Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޖުމްހޫރީ ޕާޓީ

ގާސިމްގެ އެޑްވައިޒަރުގެ މަގާމުން ކާނަލް ނާޒިމް އިސްތިއުފާ ދެއްވައިފި

ގާސިމްގެ އެޑްވައިޒަރަކަށް ކާނަލް ނާޒިމް ހަމަޖެއްސެވީ 12 ނޮވެމްބަރު 2018 ގައި

އަމަން ހަލީމް
އަމަން ހަލީމް, ރާއްޖެ އެމްވީ | 6 ނޮވެމްބަރު 2019 | ބުދަ 08:02
ކާނަލް ނާޒިމް ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ކާނަލް ނާޒިމް ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރުގެ މަގާމުން ކުރީގެ ޑިފެންސް މިނިސްޓަރ އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އިސްތިއުފާދެއްވައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ގާސިމްގެ އެޑްވައިޒަރުގެ މަގާމުން ކާނަލް ނާޒިމް އިސްތިއުފާ ދެއްވީ، ޖުމްހޫރީ ޕާޓީގެ މިސްރާބު ހުރި ގޮތާއި މެދު ހިތްހަމަޖެހިވަޑައިނުގެންނެވެ. އޮންލައިން ނޫސް "މިހާރު" އަށް ނާޒިމް ވިދާޅުވީ، ގާސިމްގެ އެޑްވައިޒަރުގެ މަގާމުން އިސްތިއުފާ ދެއްވީ، މަސައްކަތްތައް ހުރިގޮތުން ޕާޓީގެ މަސައްކަތްތަކުގައި އުޅެން ދަތިތަކެއް ހުރުމުން ކަމަށެވެ.

Advertisement - newsAdvertisement

އެޑްވައިޒަރުގެ މަގާމުން ނާޒިމް އިސްތިއުފާ ދެއްވިއިރު، ޕާޓީގެ ހަރަކާތްތަކާ ފެޔަށް ޖެހިވަޑައިގެން ހުންނަވާތާ ވަނީ ދުވަސްތަކެއް ވެފައެވެ. އެގޮތުން މި ފަހުން ޖުމްހޫރީ ޕާޓީއަށް މެމްބަރުން އިތުރުކުރުމަށް ބޭއްވި ގިނަ ހަރަކާތްތަކުގައި ނާޒިމް ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމްގެ އެޑްވައިޒަރުގެ މަގާމަށް ނާޒިމް އައްޔަނުކުރެވުނީ 12 ނޮވެމްބަރު 2018 ގައެވެ. އެއީ އެމަނިކުފާނު އެ ޕާޓީއަށް ސޮއިކުރެއްވި ދުވަހެވެ. ނާޒިމްގެ އިތުރުން ދެން އެ ޕާޓީގައި ގާސިމްގެ އެޑްވައިޒަރުންގެ ގޮތުގައި ހަރަކާތެރިވަނީ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުއެވެ.

ޖުމްހޫރީ ޕާޓީގެ އިސް ސަފުގައި މިހާރު ގިނައިން ހަރަކާތްތެރިވަނީ، ކުރީގެ ރައީސް ޔާމިންއާ އެކު ޕީޕީއެމްގައި ހަރަކާތްތެރިވި ފަރާތްތަކެވެ. އޭގެ ތެރޭގައި ރައީސް ޔާމީންގެ ވެރިކަން ދިފާއުކުރެއްވުމުގައި ހަރަކާތްތެރިވި ގިނަ މެމްބަރުންނާއި އެކްޓިވިސްޓުން ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވާފައިވާ ކަން ފާހަގަކުރެވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކާނަލް ނާޒިމް މައްސަލާގައި އދ. ގެ ނިންމުން ބަލައެއް ނުގަންނަން: ސަރުކާރު

ކާނަލް ނާޒިމް މައްސަލާގައި އދ. ގެ ނިންމުން ބަލައެއް ނުގަންނަން: ސަރުކާރު

30 ޖެނުއަރީ 2017
ނާޒިމް ދޫކޮށްލަން ނުޖެހޭ: ޑރ. ޝައިނީ

ނާޒިމް ދޫކޮށްލަން ނުޖެހޭ: ޑރ. ޝައިނީ

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމް ދޫކޮށްލަން އަދާލަތުންވެސް ގޮވާލައިފި

ނާޒިމް ދޫކޮށްލަން އަދާލަތުންވެސް ގޮވާލައިފި

28 ޖެނުއަރީ 2017
އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

27 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު