Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމުޞްޙަފް މާލްދީފް

މުޞްޙަފް މާލްދީފް ބަހަން ފަށައިފި

14 މާރިޗު 2017 | އަންގާރަ 22:17

ޢުމުރުން 15 އަހަރާ 45 އަހަރުގެ ކޮންމެ ރައްޔިތަކަށް މުޞްޙަފެއް ފޯރުކޮށްދެވޭނެ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 14 މާރިޗު 2017 | އަންގާރަ 22:17
މުޞްޙަފް މާލްދީފް ބަހަން ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން

މުޞްޙަފް މާލްދީފް ބަހަން ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން

ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް "މުޞްޙަފް މާލްދީފް" ބަހަށް ފަށައިފި އެވެ.

ކުންފުނިތަކުގެ މުވައްޒަފުންނަށް މުޞްޙަފް ބަހަން ފެށީ އެކަމަށްޓަކައި އަންގާރަ ދުވަހު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

Advertisement - newsAdvertisement

ސަރުކާރުގެ ގިނަ ކުންފުނިތަކެއްގެ މެނޭޖިންގ ޑިރެކްޓަރުންނާ އެހެނިހެން ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒިޔާދު ވިދާޅުވީ، "މުޞްޙަފް މާލްދީފް" މަޝްރޫޢު ޙަޤީޤަތަކަށް ވެގެންދިއުމުގައި ސަރުކާރުގެ ވަރަށް ގިނަ ކުންފުނިތަކުގެ ވަރަށް ބޮޑު ޙިއްޞާއެއް އެބައޮތްކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ.

އެގޮތުން މި މަޝްރޫއަކީ ވަރަށް ބޮޑު ހޭދައެއް ކޮށްގެން ކުރިއަށް ގެންދާ މަޝްރޫއަކަށްވެފައި، މިކަން ކުރިއަށް ގެންދިއުމަށްޓަކައި ވަރަށް ގިނަ ކުންފުނިތަކުން އެހީތެރިކަން ފޯރުކޮށްދެއްވާފައިވާކަމަށް ވިދާޅުވިއެވެ.

"މުޞްޙަފް މާލްދީފް" މަޝްރޫޢުގެ ދަށުން މިހާތަނަށް އެއްލައްކަ މުޞްޙަފް ޗާޕް ކޮށްގެން ރާއްޖެ ގެނެވިފައިވާ ކަމަށާއި، މުޞްޙަފްތައް ޗާޕް ކުރުމުގެ ދެވަނަ ބުރު ކައިރި މުސްތަޤްބަލެއްގައި ފެށިގެންދާނެކަމަށް އިސްލާމިކް މިނިސްޓަރ ވިދާޅުވި އެވެ.

"މުޞްޙަފް މާލްދީފް" މަޝްރޫޢު ގެ ދަށުން ފުރަތަމަ ގެނެވުނު އެއްލައްކަ މުޞްޙަފް ބެހުމަށް ހަމަޖެހިފައިވަނީ ޢުމުރުން 15 އަހަރާ 45 އަހަރާ ދެމެދުގެ ކޮންމެ ދިވެހި ރައްޔިތަކަށް މުޞްޙަފެއް ފޯރުކޮށްދެވޭ ގޮތަށެވެ.

އަދި މާލޭ ސަރަޙައްދާއި އަތޮޅުތެރޭގައި ދިރިއުޅޭ އެ ޢުމުރުފުރާގެ ކޮންމެ ދިވެހި ރައްޔިތަކަށް މިނިސްޓްރީން ހަމަޖައްސާ އުޞޫލުތަކުގެ ދަށުން މުޞްޙަފް ފޯރުކޮށްދެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

"މުޞްޙަފް މާލްދީފް" މަޝްރޫޢަކީ، ކޮންމެ ދިވެއްސަކަށް މުޞްޙަފެއް މި ޝިޢާރުގެ ދަށުން ދިވެހިންނަށް ޚާއްޞަ މުޞްޙަފެއް ޗާޕުކުރުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

ސަރުކާރުގެ އަމާޒަކީ، 2018 ވަނަ އަހަރު ނިމުމުގެ ކުރިން މި މަޝްރޫޢުގެ ދަށުން ކޮންމެ ދިވެއްސަކަށް މުޞްޙަފެއް ފޯރިކޮށްދިނުމެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި

30 ޖެނުއަރީ 2017
ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި
29 ޖެނުއަރީ 2017

ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި

29 ޖެނުއަރީ 2017
ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި
28 ޖެނުއަރީ 2017

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި
23 ޖެނުއަރީ 2017

އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި

23 ޖެނުއަރީ 2017
އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
16 ޖެނުއަރީ 2017

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި
15 ޖެނުއަރީ 2017

ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި

15 ޖެނުއަރީ 2017
ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް