Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަބްދުއްރަހީމް އަބްދުﷲ

ހައްޔަރުކުރިއަސް ދީނާއި ރަސޫލާއަށް އޮތް ލޯތްބެއް ބަދަލެއް ނުވާނެ: އަދުރޭ

27 އޮކްޓޯބަރު 2019 | އާދީއްތަ 10:59

ރައީސް ޔާމީން އިސްލާމް ދީނާ ހިލާފް ގިނަ ވާހަކަފުޅުތައް ދައްކަވާފައިވޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 27 އޮކްޓޯބަރު 2019 | އާދީއްތަ 10:59
އަބްދުއްރަހީމް

އަބްދުއްރަހީމް

އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް އޮތް ލޯތްބެއް ބަދަލެއް ނުވާނެ ކަމަށާއި އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކުރާ ފަރާތްތަކާ ދެކޮޅަށް އަޑު އުފުލާނެ ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓާ ދެކޮޅަށް ކުރިއަށް ގެންދާ ހަރަކާތްތައް، ނުހުއްޓުވޭނެ ކަމަށް ވިދާޅުވެ އަދުރޭ ކުރެއްވި ޓްވީޓްގައި ވިދާޅުވީ ޕީޕީއެމްގެ އޮފީސް ދޮރުމަތީގައި ފުލުހުންނަށް ޓޭޕް ދެމިދާނެ ކަމަށާއި އަދި އޮފީސް ވެސް ބަންދުކުރެވިދާނެ ކަމަށެވެ. އަދި ޕީއެންސީއާއި ޕީޕީއެމްގެ އިތުރުން އެމްޑީއެންއާ ދެކޮޅަށް އަޑުއުފުލާ އެންމެން ހައްޔަރުވެސް ކުރެވިދާނެ ކަމަށެވެ. އެކަމަކު މުސްލިމު ދިވެހި ރައްޔިތުންގެ ހިތްތަކުން އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް އޮތް ގަދަރާއި ލޯބި ބަންދު ނުކުރެވޭނެ ކަމަށްވެސް އަބްދުރަހީމް ވިދާޅު އެވެ.

Advertisement - newsAdvertisement

އޭނާ އިތުރަށް ވިދާޅުވީ ސަރުކާރު ހިންގުމުގެ ބާރާއި ގާނޫނާ ހެދުމުގެ ބާރު ލިބި، ޝަރުއީ ދާއިރާ ބޭނުން ގޮތަކަށް ބަދަލުކުރުމުގެ ފުރުސަތު އޮތް ނަމަވެސް އިސްލާމް ދީނަށް ގޮންޖަހާ، ރަސޫލާއަށް ފުރައްސާރަ ނުކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދުރޭ ވިދާޅުވީ އިލާހީ ގާނޫނު މާބާރުގަދަ ވާނެ ކަމަށާއި ކަމެއް ވާށޭ ވަހީ ކުރެއްވުމުން ލަހެއްފަހެއް ނުވެ އެކަމެއް ވާނެކަން ގަބޫލުކުރަންޖެހޭ ކަމަށެވެ.

އެމްއެންޑީއެންގެ އެ ރިޕޯޓާއި ގުޅިންގެ ޕީޕީއެމާއި ޕީއެންސީ ގެންދަނީ ޕީޕީއެމް އޮފީސް ކުރިމަތީ މުޒާހަރާ ކުރަމުންނެވެ. އަދި ބައެއް ރަށްރަށުގައި ވެސް އެއްވުންތައް ބާއްވަމުން ދެއެވެ.

އެއްވުންތަކާއި ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ވަނީ ގާނޫނާ ހިލާފަށް އެއްވުންތައް ބާއްވަން ފުރުސަތު ނުދޭނެ ކަމަށެވެ.

ފުލުހުން ބުނީ، ފަހަކަށް އައިސް ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް ބައެއް ފަރާތްތަކުން އެއްވުން އިންތިޒާމްކޮށް ކުރިއަށް ގެންދިއުމާއި އެފަދަ ބައެއް އެއްވުންތަކުގައި ގާނޫނާ ހިލާފު އަމަލުތައް ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އަބްދުއްރަހީމަކީ، މިނިދިޔަ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު އެންމެ ނުފޫޒުގަދަ އެއް ފަރާތެވެ. ޕީޕީއެމްގެ ނައިބު ރައީސްގެ ގޮތުގައި އަދި ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ އިސް މެމްބަރެއްގެ ގޮތުގައި އުޅުއްވި ދުވަސްވަރު، "ކޮހިނޫރު" އަނގޮޓި އަޅުއްވާ، އަގުބޮޑެތި ފްލެޓާއި މުދާ، ބައްލައިގެން ކަމުގެ ތުހުމަތު ކުރެވޭ ފަރާތެކެވެ.

ރައީސް ޔާމީންގެ ސަރުކާރުން ވަނީ މިހާތަނަށް ދިވެހި ދައުލަތުގައި ހިންގި އެންމެބޮޑު ހިޔާނާތް ހިންގާފަ އެވެ. ހަމަ އެކަނި އެމްއެމްޕީއާރުސީގެ ހިނާޔާތުގެ ތެރެއިން އެކަނިވެސް 3.3 ބިލިއަން ރުފިޔާގެ ހިޔާނާތް ހިންގާފައިވާ ކަމުގެ ތުހުމަތުތަކެއް ވަނީ ކުރެވިފަ އެވެ.

މީގެއިތުރުން، ކޮރަޕްޝަނާއި ވައްކަމަކީ އިންސާނާގެ ތޮބީއަތުގައި ހުންނަ ކަމެއްކަމަށް ދޭހަވާ ގޮތަށް ރައީސް ޔާމީން ވަހަކަ ދެއްކެވިއިރު، ހަލާލު ނޫން ފައިސާ (އެމްއެމްޕީއާރުސީގެ ފައިސާ) އެމަނިކުފާނުގެ އަމިއްލަ ގެ ކޮޅަށް ވެދަފައިވާ ކަމަށް އަމިއްލަފުޅަށް ވަނީ އިއުތިރާފު ވެވަޑައިގަންނަވާފަ އެވެ. އޭރު އަދުރޭއަކީ ރައީސް ޔާމީންގެ އެންމެ އަރިސް އެއްބޭފުޅާ އެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

ކުރިއަށް އޮތް އިންތިޚާބުގައި ސަރުކާރަކަށް މެޖޯރިޓީއެއް ނުނެގޭނެ: އެމްޔޫއޯ

20 ފެބުރުއަރީ 2017
ކުރިއަށް އޮތް އިންތިޚާބުގައި ސަރުކާރަކަށް މެޖޯރިޓީއެއް ނުނެގޭނެ: އެމްޔޫއޯ
12 ފެބުރުއަރީ 2017

ޗެއާޕާސަން އިންތިހާބުން ޕާޓީއަށް ތަރުހީބް އޮތްކަން ހާމަވޭ: އެމްޑީޕީ

12 ފެބުރުއަރީ 2017
ޗެއާޕާސަން އިންތިހާބުން ޕާޓީއަށް ތަރުހީބް އޮތްކަން ހާމަވޭ: އެމްޑީޕީ
12 ފެބުރުއަރީ 2017

އާސަހަރާއެއް ނުފުރޭ، ކުރިއަށް އޮތް ދެ އަހަރުވެސް މީހުން ވަޅުލެވޭނެ: މާލޭ ސިޓީ ކައުންސިލް

12 ފެބުރުއަރީ 2017
އާސަހަރާއެއް ނުފުރޭ، ކުރިއަށް އޮތް ދެ އަހަރުވެސް މީހުން ވަޅުލެވޭނެ: މާލޭ ސިޓީ ކައުންސިލް
01 ފެބުރުއަރީ 2017

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް
31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް