Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނާމް ސަމިޓް

ނާމް ސަމިޓްގައި ބައިވެރިވުމުން ތަރައްގީއާ އިގްތިސާދުގެ ގިނަ ކަންކަން ކުރުމަށް ފަސޭހަވެގެންދޭ: ޝިއުނީން

28 އޮކްޓޯބަރު 2019 | ހޯމަ 09:34

ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް ގިނަ ފައިދާތަކެއް ލިބޭ

އަމްނާ އިމާދު
އަމްނާ އިމާދު | 28 އޮކްޓޯބަރު 2019 | ހޯމަ 09:34
ފޮރިންގ މިނިސްޓްރީގެ ޑިރެކްޓަރު ޝިއުނީން ރަޝީދު

ފޮރިންގ މިނިސްޓްރީގެ ޑިރެކްޓަރު ޝިއުނީން ރަޝީދު

ނޮން-އެލައިންޑް މޫވްމަންޓް (ނާމް) ގައި ދިވެހިރާއްޖެއިން ބައިވެރިވުމުން ތަރައްޤީއާ އިޤްތިޞާދުގެ ގިނަ ކަންކަން ކުރުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށް ފޮރިންގ މިނިސްޓްރީގެ ޑިރެކްޓަރު ޝިއުނީން ރަޝީދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ޝިއުނީން ވިދާޅުވީ ނާމްއަކީ އދ ޖެނަރަލް އެސެމްބްލީ ނެގުމަށްފަހު، ދުނިޔޭގައި އޮންނަ އެންމެ ބޮޑު ޕޮލިޓިކަލް ފޯރަމް ކަމަށާއި، ނާމްގައި 135 ގައުމުން ބައިވެރިވެފައިވާ ކަމަށެވެ. އަދި މިއީ ސިޔާސީ ޖަމިއްޔާއެއް ކަމަށެވެ. އެހެންކަމުން ބައިނަލްއަޤުވާމީ ބޮޑެތި ސިޔާސީ މައްސަލަތަކަށް ޙައްލު ހޯދުމަށް ގިނަ މަޝްވަރާތަކެއް ކުރެވި، އެނިންމާ ނިންމުންތަކަކީ ބައިނަލްއަޤުވާމީ ސިޔާސީ ބަހުޘްތަކުގަ ބަރުދަންހުރި ބަލައިގަނެވޭނެ ކަންކަން ކަމަށް ޝައުލީން ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޝިއުނީން ވިދާޅުވީ ނާމްގައި ރާއްޖެއިން ބައިވެރިވެ އެކްޓިވްކޮށް އުޅުމުން އެކަމުގެ ރަނގަޅު ނަތީޖާ ފެންނާނެ ކަމަށާއި، ބޭނުންވާ ކަންކަން ކުރުމަށް ފަސޭހަވެގެންދާނެ ކަމަށެވެ. ނާމްގައި ބައިވެރިވުމުން ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ގިނަ ގުނަ ފައިދާ ލިބޭ ކަމަށް ޝައުލީން ވިދާޅުވިއެވެ.

އަޒަރުބައިޖާންގެ ވެރިރަށް ބާކޫގައި ކުރިއަށްދިޔަ ނަން-އެލައިންޑް މޫވްމަންޓް( ނާމް) ސަމިޓްގައި މިނިސްޓަރު ޢަބްދުﷲ ޝާހިދު ދެއްވި ތަޤުރީރަށް އަލިއަޅުއްވާލައްވާ ޝައުލީން ވިދާޅުވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސިޔާސަތާއި، ޑިމޮކްރަސީ ، އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުން، ޤާނޫނީ ވެރިކަން ދެމެހެއްޓުމާއި، ކޮރަޕްޝަން ނައްތާލުން، ދެމެހެއްޓެނިވި ތަރައްގީގެ މަސައްކަތުގައި ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުން މުހިންމު ގިނަ ކަންކަން ފާހަގަކުރެއްވި ކަމަށެވެ. އަދި ޓެރަރިޒަމާއި މޫސުމަށް އަންނަ ބަދަލުތަކާއި، ފަލަޞްޠީނާއި އިސްރާއީލުގެ މައްސަލާގެ މައްޗަށް ވާހަކަފުޅު ދެއްކެވިއެވެ.

ނާމްގެ ސަމިޓްގައި މިނިސްޓަރު ގިނަ ޤައުމުތަކުގެ ވެރިންނާ ބައްދަލުކުރައްވާ ރާއްޖޭގެ ކަންކަން ކުރިއަށް ގެންދާނެ ގޮތްތާކާ ބެހޭ ގޮތުން ޚިޔާލުބަދަލުކޮށްފައިވާ ކަމަށާއި، ސަމިޓްގައި ދެއްވި ތަޤުރީރުގައި ފާހަގަކުރެއްވި މައްސަލަތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ޝިއުނީން ވިދާޅުވިއެވެ.

އޮކްޓޯބަރު 25 އިން 26 އަށް ބޭއްވި 18ވަނަ ނާމް ސަމިޓު 135 ގައުމަކުން ބައިވެރިވިއެވެ.

ނޮން-އެލައިންޑް މޫވްމަންޓް (ނާމް)އަކީ ދުނިޔޭގެ ބާރުތައް ޙިއްސާކުރުމާ ގުޅޭގޮތުން ދުނިޔޭގެ ބޮޑު ދެބާރު ކަމުގައިވާ އެމެރިކާއާއި ސޯވިއެޓް އިއްތިހާދާ ދެމެދު ހިނގައިދިޔަ އަރާރުންތަކުގެ ތެރޭގައި ފިތިބާރުވާންޖެހި އެކަމުގެ ހިތްހަމަނުޖެހުމުގައި، އެއްވެސް ފަރާތަކަށް ނުޖެހި ތިބުމަށް 1961 ވަނަ އަހަރު އުފެއްދި އިއްތިހާދެކެވެ. މިއިއްތިހާދު އުފެއްދުމަށް އެންމެ މައިގަނޑު ދައުރެއް އަދާކުރެއްވީ އިންޑިއާގެ ފުރަތަމަ ބޮޑުވަޒީރު ޖަވާހަރްލާލް ނެހްރޫއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

11 ނޮވެމްބަރު 2017

ޝަރަފުވެރިކަމުގެ ގައުމީ އިނާމު ދެ ފަރާތަކަށް އަދި ހިތްވަރު ދިނުމުގެ އިނާމް 25 ފަރާތަކަށް ދެއްވައިފި

11 ނޮވެމްބަރު 2017
ޝަރަފުވެރިކަމުގެ ގައުމީ އިނާމު ދެ ފަރާތަކަށް އަދި ހިތްވަރު ދިނުމުގެ އިނާމް 25 ފަރާތަކަށް ދެއްވައިފި
11 އޮކްޓޯބަރު 2017

ނޫސްވެރިކަމުގެ އިނާމް ދިނުމުގެ ޖަލްސާގައި ރާއްޖެޓީވީގެ ނޫސްވެރިން އިހްތިޖާޖުކޮށްފި

11 އޮކްޓޯބަރު 2017
ނޫސްވެރިކަމުގެ އިނާމް ދިނުމުގެ ޖަލްސާގައި ރާއްޖެޓީވީގެ ނޫސްވެރިން އިހްތިޖާޖުކޮށްފި
01 އޮކްޓޯބަރު 2017

ނޫސްވެރިކަމުގެ އިނާމް ދިނުމުގެ ރަސްމިއްޔާތު މިމަހުގެ 11 ވަނަ ދުވަހުގެ ބާއްވަނީ

01 އޮކްޓޯބަރު 2017
ނޫސްވެރިކަމުގެ އިނާމް ދިނުމުގެ ރަސްމިއްޔާތު މިމަހުގެ 11 ވަނަ ދުވަހުގެ ބާއްވަނީ
14 އޯގަސްޓު 2017

ހިނގާލުމުގައި ބައިވެރިވުމުން ރިލްވާނާއި، ޔާމީންގެ އާއިލާ ދެ މީހަކު ފުލުހުންގެ ވަޒީފާއިން ވަކިކޮށްފި

14 އޯގަސްޓު 2017
ހިނގާލުމުގައި ބައިވެރިވުމުން ރިލްވާނާއި، ޔާމީންގެ އާއިލާ ދެ މީހަކު ފުލުހުންގެ ވަޒީފާއިން ވަކިކޮށްފި
18 ޖޫން 2017

ސޯލާ ފައިނޭންސް އެންޑް އިންވެސްޓްމަންޓް ސަމިޓްގައި ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ

18 ޖޫން 2017
ސޯލާ ފައިނޭންސް އެންޑް އިންވެސްޓްމަންޓް ސަމިޓްގައި ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ
05 ޖޫން 2017

ކައުންސިލަރުންނަށް ރައީސް މައުމޫނުގެ ނަސޭހަތް: "ވަރުގަދަ އަޒުމާއެކު ތަރައްގީއާއިގެން ކުރިއަށް ވަޑައިގަތުން އެދެން"

05 ޖޫން 2017
ކައުންސިލަރުންނަށް ރައީސް މައުމޫނުގެ ނަސޭހަތް: "ވަރުގަދަ އަޒުމާއެކު ތަރައްގީއާއިގެން ކުރިއަށް ވަޑައިގަތުން އެދެން"
23 މެއި 2017

އަރަބް އިސްލާމިކް-އެމެރިކަން ސަމިޓްގައި ރައީސް ޔާމީންގެ ބަޔާން ރަސްމީ ލިޔުމެއްގެ ގޮތުގައި!

23 މެއި 2017
އަރަބް އިސްލާމިކް-އެމެރިކަން ސަމިޓްގައި ރައީސް ޔާމީންގެ ބަޔާން ރަސްމީ ލިޔުމެއްގެ ގޮތުގައި!
21 މެއި 2017

އަރަބް އިސްލާމިކް އެމެރިކަން ސަމިޓްގައި ރައީސް ތަގުރީރު ނުކުރައްވާ!

21 މެއި 2017
އަރަބް އިސްލާމިކް އެމެރިކަން ސަމިޓްގައި ރައީސް ތަގުރީރު ނުކުރައްވާ!
17 މެއި 2017

"އެކަޑަމީ އިނާމް 2017" ފަސް ބޭފުޅަކަށް ލިބިވަޑައިގެންފި

17 މެއި 2017
"އެކަޑަމީ އިނާމް 2017" ފަސް ބޭފުޅަކަށް ލިބިވަޑައިގެންފި
20 ފެބުރުއަރީ 2017

ޖެނީވާ ސަމިޓްގައި ރައީސް މުހައްމަދު ނަޝީދު ތަގުރީރު ކުރައްވަނީ

20 ފެބުރުއަރީ 2017
ޖެނީވާ ސަމިޓްގައި ރައީސް މުހައްމަދު ނަޝީދު ތަގުރީރު ކުރައްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް