Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުޑް އެންޑް ޑްރަގް އޮތޯރިޓީ

މޯލްޑިވްސް ފުޑް އެންޑް ޑްރަގްއޮތޯރިޓީގެ "ދިރިތި" ޕޯޓަލް އިފްތިތާހުކޮށްފި

ކާބޯތަކެއްޗާއި ބޭހާއި ގުޅޭގޮތުން އާއްމުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް "އޮންލައިން" ނިޒާމެއްގެ ތެރެއިން ވަރަށް ފަސޭހަކަމާއިއެކު ލިބިގެންދާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 7 ނޮވެމްބަރު 2019 | ބުރާސްފަތި 12:48
މޯލްޑިވްސް ފުޑް އެންޑް ޑްރަގްއޮތޯރިޓީގެ \"ދިރިތި\" ޕޯޓަލް ހެލްތް މިނިސްޓަރ އިފްތިތާހުކޮށްދެއްވަނީ

މޯލްޑިވްސް ފުޑް އެންޑް ޑްރަގްއޮތޯރިޓީގެ \"ދިރިތި\" ޕޯޓަލް ހެލްތް މިނިސްޓަރ އިފްތިތާހުކޮށްދެއްވަނީ

އާއްމުނަށް ފޯރުކޮށްދެމުންދާ ޙިދުމަތްތައް އޮންލައިންކޮށް ލުއިފަސޭހަކަމާއިއެކު ފޯރުކޮށްދިނުމަށްޓަކައި މޯލްޑިވްސް ފުޑް އެންޑް ޑްރަގްއޮތޯރިޓީ (އެމްއެފްޑީއޭ) އިން ޤާއިމް ކުރި "ދިރިތި" ނަމުގައި ޕޯޓަލްއެއް މިއަދު އިފްތިތާހް ކޮށްފިއެވެ.

ދިރިތި އިފްތިތާހު ކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތު އަބްދުﷲ އަމީނެވެ. ބުރާސްފަތި ދުވަހު އިފްތިތާޙް ކުރި "ދިރިތި" ޕޯޓަލް އަކީ އާއްމު ފަރުދުންނަށް ފޯރުކޮށްދެމުންދާ ޚިދުމަތްތައް ލުއިފަސޭހަކަމާއިއެކު ދިނުމަށާއި މަސައްކަތުގެ ދުވެލި އަވަސް ކުރުމަށް ސަރުކާރުން މިކުރާ މަސައްކަތަށް ލިބިގެންދާނެ އިތުރު ލުއިފަސޭހަކުރުމަށް ގާއިމްކުރި ޕޯޓަލްއެކެވެ.

"ދިރިތި" ޕޯރޓަލް އިން ކާބޯތަކެއްޗާއި ބޭހާއި ގުޅޭގޮތުން އާއްމުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް "އޮންލައިން" ނިޒާމެއްގެ ތެރެއިން ވަރަށް ފަސޭހަކަމާއިއެކު ލިބިގެންދާނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ. މި ގޮތުން އެމްއެފްޑީއޭއިން ދޫކުރަމުންދާ ކާބޯތަކެއްޗާއި ބޭހާއި ގުޅޭ ރަޖިސްޓްރޭޝަންތަކާއި ހުއްދަތައް އަދި ބޯރޑަރއިން ދޫކުރާ ހެލްތު ކްލިއަރަންސް ހޯދުމުގެ މަސައްކަތަށް ލުއިފަސޭހަކަމާއިއެކު ދުވެލި އަވަސް ވެގެން ދާނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ ދިވެހިރާއްޖޭގެ ކާބޯތަކެއްޗާއި ބޭސް އިންޕޯޓް އަދި އެކްސްޕޯޓް ވަރަށް ހަލުވި ދުވެއްޔެއްގައި ފުޅާވަމުންދާއިރު، މިތަކެއްޗަށް ބޯރޑަރގައި ދޫކުރަންޖެހޭ ހެލްތު ކްލިއަރަންސް ދޫކުރުމުގެ މަސައްކަތަކީ ކާބޯތަކެއްޗާއި ބޭހުގެ ފެންވަރާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި، އެމަސައްކަތުގެ ދުވެލި އަވަސްކޮށް ފެންވަރު އިތުރަށް ހަރުދަނާ ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި ވަކިން ޙާއްސަކޮށް އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެއްޗާއި ބޭހަށް ކްލިއަރަންސް ދިނުން އަވަސްކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ކާބޯތަކެއްޗާއި ބޭހުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އެކަށީގެންވާ ފިޔަވަޅު އެޅުމަށް ބޭނުންވާ އެންމެ މުހިއްމު އެއް އަސާސަކީ، ދިވެހިރާއްޖެއަށް އިންޕޯޓް އަދި އެކްސްޕޯޓްކުރާ ކާބޯތަކެއްޗާއި ބޭހުގެ ތަފާސް ހިސާބު ކަމަށެވެ. އަދި މިއީ ދުވަހުން ދުވަހަށް މިކަމަށް ބޭނުންވާ ހުރިހާ މަޢުލޫމާތު ފުރިހަމަޔަށް އަޕްޑޭޓް ކުރަމުންދާންޖެހޭ ކަމެއް ކަމަށާއި، ނަމަވެސް، މިހާތަނަށް މި މަސައްކަތް ކުރަމުން އަންނަނީ "މެނުއަލް" ކޮށް ކަމަށްވެފައި މި މަޢުލޫމާތުތައް ބޭނުންވާ ވަގުތަށް ފުރިހަމަ ގޮތުގައި ނުހުންނަ ކަމީ، މި މަސައްކަތް ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށް ދިމާވަމުން އަންނަ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ.

އެހެންކަމުން، މި ޕޯރޓަލްގެ ތެރެއިން އިންޕޯޓް އެކްސްޕޯޓްކުރާ ކާބޯތަކެއްޗާއި ބޭހުގެ ތަފާސް ހިސާބު ފަސޭހަކަމާއި އެކު އެއްތަނަކުން ފުރިހަމައަށް ލިބިގެން ދިއުމަކީ ވެސް އެމްއެފްޑީއޭގެ ކާބޯތަކެއްޗާއި ބޭހުގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަސައްކަތަށް ލިބިގެންދާނެ އިތުރު ހަރުދަނާކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ދިރިތި" ނިޒާމް ތަޢާރަފް ވެ، "ނެޝަނަލް ސިންގަލް ވިންޑޯ" ވިއުގައަށް ގުޅުމުން، އެހެނިހެން އެޖެންސީތަކާއި ގުޅިގެން ކުރެވޭ މަސައްކަތްތަކުގައި ބަދަލުކުރެވޭ ލިޔެކިއުންތައް ބަދަލުކުރުމަށް އިތުރަށް މަގުފަހިވެގެންދާނެއެވެ. އަދި މިއީ ވިޔަފާރިވެރިން އެ ފަރާތްތަކުގެ މަސައްކަތެއް ފުރިހަމަ ކުރުމަށްޓަކައި ސަރުކާރުގެ އެކި މުވައްސަސާތަކަށް އެކިފަހަރު މަތިން ކުރަންޖެހޭ ދަތުރުތަކަށް ހައްލު ހޯދައިދިނުމަށްޓަކައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރޭގައި ހިމެނޭ މުހިއްމު ކަމެއްކަމެކެވެ.

އަދި ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް އެންމެ ލުއި ފަސޭހަކޮށް އަވަސް ދުވެއްޔެއްގައި ފޯރުކޮށްދިނުން ކަމަށްވާތީ ،މިއީ ސަރުކާރުގެ ވަޢުދު ތަކުގެ ތެރޭގައި ހިމެނޭ 'ޞިއްޙީ ޚިދުމަތް ޑިޖިޓަލައިޒް ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ފުރިހަމަވެގެންދާ ކަމެއް ކަމަށްވުމީ ސަރުކާރަށް ލިބިގެންދިޔަ އިތުރު ކާމިޔާބީއެއްކަމަށް ހެލްތް މިނިސްޓްރީން ފާހަގަކުރެއެވެ.

އިތުރަށް ކިޔާލަން

20 ޖޫން 2017

ފުޑް ކޯޓުތަކުގެ ދެ ބްލޮކްގެ މަސައްކަތް ޖުލައި މަހު ނިންމާލެވޭނެ:އެސްޓީއޯ

20 ޖޫން 2017
ފުޑް ކޯޓުތަކުގެ ދެ ބްލޮކްގެ މަސައްކަތް ޖުލައި މަހު ނިންމާލެވޭނެ:އެސްޓީއޯ
18 ޖޫން 2017

ސޯލާ ފައިނޭންސް އެންޑް އިންވެސްޓްމަންޓް ސަމިޓްގައި ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ

18 ޖޫން 2017
ސޯލާ ފައިނޭންސް އެންޑް އިންވެސްޓްމަންޓް ސަމިޓްގައި ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ
08 ޖޫން 2017

ޑިމޮގްރެޕިކް އެންޑް ހެލްތު ސަރވޭގެ މަސައްކަތް 7 އަތޮޅުގައި ނިމިއްޖެ!

08 ޖޫން 2017
ޑިމޮގްރެޕިކް އެންޑް ހެލްތު ސަރވޭގެ މަސައްކަތް 7 އަތޮޅުގައި ނިމިއްޖެ!
23 މެއި 2017

ހިޔާލުފާޅުކުރާ ފަރާތްތަކަށް އިންޒާރުދޭ މައްސަލަތައް ބެލެންޖެހޭ: ޓްރާންސްޕޭރެންސީ މޯލްޑިވްސް

23 މެއި 2017
ހިޔާލުފާޅުކުރާ ފަރާތްތަކަށް އިންޒާރުދޭ މައްސަލަތައް ބެލެންޖެހޭ: ޓްރާންސްޕޭރެންސީ މޯލްޑިވްސް
14 މެއި 2017

ޗައިނާގެ ބެލްޓް އެންޑް ރޯޑް ފޯރަމްގައި މިނިސްޓަރ ސައީދު ބައިވެރިވެއްޖެ

14 މެއި 2017
ޗައިނާގެ ބެލްޓް އެންޑް ރޯޑް ފޯރަމްގައި މިނިސްޓަރ ސައީދު ބައިވެރިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު