Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

ސުޕްރީމް ކޯޓުން ނިންމާފައިވާ ޤާނޫނުއަސާސީއާ ޚިލާފު ނިންމުންތައް: އެ ފަނޑިޔާރުންނާމެދު ފިޔަވަޅު އެޅުމަށް އެންގުން!

ކޮމެޓީން ނިންމާފައިވަނީ ފަނޑިޔާރުން ނިންމުންތައް ނިންމާފައިވަނީ ނުފޫޒުން އެއްކިބާވެގެން ތިބެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 3 ނޮވެމްބަރު 2019 | އާދީއްތަ 13:09
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން: ފަނޑިޔާރު އަބްދުﷲދީދީ (ކަނާއަތް ފަރާތުން ދެވަނަ) ވަނީ ދާދިފަހުން މަގާމުން ވަކިކޮށްފަ--

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން: ފަނޑިޔާރު އަބްދުﷲދީދީ (ކަނާއަތް ފަރާތުން ދެވަނަ) ވަނީ ދާދިފަހުން މަގާމުން ވަކިކޮށްފަ--

މީގެކުރިން ސުޕްރީމް ކޯޓުން ނިންމާފައިވާ ބައެއް ނިންމުންތައް ނިންމާފައިވަނީ، ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގައި ބުނާ، ތައައްޞަބާއި ނުފޫޒުން އެއްކިބާވެ ތިއްބަވައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީއަށް ބެލެވެން ނެތް ކަމަށާއި، އެ ކަމުގައި ބައިވެރިވެވަޑައިގެންނެވި ފަނޑިޔާރުންނާމެދު ފިޔަވަޅު އެޅުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން ނިންމާފައިވާ ރިޕޯޓް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާއަށް ޖުޑީޝަރީ ކޮމެޓީން ނިންމާފައިވާ ރިޕޯޓް އެޖެންޑާ ކޮށްފައިވާއިރު، އެރިޕޯޓަށް، މެމްބަރުން ބަހުޘް ކުރުމަށާއި އިޞްލާޙު ހުށަހެޅުމުގެ ފުރުޞަތު ދިނުމަށްފަހު، ވޯޓަށް އެހޭނެ އެވެ.

Advertisement - newsAdvertisement

ޖުޑީޝަރީ ކޮމެޓީގެ ރިޕޯޓުގައި ބުނެފައިވަނީ، ސުޕްރީމް ކޯޓުން ނިންމާފައިވާ ޤާނޫނުއަސާސީއާ ޚިލާފު ނިންމުންތަކާއި ސުޕްރީމް ކޯޓުން އެ ނިންމެވުންތަކުގައި ބައިވެރިވެވަޑައިގެންނެވި ފަނޑިޔާރުން އެ ނިންމުންތައް ނިންމާފައިވަނީ، ތައައްޞަބާއި ނުފޫޒުން އެއްކިބާވެ ތިއްބަވައިގެންކަމަށް ޖުޑީޝަރީ ކޮމެޓީއަށް ބެލެވެން ނެތް ކަމަށެވެ. އަދި ފަނޑިޔާރުންގެ ޤާބިލިއްޔަތާމެދު ސުވާލު އުފެދޭ ކަމަށެވެ.

"އަދި މި ކަންކަން މިހެން ހުރުމަކީ އެ ފަނޑިޔާރުން މަގާމުން ވަކިކުރެވިދާނެ ޙާލަތެއް ކަމަށް ވީހިނދު، މި ސަބަބުތަކުގެ މައްޗަށް ބިނާކޮށް އެ ފަނޑިޔާރުންގެ މައްސަލަ ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބައްލަވައިދެއްވާ އެ ފަނޑިޔާރުންނާމެދު ފިޔަވަޅު އެޅުއްވުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އެންގުމަށެވެ." ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން ނިންމާފައިވާ ނިންމުމުގައި ވެއެވެ.

ސުޕްރީމް ކޯޓުން ޤާނޫނާ ޚިލާފަށް ނިންމާފައިވާ މައްސަލަތަކަކީ ކޮބައިކަން ބެލުމަށް ޖޭއެސްސީން ވަނީ އެކަމާ ގުޅޭ ރިޕޯޓެއް މަޖިލީހަށް ފޮނުވާފަ އެވެ. އެރިޕޯޓުގައި ސުޕްރީމް ކޯޓުން ޤާނޫނާ ޚިލާފަށް ނިންމި މައިގަނޑު 17 މައްސަލައެއް ވަނީ ފާހަގަކޮށްފަ އެވެ.

ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންތައްތައް:

1. ރައްޔިތުންގެ މަޖިލީހާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ލިބިދީފައިވާ ބާރުތަކެއް ސުޕްރީމް ކޯޓުން ހަނިކޮށް، ރައްޔިތުންގެ މަޖިލީހާއި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މަސައްކަތަށް ހުރަސްއެޅުން.

2. ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 21 ވަނަ މައްދާގެ (ބ) އުވާލައި، ޢަދުލު އިންސާފު ޤާއިމުކުރުމުގެ އިދާރީ ކަންކަން ހިންގައި ބެލެހެއްޓުމާ ސުޕްރީމް ކޯޓުން އަމިއްލައަށް ޙަވާލުވުން.

3. ރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 8 ވަނަ ބާބުގެ 82 ވަނަ މާއްދާއިން ފެށިގެން 94 ވަނަ މާއްދާގެ ނިޔަލަށް އުވާލުން.

4. ވަކީލުންގެ ކަންކަން ރެގިއުލޭޓްކޮށް ބެލެހެއްޓުން ސުޕްރީމް ކޯޓުން އަމިއްލައަށް ޙަވާލުވުން.

5. 54 ޤާނޫނީ ވަކީލުންނަށް ރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުން މަނާކުރުން.

6. އިސްތިުނާފުކުރުމުގެ މުއްދަތު ކުޑަކޮށް އެ މުއްދަތާ ގުޅޭގޮތުން ކޯޓުތަކުގެ ޤާނޫނާއި ވަޒީފާއާ ބެހޭ ޤާނޫނާއި ޓެކްސް ނެގުމާ ބެހޭ އިދާރީ ޤާނޫނާއި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގައި ކަނޑައަޅާފައިވާ މާއްދާތައް ސުޕްރީމް ކޯޓުން ބާޠިލު ކުރުން.

7. ދަށު ކޯޓުތަކުގެ ގާޒީން އެއްކޯޓުން އަނެއް ކޯޓަށް ބަދަލުކުރުމާއި ގުޅޭގޮތުން ސުޕްރީމް ކޯޓުން ޤަވައިދެއް ހަދައި، ޤާނޫނުގެ ދަށުން ޖުޑިޝަލް ސަރވިސް ކޮމިޝަނަށް ދީފައިވާ ބާރު ނެގުން.

8. ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް އަދި ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަޙްމަދު ނާޒިމުގެ މައްޗަށް ދައުވާކޮށް، ކްރިމިނަލް ކޯޓަށް ހުށަހެޅި އެމައްސަލަ ބަލައި ނުގަތުމަށް ނިންމި ނިންމަށް ހައިކޯޓުން ތާޢީދުކުރުމުން، އެމައްސަލަ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުގެ މުއްދަތު ހަމަވިތާ 7 މަސް ދުވަސް ފަހުން ދަޢުލަތުން ކުރި އިލްތިމާސް ސުޕްރީމް ކޯޓުން ބަލައިގަނެ، ނާޒިމުގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައެޅުމަށްފަހު، ހަމަ އެނިންމުން އޭގެ ތިން އަހަރު ދުވަސް ފަހުން އަލުން ބަލައި ބަދަލުކުރުން.

9. ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނާ ޚިލާފަށް ފަނޑިޔާރަކު މަސްއޫލިއްޔަތުން އެކަހެރި ކުރުމުގެ މައްސަލަ.

10. އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް ފުއާދު ތައުފީގު އަދި އެ ކޮމިޝަނުގެ ކުރީގެ ނައިބު ރައީސް އަޙްމަދު ފަޔާޒު ޙަސަންގެ މައްޗަށް ޖިނާޢީ ކުށެއް ސާބިތުވާ ކަމަށް ކަނޑައަޅައި މަޤާމުން ވަކިކުރުން.

11. އެޗްއާރުސީއެމްގެ ބާރު ކަނޑުވާލައި ސުޕްރީމް ކޯޓުން އިސް ނަގައިގެން އެ ކޮމިޝަނުގެ މައްޗަށް ސުމޯޓޯ ހިންގުން އަދި އެ ކޮމިޝަނުން ޢަމަލު ކުރަން ޖެހޭ ގައިޑްލައިން ކަނޑައެޅުން.

12. ސިވިލް ސަރވިސް ކޮމިޝަނުގެ ކުރީގެ ރައީސް މުޙައްމަދު ފަހުމީ ޙަސަން މަޤާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާޠިލު ކުރުން.

13. ފަނޑިޔާރުންގެ ފެންވަރު ބެލުމުގެ މަސައްކަތް ނުކުރުމަށް ސުޕްރީމް ކޯޓުން ޖޭއެސްސީއަށް އަންގައި އެ ކޮމިޝަނުގެ ޤާނޫނީ ޒިންމާ އަދާ ކުރުމަށް ހުރަސް އެޅުން.

14. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ނިޞްބަތްވާ ޕާޓީން ވަކިވުމުން ނުވަތަ އެހެން ޕާޓީއަކަށް ސޮއިކުރުމުން މެމްބަރުކަމުން ވަކިވާނެ ކަމަށް ކަނޑައެޅުން.

15. ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި، ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނާއި، މިނިވަން މުޢައްސަސާތަކުގެ މެމްބަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމަޖިލީހުގެ ނާއިބު ރައީސް އަދި ފަނޑިޔާރުންގެ އިތުބާރު ނެތްކަމާމެދު، ރައްޔިތުންގެ މަޖިލީހުން ނިންމާ ކޮންމެ ނިންމުމެއް ޞައްޙަވާނީ، އެ ނިންމުން ސުޕްރީމް ކޯޓުން ބަލައި ގޮތެއް ކަނޑައެޅުމުން ކަމުގައި ކަނޑައެޅުން.

16. އެކެއް ފެބުރުއަރީ 2018 ވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި ޢަމުރުގެ ބައިތައް ހަމަ އެ ކޯޓުން ބާޠިލު ކުރުން.

17. ސުޕްރީމް ކޯޓުން ސަރކިއުލަތަކާއި ޢާންމު ސިޓީތައް މެދުވެރިކޮށް އެހެން ކޯޓުތަކުގެ އިދާރީ ހިންގުމާއި ފަނޑިޔާރުން ޢަމަލުކުރަން ޖެހޭ އުޞޫލުތަކާއި ރައްޔިތުން ތަބާވުން ލާޒިމު "ޤާނޫނު" ހެދުން.

މީގެއިތުރުން ވެސް ރައްޔިތުންގެ މެދުގައި ސުވާލު އުފެދޭ ގޮތަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ބައެއް ނިންމުންތަކުގެ ތެރޭގައި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ މައްސަލައާއި ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ މައްސަލަތައް ހިމެނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލީވާނާއި ވިސާމުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި!

ލީވާނާއި ވިސާމުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި!

08 ފެބުރުއަރީ 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި

01 ފެބުރުއަރީ 2017
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު