ބަޔަކު އެ އެޕް ބޭނުން ކުރަމުން އަންނަ އިރު ބައިސްކޯފަކީ ދިވެހި ފިލްމީ ދުނިޔެއަށް ބޮޑު އިންގިލާބީ ބަދަލެއް ގެނެސްދިން އެޕެކެވެ.

ފިލްމީ އަދި މިއުޒިކީ ފަންނާނުންގެ ވެސް މަސައްކަތްތައް އެ އެޕުން އެންމެ އަވަހަށް އަދި އެންމެ ގާތުން ބަލާލެވެން މިހާރު އޮތް އިރު މިދުވަސްކޮޅުގައި ވެސް އެ އެޕުން ރީތި ޑްރާމާތަކެއް ގެނެސްދޭކަން ފާހަގަކޮށްލެވެއެވެ.

ބައިސްކޯފުން ފުރަތަމަ ސްޓްރީމްކުރަން ފެށި ދިވެހި ފުރަތަމަ ވެބް ސީރީޒް "ހުވާ" އަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު އިރު އެ އެޕުން ސްޓްރީމް ކުރި "އެހެނަސް" ޑްރާމާ އަށް ވެސް ގިނަ ބައެއްގެ ސަޕޯޓާއި ތަރުހީބު ލިބިގެންދިޔަކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަނިލް އާއި ދަރިން އެކުގައި އެއް ފިލްމެއްގައި!

އަނިލް އާއި ދަރިން އެކުގައި އެއް ފިލްމެއްގައި!

14 މާރިޗު 2017
ކޭޓީ ޕެރީ އާއި އޮލެންޑޯ ބްލޫމް ރުޅިވީ ދިރިއުޅުމާ މެދު "ހިޔާލު ތަފާތު ވުމުން"

ކޭޓީ ޕެރީ އާއި އޮލެންޑޯ ބްލޫމް ރުޅިވީ ދިރިއުޅުމާ މެދު "ހިޔާލު ތަފާތު ވުމުން"

06 މާރިޗު 2017
ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް

ކަންގަނާއާއި އެކު ފިލްމު ކުޅެން ދެކޮޅެއް ނުހަދަން: ޝާހުރުކް

27 ފެބުރުއަރީ 2017
"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ

"ކާބިލް" ގެ ކާމިޔާބީއާ ގުޅިގެން ޔާމީ ގޯތަމްގެ އާއިލާއިން ޕާޓީއެއް ބާއްވަނީ

14 ފެބުރުއަރީ 2017
ވަރުން އާއި އާލިޔާއަށް މާދުރީ ނަށަން ދަސްކޮށްދީފި

ވަރުން އާއި އާލިޔާއަށް މާދުރީ ނަށަން ދަސްކޮށްދީފި

13 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު