Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް

ގާސިމް ވިދާޅުވަނީ އެމްޑީޕީއަށް ބަޖެޓް ކަމު ނުދިޔަކަމަށް!

6 ނޮވެމްބަރު 2019 | ބުދަ 06:43

ގާސިމް ގެންދަވަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުއަށް ނިސްބަތްކޮށް، ސީދާ ގޮތުންނާއި ނުސީދާކޮށް ބަހުގެ ހަމަލާތައް ދެމުން

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 6 ނޮވެމްބަރު 2019 | ބުދަ 06:43
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓް އެމްޑީޕީއަށް ކަމުނުދިޔަ ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ، މަހުޖަނު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީއަށް މެމްބަރުން އިތުރުކުރުމަށް ހިންގާ ހަރަކާތުގެ ތެރެއިން އެޕާޓީއަށް މެމްބަރުން ސޮއި ކުރުމަށް އަންގާރަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، ރައީސް ސޯލިހުގެ ސަރުކާރުން 20 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހެޅުއްވުމުން އެމްޑީޕީއަށް ކަމު ނުދިޔަ ކަމަށެވެ. އަދި 37 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހެޅުއްވުމުންވެސް ކަމު ނުދިޔަ ކަމަށެވެ.

Advertisement - newsAdvertisement

މީގެއިތުރުން ގާސިމް ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެމަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނާއި އެމްޑީޕީގެ އެތެރެއިން އަދި ބޭރުންވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެމްޑީޕީއަށް ބަޖެޓް ކަމުނުދާ ވާހަކަ ގާސިމް ވިދާޅުވިއިރު، މަޖިލީހުގައި ސާފު މެޖޯރިރިޓީ އޮތީ އެމްޑީޕީގެ އަތުގަ އެވެ. ގާސިމަށް ލިބިފައިވަނީ މަޖިލީހުގެ 87 މެމްބަރުން ހިމެނޭ މަޖިލީހުން އެންމެ ފަސް ގޮނޑިއެވެ. އަދި އެމްޑީޕީއަށް ބަޖެޓް ކަމުނުދާނަމަ، އެބަޖެޓަކީ މަޖިލީހުގެ މެޖޯރިޓީ އޮތްގޮތުން ފާސްކުރާނެ ބަޖެޓެއް ވެސް ނޫނެވެ.

ނަމަވެސް ގާސިމްގެ އެވާހަކަތަކާއި ހިލާފަށް ދައުލަތުގެ ބަޖެޓާ ގުޅިގެން އެމްޑީޕީގެ މެމްބަރުންގެ މާބޮޑު ކަންބޮޑުވުމެއް ނެތްކަން ހާމަވެއެވެ. އަދި އެބަޖެޓް ދިރާސާ ކުރުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވަނީ ވެސް އެމްޑީޕީގެ މެމްބަރުންނެވެ. ބަޖެޓް ދިރާސާކޮށް، ބަޖެޓް ފާސްކުރާނީ ރައްޔިތުންގެ މަޖިލީހުން ނެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމްޑީޕީއާ އަދި ހާއްސަކޮށް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުއާ ދޭތެރެޖެހޭ ފަދަ ގޮތްތަކަށް، މިހާރަކަށް އައިސް ގާސިމް ގެންދަވަނީ ވާހަކަ ދައްކަވަމުންނެވެ.

ގާސިމް ވަނީ ސަރުކާރުގެ ތެރޭގައި ހުންނަވައި، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ތައްޔާރު ވުމުގެ ގޮތުން މަސައްކަތް ވެސް ފަށާފަ އެވެ. އަދި ގާސިމް ގެންދަވަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުއަށް ނިސްބަތްކޮށް، ސީދާ ގޮތުންނާއި ނުސީދާކޮށް ބަހުގެ ހަމަލާތައް ދެމުން ނެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު

07 ފެބުރުއަރީ 2017
ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު
05 ފެބުރުއަރީ 2017

ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ

05 ފެބުރުއަރީ 2017
ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް އަނެއްކާވެސް ބަދަލުތަކެއް ގެންނަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ
04 ފެބުރުއަރީ 2017

ޓްރެޝަރީ ބޮންޑު ވިއްކައިގެން ނުވާނެ، އެކަމުގައި ކުރިއެރުމެއް ނެތް: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ޓްރެޝަރީ ބޮންޑު ވިއްކައިގެން ނުވާނެ، އެކަމުގައި ކުރިއެރުމެއް ނެތް: ރައީސް ނަޝީދު
02 ފެބުރުއަރީ 2017

ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު

02 ފެބުރުއަރީ 2017
ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު
02 ފެބުރުއަރީ 2017

ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ

02 ފެބުރުއަރީ 2017
ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ
02 ފެބުރުއަރީ 2017

ރާއްޖެ އޮތީ ނަޒާހަތްތެރިކަމުގެ އިމްތިހާނުން ފެއިލްވެފައި: ޓްރާންޕޭރަންސީ

02 ފެބުރުއަރީ 2017
ރާއްޖެ އޮތީ ނަޒާހަތްތެރިކަމުގެ އިމްތިހާނުން ފެއިލްވެފައި: ޓްރާންޕޭރަންސީ
24 ޖެނުއަރީ 2017

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
15 ޖެނުއަރީ 2017

"ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"

15 ޖެނުއަރީ 2017
 "ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް