Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވިޝްކާ ކޯޓަށް

ދިވެހި ފިލްމް "ވިޝްކާ" ގެ މައްސަލަ އެންމެ ފަހުން ކޯޓަށް

ކޯޓުން މައްސަލަ ބަލައިގެންފައި ވަނީ އާދީއްތަ ދުވަހު

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 6 މާރިޗު 2017 | ހޯމަ 18:15
ދިވެހި ފިލްމް "ވިޝްކާ"ގެ ޕޯސްޓަރު

ދިވެހި ފިލްމް "ވިޝްކާ"ގެ ޕޯސްޓަރު

މާރޗް މަހުގެ 8 ވަނަ ދުވަހު ޝްވެކް ސިނަމާގައި އެޅުވުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމް "ވިޝްކާ"ގެ މިލްކްވެރިކަން ކަށަވަރު ކުރުމަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގެންފިއެވެ.

ސިވިލް ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވީ "ވިޝްކާ" އާ ގުޅޭ ގޮތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގެންފައި ވަނީ ވަނީ އާދީއްތަ ދުވަހު ކަމަށެވެ. ދެން އެ މައްސަލަ ފޮނުވާނީ ޑިސްޕިއުޓް މަރުހަލާ އަށް ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އަދި އެ މައްސަލަ ޝަރީޢަތަށް ފޮނުވާނީ ދެ ފަރާތް ވާހަކަ ދައްކައިގެން ހައްލެއް ނުލިބިއްޖެނަމަ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ވިޝްކާގެ ވާހަކަ އާއި ސްކްރީން ޕްލޭގެ މިކްކުވެރިކަން ކަށަވަރު ކުރުމަށް މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ ކެމެރާމަން ހަސަން ހަލީމް (ކޮކޯ ހަސަން) އެވެ.

ވިޝްކާގެ މައްސަލަ ކޯޓަށް ހުށަހެޅުމުން އެކަމާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރުމަށް ފިލްމުގެ ޑައިރެކްޓަރު އަދި ޕްރޮޑިއުސާ އައިމިނަތު ރިޝްމީ އަށް ގުޅާލުމުން ބުނީ "ވިޝްކާ" އާ ގުޅޭ ގޮތުން ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އަށް އެއްވެސް ކޮމެންޓެއް ކުރަން ބޭނުން ނުވާ ކަމަށެވެ.

ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ކޮކޯ ހަސަން ބުނެފައިވަނީ "ވިޝްކާ" އަކީ އޭނާގެ އަމިއްލަ މިލްކެއް ކަމަށް ގަބޫލު ކުރެވޭތީ މިލްކްވެރިކަން ސާބިތު ކޮށްދެވޭ ވަރަށް ހެކި އެބަހުރި ކަމަށާއި އެކަން ސާބިތު ކުރާނެ ކަމަށެވެ.

މި މައްސަލާގައި ފިލްމްގެ ޕްރޮޑިއުސަރ އަދި ބަތަލާ އައިޝަތު ރިޝްމީ ކުރިން ބުނެފައި ވަނީ "ވިޝްކާ" އަކީ ހަސަންގެ ހައްގެއް ނަމަ ފިލްމުގެ މަސއްކަތް ކުރިއަށް ދިޔައިރު ހުއްޓުވަން ނޫޅުނީ ކީއްވެތޯ ސުވާލު އުފައްދާފައެވެ.

އެފިލްމަކީ ރިޝްމީގެ އެއްޗެއް ނޫންކަމަށް ވެއްޖެ ނަމަ އެހާ ބޮޑު ޚަރަދެއް ކުރަންވީ ކީއްވެތޯ ކަމަށް އޭނާ ބުންޏެވެ.

ވިޝްކާގެ ސްޓޯރީގެ މައްސަލަ ޖެހިފައިވާއިރު ފިލްމްގެ ޕްރޮމޯޝަނަލް ޓްރެއިލާ ދެއްކިއިރު އެފިލްމްގެ ސްކްރިޕްޓް ލިޔުނު ކަމަށް ބުނާ އަހުމަދު ޒަރީރަށް ކްރެޑިޓް ދީފައި ނުވާ ކަމަށް ބުނެ އެމައްސަލަ ވެސް ވަނީ ހޫނު ވެފައެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދެމުން ފިލްމުގެ ޑައިރެކްޓަރ އަދި ލީޑް އެކްޓަރު ރަވީ ފާރޫގް ބުނީ ޒަރީރަށް ކްރެޑިޓް ދޭން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

ޒަރީރަކީ ސްކްރިޕްޓްގެ މަސައްކަތް ކުރުމަށް މަހުދީ ގެނެފައިސްވާ މީހަކަށް ވާއިރު ޒަރީރުގެ މަސައްކަތަށް ކްރެޑިޓް ދޭން ނުޖެހޭނެ ކަމަށް ރަވީ ބުންޏެވެ.

މީގެ އިތުރުން ރަވީ ބުނީ ފިލްމްގެ ޝޫޓިންތައް ކުރިއަށް ދިޔައިރު ސްކްރިޕްޓަށް ބޮޑު ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.އަދި ފިލްމް ބަލައިފި ނަމަ ޒަރީރަށް އެކަން އެނގިގެން ދާނެ ކަމަށް ރަވީ ބުންޏެވެ.

އެހެން ކަމުން ޒަރީރަށް މި ފިލްމްގެ ކްރެޑިޓް ދޭނަމަ ފިލްމްގެ ޑައިރެކްޓަރ ރަވީ އަދި ޕްރޮޑިއުސަރ ރިޝްމީއަށް ވެސް ކްރެޑިޓް ދޭން ޖެހޭނެ ކަމަށް ރަވީ ބުންޏެވެ.

މި މައްސަލާގައި ޒަރީރާ އެކު ވާހަކަ ދެއްކުމަށް އެއްމޭޒަކަށް އައުމަށް ރަވީ ވަނީ ގޮވާލާފައެވެ.

މި ފިލްމުގެ ޓައިޓިއުލާ ރޯލުން ރިޝްމީ ފެނިގެނދާއިރު ދެން މިފިލްމުގެ މުހިއްމު ރޯލްތަކުން ފެނިގެންދާނީ ރަވީ ފާރޫޤް އަދި އަޙްމަދު ސައީދު އެވެ.

ދިވެހި މުޖުތަމައު އިން ފެންނަ ގިނަ ކަންތައްތައް ދައްކުވާދޭ މިފިލްމުގެ ޕްރީ ޕްރޮޑަކްޝަން 2015 ވަނަ އަހަރު ފެށިފައިވާއިރު ޝޫޓިންގް ފެށިފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުއެވެ. އަދި ފިލްމުގެ ޝޫޓިންގް ނިމި “ވިޝްކާ” ލޯންޗް ކޮށްފައިވަނީ 30 މެއި 2016 ގައެވެ

އިތުރަށް ކިޔާލަން

08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު