Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖޭގައި ފެތުރޭ އެޗް1އެން1 ވ

ފްލޫ ކްލިނިކްގައި 4 މީހުން ވަނީ އެޑްމިޓް ކުރެވިފައި!

ފްލޫ ކްނިކުން 800 އަށް ވުރެ ގިނަ މީހުން ވަނީ ޑޮކްޓަރަށް ދައްކާފައި

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 15 މާރިޗު 2017 | ބުދަ 09:00
އައިޖީއެމްއެޗް ފްލޫ ކްލިނިކް

އައިޖީއެމްއެޗް ފްލޫ ކްލިނިކް

ބުދަ ދުވަހުގެ ހެނދުނުގެ ނިޔަލަށް އައިޖީއެމްއެޗުގެ ފްލޫ ކްލިނިކްގައި އެޑްމިޓްކޮށްފައި ވަނީ ހަތަރު މީހުން ކަމަށާއި އޭގެ ތެރޭގައި ތިން ކުޑަކުދިން ހިމެނޭ ކަމަށް އައިޖީއެމްއެޗުން ހާމަކޮށްފި އެވެ.

އައިޖީއެމްއެޗުން ބުނީ މިއަދުގެ ހެނދުނު ފަހެއް ޖެހުގައި ހަމައަށް ކިޔުގައި ގިނަ އަދަދެއްގެ ބަޔަކު ތިބި ކަމަށާއި ރޭ ދަންވަރުގައި ވެސް ގިނަ އަދަދެއްގެ ކުޑަކުދިން ޑޮކްޓަރަށް ދެއްކުމަށް އެތަނަށް ދިޔަ ކަމަށެވެ. ތާޖުއްދީން ސްކޫލުގައި ގާއިމްކޮށްފައިވާ ފްލޫ ކްލިނިކްގައި ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމް ހަަމަޖެހިފައިވާ އިރު ދުވާލުގެ ވަގުތުތަކުގައި ފަސް ޑޮކްޓަރުން ނުވަތަ ހަ ޑޮކްޓަރުން ބަލި މީހުން ބެލުމުގައި ތިބޭނެ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

Advertisement - newsAdvertisement

އެ ކްލިނިކުން 24 ގަޑިއިރު ހިދުމަތް ލިބޭނެ ކަމަށާއި ޚިދުމަތް ހޯދަން އަންނަ ބަލިމީހުންގެ ތެރެއިން އެޑްމިޓް ކުރަން ޖެހިއްޖެ ހާލަތެއްގައި، އައިޖީއެމްއެޗުގައި އެޑްމިޓްކުރެވޭނެ ކަމަށް އެ ހޮސްޕިޓަލުުން ބުނެއެވެ.

ރާއްޖޭގައި ހަލުއިކަމާ އެކު ފެތުރެމުންދާ އެޗް1އެން1 އިންފްލުއެންޒާއާ ގުޅިގެން އެ ހޮސްޕިޓަލުގައި ޗުއްޓީގައި ތިބި ފަރާތްތަކަށާއި މިދުވަސްވަރު ޗުއްޓީއަށް ދިއުމަށް ހަމަޖެހިފައިވާ ފަރާތްތަކަށް ވެސް ޗުއްޓީއަށް ނުގޮސް މަޑުކޮށްލުމަށް އަންގާފައި ވަނީ ބަލި މީހުންނަށް އައިޖީއެމްއެޗުން ވީ އެންމެ ރަގަޅަށް ޚިދުމަތް ދިނުމަށް ކަމަށް އައިޖީއެމްއެޗުން ބުނެ އެވެ.

ފްލޫ ކްލިނިކުގައި ޑޮކްޓަރުން ގިނަ ވާނީ ދުވާލުގެ ވަގުތުގައި ކަމަށް ވާތީ ހުރިހާ ފަރާތްތަކުން ވެސް ރޭގަނޑު ޑޮކްޓަރަށް ދެއްކުމުގެ ބަދަލުގައި ދުވާލުގެ ވަގުތުތަކުގައި ޑޮކްޓަރަށް ދެއްކުމަށް އައިޖީއެމްއެޗުން ވަނީ އިލްތިމާސްކޮށްފަ އެވެ.

އިއްޔެގެ ނިއަލަށް އެ ހޮސްޕިޓަލުގެ ފްލޫ ކްލިނިކަށް 800 އަށް ވުރެ ގިނަ ފަރާތްތަކުން ޑޮކްޓަރަށް ދައްކާފައިވާ ކަމަށް އައިޖީއެމްއެޗުން ހާމަކުރެއެވެ.

އިތުރަށް ކިޔާލަން

15 މާރިޗު 2017

އަންގާރަ ދުވަހު އެކަނި 400 ބަލިމީހުން، މުޅި ޖުމްލަ 1،000 ބަލިމީހުން ފްލޫ ކްލިނިކުން ފަރުވާހޯދާފައިވޭ!

15 މާރިޗު 2017
އަންގާރަ ދުވަހު އެކަނި 400 ބަލިމީހުން، މުޅި ޖުމްލަ 1،000 ބަލިމީހުން ފްލޫ ކްލިނިކުން ފަރުވާހޯދާފައިވޭ!
14 މާރިޗު 2017

އޭޑީކޭގެ ފްލޫ ކުލިނިކް މާދަމާއިން ފެށިގެން ސޯސަން ގޭގައި

14 މާރިޗު 2017
އޭޑީކޭގެ ފްލޫ ކުލިނިކް މާދަމާއިން ފެށިގެން ސޯސަން ގޭގައި
14 މާރިޗު 2017

ފްލޫ ކްލިނިކަށް 600 މީހުން ދައްކައިފި

14 މާރިޗު 2017
ފްލޫ ކްލިނިކަށް 600 މީހުން ދައްކައިފި
14 މާރިޗު 2017

ތާޖުއްދީން ސްކޫލުގައި ފްލޫ ކްލިނިކެއް ހުޅުވުމުގެ މަސައްކަތް ފަށަނީ

14 މާރިޗު 2017
ތާޖުއްދީން ސްކޫލުގައި ފްލޫ ކްލިނިކެއް ހުޅުވުމުގެ މަސައްކަތް ފަށަނީ
14 މާރިޗު 2017

މާލެ ކޮންމެ އަވަށެއްގައި ފްލޫ ކްލިނިކެއް ހުޅުވާ އަވަސް ފަރުވާ ދިނުމަށް އެމްޑީޕީން ގޮވާލައިފި

14 މާރިޗު 2017
މާލެ ކޮންމެ އަވަށެއްގައި ފްލޫ ކްލިނިކެއް ހުޅުވާ އަވަސް ފަރުވާ ދިނުމަށް އެމްޑީޕީން ގޮވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު