Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސަފީރުކަމުގެ ފަތްކޮޅު

އިނގިރޭސިވިލާތާއި ސްރީލަންކާގެ އާ ސަފީރު، ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

ރައީސުލްޖުމްހޫރިއްޔާއަށް ފަތްކޮޅު އެރުވީ ބުދަ ދުވަހުގެ ހެނދުނު

މުހައްމަދު މުސްތަފާ
މުހައްމަދު މުސްތަފާ, ރާއްޖެ އެމްވީ | 30 އޮކްޓޯބަރު 2019 | ބުދަ 12:56
އިނގިރޭސިވިލާތުން ކަނޑައެޅުއްވި އާ ސަފީރު ސަފީރުކަމުގެ ފަތްކޮޅު އަރުއްވަނީ

އިނގިރޭސިވިލާތުން ކަނޑައެޅުއްވި އާ ސަފީރު ސަފީރުކަމުގެ ފަތްކޮޅު އަރުއްވަނީ

އިނގިރޭސިވިލާތާއި ސްރީލަންކާއިން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރުން، ސަފީރު ކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުއަށް އަރުވައިފިއެވެ.

އިނގިރޭސިވިލާތިގެ އާ ސަފީރު ކެރަން ރޮހްސްލާ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮށް ރައީސުލްޖުމްހޫރިއްޔާ އަށް ބުދަ ދުވަހުގެ ހެނދުނު އެރުވިއިރު، މިއީ ރާއްޖޭގައި ގާއިމްވެ ހުންނަވާ ގޮތަށް އިނގިރޭސިވިލާތުން ރާއްޖެއަށް ސަފީރަކު ކަނޑައެޅުއްވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ބުދަ ދުވަހުގެ ހެނދުނު ރައީސުލްޖުމްހޫއްރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގައި އިނގިރޭސިވިލާތުން ކަނޑައެޅުއްވި އާ ސަފީރު ވިދާޅުވީ، އިނގިރޭސިވިލާތުގެ ސަފީރަކު ރާއްޖޭގައި ގާއިމްވެ ހުންނެވުމުގެ ފައިދާ ވަރަށް ބޮޑުވާނެ ކަމަށާއި އެކި ދާއިރާތަކުން ދެ ގައުމުގެ ދެމެދުގައި މިހާރު ގާއިމްވެފައިވާ ގުޅުންތައް އިތުރަށް ހަރުދަނާކުރެއްވުމަށް މަސަތްކަތްކުރައްވާނެ ކަމަށެވެ.

އެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، އެކި ދާއިރާތަކުން ރާއްޖެއަށް ފުރުސަތުތައް ފަހިކޮށްދިނުމުގައި އިނގިރޭސިވިލާތުން މުހިއްމު ރޯލެއް ކުޅެފައިވާ ކަމަށެވެ. އަދި ރާއްޖޭގައި ޤާއިމްވެ ހުންނަވާގޮތަށް އިނގިރޭސި ވިލާތުން ސަފީރަކު ކަނޑައެޅުމުން ރާއްޖޭގެ ރައްޔިތުންނަށް އެކަމުގެ ލާބައާ މަންފާ އިތުރުވެގެން ދާނެކަމަށް އުއްމީދު ކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސްރީލަންކާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ކޮހޮނަ ވަލައްވެ ނިމަލް ދަރްމަކީރްތި ކަރުނަރަތުނެ، ސަފީރުކަމުގެ ފަތްކޮޅު އެރުއްވުމަށްފަހު ބޭއްވި ހާއްސަ ބައްދަލުކުރެއްވުމުގައި ލަންކާގެ އާ ސަފީރު ވިދާޅުވީ، ސްރީލަންކާއާ ރާއްޖެއަކީ ޒަމާނުއްސުރެ ގާތް ގުޅުމެއް އުފެދިފައިވާ ދެޤައުމުކަމަށާއި އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ދެޤައުމުގެ މެދުގައިވާ މިގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކޮށްދެވާނެކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާ ކަމަށެވެ.

އެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ، ސްރީލަންކާއަކީ އަބަދުވެސް ރާއްޖެއާއި ގާތް ރަޙުމަތްތެރި ގުޅުމެއް އޮންނަ ޤައުމެއްކަން ފާހަގަކުރައްވައި ދެޤައުމުގެ މެދުގައި މިހާރު އޮތް ވިޔަފާރީގެ ގުޅުންތަކުގެ އިތުރުން އިޤްތިޞާދީ ކުރިއެރުމަށް ހުރި ފުރުސަތުތައް ދެނެގަނެ އެކުގައި މަސައްކަތް ކުރުމުގައި ސަރުކާރުން ދެމި އޮންނާނެ ކަމަށެވެ. އޭގެ އިތުރުން އާ ސަފީރުގެ ސަފީރުކަމުގެ ދައުރުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގައި ޔަޤީންކުރައްވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ

ކޮމެންޓް

އިތުރަށް ކިޔާލަން

 ގެއްލުނު ލޭންޑިން ކްރާފްޓް ހޯދުމުގައި އިންޑިއާގެ ނޭވީންގެ ހިތްވަރަށް ސަފީރު ތައުރީފް ކުރައްވައިފި

ގެއްލުނު ލޭންޑިން ކްރާފްޓް ހޯދުމުގައި އިންޑިއާގެ ނޭވީންގެ ހިތްވަރަށް ސަފީރު ތައުރީފް ކުރައްވައިފި

21 މެއި 2017
ނިއުޒިލޭންޑް ސަފީރު މިނިސްޓަރ އާސިމް އާ ބައްދަލު ކުރައްވައިފި

ނިއުޒިލޭންޑް ސަފީރު މިނިސްޓަރ އާސިމް އާ ބައްދަލު ކުރައްވައިފި

17 މެއި 2017
ޔާމީންގެ މަރާ ގުޅިގެން ބޭރުގެ ބައެއް ސަފީރުން ކަންބޮޑުވުން ފާޅުކޮށްފި

ޔާމީންގެ މަރާ ގުޅިގެން ބޭރުގެ ބައެއް ސަފީރުން ކަންބޮޑުވުން ފާޅުކޮށްފި

23 އެޕްރީލު 2017
ދިވެހި ސަފީރުންގެ މަހާސިންތާ ފަށައިފި

ދިވެހި ސަފީރުންގެ މަހާސިންތާ ފަށައިފި

19 އެޕްރީލު 2017
ޤާސިމް ހައްޔަރުކުރުމަކީ ޑިމޮކްރަސީއަށް ލިބުނު ދެރައެއް: އިނގިރޭސި ސަފީރު

ޤާސިމް ހައްޔަރުކުރުމަކީ ޑިމޮކްރަސީއަށް ލިބުނު ދެރައެއް: އިނގިރޭސި ސަފީރު

07 އެޕްރީލު 2017

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު