Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހޯމް މިނިސްޓަރ

ގައުމުގެ ކުރިމަގު ހެޔޮގޮތުގައި ބައްޓަންކުރުމަށް ރަނގަޅު ޖީލެއް ތަރުބިއްޔަތު ކުރުން މުހިއްމު: ހޯމް މިނިސްޓަރު

27 ވަނަ ޕްރޮގްރާމްގައި ކުޑަ ކުދިންނާ ގުޅުން ހުރި ގިނަ މުއައްސަސާ ތަކުން ބައިވެރިވި

މުހައްމަދު މުސްތަފާ
މުހައްމަދު މުސްތަފާ, ރާއްޖެ އެމްވީ | 24 އޮކްޓޯބަރު 2019 | ބުރާސްފަތި 14:42
ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގެ 27 ވަނަ ޕްރޮގްރާމް ނިންމުމަށް ބޭއްވި ހަފްލާ

ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގެ 27 ވަނަ ޕްރޮގްރާމް ނިންމުމަށް ބޭއްވި ހަފްލާ

ގައުމުގެ ކުރިމަގު ހެޔޮގޮތުގައި ބައްޓަން ކުރުމަށް ބޮޑެތި ވަމުން އަންނަ ޖީލު ހޮޔޮގޮތުގައި ތަރުބިއްޔަތުކުރުން ވަރަށް މުހިއްމު ކަމަށް މިނިސްޓަރ އޮފް ހޯމްއެފެއާރޒް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ކުދަ ކުދިންގެ އަދުލުގެ ނިޒާމާ ގުޅޭގޮތުން ހޭލުންތެރިކުރުމަށް ބޭއްވި 27 ވަނަ މަސައްކަތު ބައްދަލުވުން ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ޤައުމުގެ އުފާ ފާގަތިކަން ދެމިއޮންނާނީ ކުޑަކުދިންނާއި ޒުވާނުންގެ ޢިލްމީ ޤާބިލުކަމާއި، ހުނަރުވެރިކަމާއި ފަންނުވެރިކަން އިތުރުކުރުމަށް ސީދާ މުޖުތަމަޢަށް އަމާޒުކޮށްގެން ޙަރަކާތްތަކެއް ހިންގިގެންކަމަށެވެ.

Advertisement - newsAdvertisement

އިމްރާން އިތުރަށް ވިދާޅުވީ، ކުށަށް އަރައިގަންނަ ކުޑަކުދިންގެ ނިސްބަތް ރާއްޖޭގައިވެސް ކަންބޮޑުވާ ދަރަޖައަކަށް އިތުރުވެފައިވާކަމަށާއި މިޙާލަތު ރަނގަޅުކުރުމަށް ސަރުކާރުގެ އަމާޒުތަކަކާއި ސިޔާސަތުތަކެއް ކަނޑައެޅިފައިވާކަމަށާ، ނަމަވެސް އެކަންކަން ތަންފީޒުކުރެވޭނީ އެންމެން ގުޅިގެންކުރެވޭ މަސައްކަތުގެ ނަތީޖާއިންކަމަށެވެއަދި ޢާއިލާއެއްގެ މުއްސަނދިކަން ނުވަތަ ފަޤީރުކަމަކީ އެ އާއިލާގެ ފަރާތުން ކުއްޖާއަށް ދެވޭ ލޯތްބާއި އަޅާލުމަށް އަސަރުކޮށްގެންވާނެކަމެއް ނޫންކަމަށްވެސް މިނިސްޓަރ ޢިމްރާން ވިދާޅުވިއެވެ.

އެ ތަމްރީން ޕްރޮގްރާމާއި ބެހޭގޮތުން ވާހަކަ ދައްކަމުން ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ އެގްޒެކެޓިވް ޑިރެކްޓަރ ޙާމިދު ޔޫސުފް ވިދާޅުވީ، މިޕްރޮގްރާމުގައި ކުޑަކުދިންގެ ޢަދުލުގެ ނިޒާމާ ބެހޭގޮތުންނާއި ކުށުގެ ވެށިން ގެނެވޭ ކުދިންނާމެދު މުޢާމަލާތުކުރާނެ ގޮތް ބައިވެރިންނަށް ކިޔާދީފައިވާނެކަމަށެވެ.

އަދި މައިގަނޑު ގޮތެއްގައި ކުޑަކުދިންގެ އަދުލުގެ ނިޒާމާގުޅޭގޮތުން ހެދިފައިވާ ޤާނޫނުތަކާއި، ކުށުގެ ވެށިން ގެނެވޭ ކުދިންނާ މުޢާމަލާތުކުރާނެ ގޮތާއި، ކަމާގުޅޭ މުއައްސަސާތަކުން މަސައްކަތް ކުރަމުންދާގޮތާއި ގުޅޭގޮތުން ވާނީ މަޢުލޫމާތުދީފައިވާނެ ކަމަށް ވެސް ހާމިދުގެ ވާހަކަގައި ފާހަގަކުރެއްވިއެވެ.

27 ވަނަ ތަމްރީން ޕްރޮގްރާމްގައި ބައިވެރިވި ފަރާތްތަކަށް ވަނީ ސެޓްފިކޭޓް ހަވާލުކޮށްފައެވެ.

ދެހާސް އެގާރަވަނަ އަހަރުން ފެށިގެން މިހާތަނަށް އެ ތަމްރީން ޕްރޮގްރާމް މެދުވެރިކޮށް 700 އަށް ވުރެއް ގިނަ ފަރާތް ކުޑަކުދިންގެ އަދުލުގެ ނިޒާމަށް ހޭލުންތެރި ކޮށްފައިވާއިރު މިފަހަރު ބޭއްވުނު 27 ވަނަ ތަމްރީން ޕްރޮގްރާމްގައި ފުލުހުންނާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި ޑްރަގް ކޯޓާއި ނެޝެނަލް ޑްރަގް އެޖެންސީއާއި ޖުވެނައިލް ކޯޓާއި ޖުވެނައިލް ޖަސްޓިސް ޔުނިޓާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިތުރުން 3 ސްކޫލެއް ހިމެނޭހެން ޖުމްލަ 31 ފަރާތަކުން ބައިވެރިވެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު

ދުޅަހެޔޮ ސިއްހަތެއްގެ ވާހަކަ ދެއްކުމުގެ ބަދަލުގައި، ޓެކްސް ނަގަން ބޭނުންވަނިއްޔޭ ބުނިއްޔާ މާރަނގަޅުވާނެ: ފައްޔާޒު

14 ފެބުރުއަރީ 2017
ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

12 ފެބުރުއަރީ 2017
ވިޔަފާރިކުރުމަށް އެންމެ ފަސޭހަ 50 ގައުމުގެ ލިސްޓުގައި ރާއްޖެ ހިމެނުމުގެ މަސައްކަތް ކުރަނީ

ވިޔަފާރިކުރުމަށް އެންމެ ފަސޭހަ 50 ގައުމުގެ ލިސްޓުގައި ރާއްޖެ ހިމެނުމުގެ މަސައްކަތް ކުރަނީ

07 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު