Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޮޑިޓް އޮފީހުގެ ބަޖެޓް

އޮޑިޓް އޮފީހަށް 64 މިލިއަށް ރުފިޔާގެ ބަޖެޓެއް ދިނުމަށް މަޖިލީހުން ފާސްކޮށްފި

28 އޮކްޓޯބަރު 2019 | ހޯމަ 10:41

މިހާރު ހިނގަމުންދާ 2019 ބަޖެޓަކީ 60 މިލިއަން ރުފިޔާ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 28 އޮކްޓޯބަރު 2019 | ހޯމަ 10:41
އޮޑިޓަރ ޖެނެރަލް ހަސަން ޒިޔާތު--

އޮޑިޓަރ ޖެނެރަލް ހަސަން ޒިޔާތު--

އޮޑިޓަރ ޖެނަރަލްގެ އޮފީހަށް 64.91 މިލިއަން ރުފިޔާގެ ބަޖެޓެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އޮޑިޓު އޮފީހަށް 64 މިލިއަން ރުފިޔާގެ ބަޖެޓެއް ދިނުމަށް ފާސްކުރީ 82 މެންބަރުންގެ ވޯޓުންނެވެ.

Advertisement - newsAdvertisement

އޮޑިޓަރ ޖެނެރަލް އޮފީހުގެ ބަޖެޓުގެ ގޮތުގައި އަންނަ 2020 ވަނަ އަހަރަށް 64 މިލިއަން ރުފިޔާ ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމައި މަޖިލީހުގެ ޖަލްސާއަށް އެރިޕޯޓް ހުށަހެޅީ ވެސް ހޯމަ ދުވަހުގެ ޖަލްސާގަ އެވެ.

އޮޑިޓް އޮފީހުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ފޮނުވާފައިވާ 2020 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ރިޕޯޓުގައި އެދިފައިވަނީ ވެސް 64.91 މިލިއަން ރުފިޔާ އެވެ. ކޮމެޓީން އެ ޢަދަދު ފާސްކޮށްފައިވަނީ ފިނޭންސް މިނިސްޓްރީއާ މަޝްވަރާ ކުރުމަށްފަހު، އެ މިނިސްޓްރީން އިޢުތިރާޒު ނުކުރާތީ ކަމަށް މާލިއްޔަތު ކޮމެޓީގެ ރިޕޯޓުގައި ބުނެފައި ވެއެވެ.

މިހާރު ހިނގަމުންދާ 2019 ވަނަ އަހަރުގެ އޮޑިޓް އޮފީހުގެ ބަޖެޓަކީ 60.04 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.

އޮޑިޓް އޮފީހުގެ 2020 ވަނަ އަހަރުގެ ޚަރަދުތައް ހިނގާނެ ކަމަށް ލަފާކުރާ ގޮތް:

އޮޑިޓަރ ޖެނެރަލްގެ މުސާރައާއި އެހެނިހެން އިނާޔަތްތަކަށް - 795،000

މުވައްޒަފުންގެ މުސާރައާއި އެހެނިހެން އިނާޔަތްތަކަށް - 43.98 މިލިއަން ރުފިޔާ

ޕެންޝަން ފައިސާއަށް - 1.25 މިލިއަން ރުފިޔާ

މުވައްޒަފުން ތަމްރީނު ކުރުމާއި ފެންވަރު މަތިކުރުން - 1.74 މިލިއަން ރުފިޔާ

ދަތުރުފަތުރާއި އެހެނިހެން ކަންތައްތަކުގެ ހަރަދު - 4.89 މިލިއަން ރުފިޔާ

އޮޑިޓް އޮފީހުގެ ބަޖެޓް ރިޕޯޓުގައިވާ ގޮތުން މުވައްޒަފުންގެ މުސާރައަށްދާ ޚަރަދު ބޮޑުވެފައިވަނީ މިއަހަރުގެ ފަހު ކުއާޓަރއިން ފެށިގެން މުވައްޒަފުންނަށް އިތުރު ގަޑި ދޭން ނިންމާފައިވާތީ އެވެ.

ފިނޭންސް މިނިސްޓްރީން ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށަހަޅަންޖެހޭއިރު، އޮޑިޓް އޮފީހުގެ ބަޖެޓަކީ ވަކިން، އޮޑިޓް އޮފީހުން މަޖިލީހަށް ހުށަހަޅަންޖެހޭ ބަޖެޓެކެވެ. ނަމަވެސް އޮޑިޓް އޮފީހުގެ ބަޖެޓް މަޖިލީހުން ފާސްކޮށް، އަދި ދައުލަތުގެ ބަޖެޓް، ބަޖެޓް ކޮމެޓީން ދިރާސާކޮށް ނިންމައި މަޖިލީހުގެ ތަޅުމުން ދައުލަތުގެ ބަޖެޓް ފާސްކޮށް ނިމޭއިރު، އޮޑިޓް އޮފީހުގެ ބަޖެޓް ވެސް ދައުލަތުގެ ބަޖެޓްގެ ތެރޭގައި ހިމެނިގެންދާނެ އެވެ.

މި ހަފުތާ ނިމުމުގެ ކުރިން 2020 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅާނެ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވަނީ ވިދާޅުވެފަ އެވެ.

އެނގިފައިވާ ގޮތުގައި އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާ ބަޖެޓުގެ އަދަދު ގާތްގަނޑަކަށް 40 ބިލިއަން ރުފިޔާއަށް އަރައެވެ.

މާލިއްޔަތު ގާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކުރާ ގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ކޮންމެ މާލީ އަހަރަކަށް އެކުލަވާލެވޭ އެ އަހަރުގެ ދައުލަތުގެ ބަޖެޓު، މިނިސްޓަރު ތައްޔާރުކޮށް، ބަޖެޓު އެކުލަވާލެވޭ މާލީ އަހަރު ފެށުމުގެ އެންމެ ލަސްވެގެން 1 މަސްދުވަސްކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެކަމަށެވެ.

އަދި ބަޖެޓު ހުށަހަޅާއިރު، އެބަޖެޓުގައި މާލީ އަހަރަކަށް ދައުލަތުން ހިނގާނެކަމަށް ލަފާކުރި ޚަރަދާއި، ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރާ އެއްޗެއްގެ ހިސާބާއި، އަދި ވޭތުވެދިޔަ މާލީ އަހަރު ދައުލަތުން ހިނގި ޚަރަދާއި، ދައުލަތަށް ލިބުނު އެއްޗެއްގެ ހިސާބުގެ އިތުރުން އެ ބަޖެޓުގައި ވަކި ސުރުޚީތަކެއްގެ ދަށުން ފާހަގަކޮށް ބަޔާން ކުރަންވާނެކަމަށް އެ މާއްދާގެ (ށ)ގައި ވެއެވެ.

އަމީރު ވިދާޅުވީ ޤާނޫނުގައި ކަނޑައަޅާފައިވާ ތާރީޚުގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ހުށަހަޅާނެ ކަމަށެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު

11 ފެބުރުއަރީ 2017
އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު
09 ފެބުރުއަރީ 2017

އޮޑިޓްކުރި އިރު މަދުވި ފައިސާ ފަހުން ފެނުމުން ކޮރަޕްޝަން ނެތް ކަމަށް ނިންމައިފި

09 ފެބުރުއަރީ 2017
އޮޑިޓްކުރި އިރު މަދުވި ފައިސާ ފަހުން ފެނުމުން ކޮރަޕްޝަން ނެތް ކަމަށް ނިންމައިފި
06 ފެބުރުއަރީ 2017

އެމްއެމްޕީއާރްސީ ހާޒިރުނުވުމުން 160 މިލިއަން ރުފިޔާގެ މައްސަލައެއް ބޭރުކޮށްލައިފި

06 ފެބުރުއަރީ 2017
އެމްއެމްޕީއާރްސީ ހާޒިރުނުވުމުން 160 މިލިއަން ރުފިޔާގެ މައްސަލައެއް ބޭރުކޮށްލައިފި
05 ފެބުރުއަރީ 2017

ފޮރިން މިނިސްޓްރީ އަށް 2014 ވަނަ އަހަރު ލިބެންޖެހޭ ފައިސާގެ ހިސާބުކަށަވަރެއް ނުވޭ: އޮޑިޓް ރިޕޯޓް

05 ފެބުރުއަރީ 2017
ފޮރިން މިނިސްޓްރީ އަށް 2014 ވަނަ އަހަރު ލިބެންޖެހޭ ފައިސާގެ ހިސާބުކަށަވަރެއް ނުވޭ: އޮޑިޓް ރިޕޯޓް
04 ފެބުރުއަރީ 2017

ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!

04 ފެބުރުއަރީ 2017
ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!
25 ޖެނުއަރީ 2017

ކަސްޓަމުން 2015 ވަނަ އަހަރު ޤަވާއިދާއެއްގޮތައް ހަރުމުދާ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް

25 ޖެނުއަރީ 2017
ކަސްޓަމުން 2015 ވަނަ އަހަރު ޤަވާއިދާއެއްގޮތައް ހަރުމުދާ ބަލަހައްޓާފައެއް ނުވޭ: އޮޑިޓް ރިޕޯޓް
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
13 ޖެނުއަރީ 2017

އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ

13 ޖެނުއަރީ 2017
އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް