Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގުޅީފަޅު ބިން ހިއްކުން

ބޮސްކާލިސްއަށް މަޝްރޫއު ދިނުމުގައި އެއްވެސް މައްސަލައެއް ނެތް: މިނިސްޓަރ އަމީރު

މަޝްރޫއުގެ ލޯން ލިބުނީ ޑަޗް ބޭންކަކުން އަދި އެބޭންކުން ޝަރުތުކުރަނީ އެގައުމުގެ ކުންފުންޏަކަށް މަޝްރޫއު ދިނުމަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 24 އޮކްޓޯބަރު 2019 | ބުރާސްފަތި 13:36
ބޮސްކާލިސްއަށް ގުޅިފަޅު ހިއްކުމުގެ މަޝްރޫއު ދިނުމުގެ މައްސަލައިގައި ފިނޭންސް މިނިސްޓްރީއާއި ޕްލޭނިންގ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ބޮސްކާލިސްއަށް ގުޅިފަޅު ހިއްކުމުގެ މަޝްރޫއު ދިނުމުގެ މައްސަލައިގައި ފިނޭންސް މިނިސްޓްރީއާއި ޕްލޭނިންގ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

35 މިލިއަން ޑޮލަރަށް މާލޭގެ ކޮމާޝަލް ހާބަރު ބަދަލުކުރުމަށް ގުޅީފަޅުން ބިން ހިއްކުމަށް ބޮސްކާލިސްއަށް މަޝްރޫއު ބިޑް ކުރުމެއް ނެތި ހަވާލުކުރުމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ބިޑްކުރުމެއް ނެތި ބޮސްކާލިސް އަށް ބިން ހިއްކުމަށް މަޝްރޫއު ހަވާލުކުރުމާއި ގުޅިގެން ބައެއް ފަރާތްތަކުން އެކަމަށް ފާޑު ވިދާޅުވެ މަޖިލީހާއި އެންޓި ކޮރަޕްޝަން ކޮމިޝަނުން އެކަމުގެ ތެރެއަށް ވަދެފައިވަނިކޮށް ފިނޭންސް މިނިސްޓްރީއާއި ޕްލޭނިނިންގ މިނިސްޓްރީން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވީ އެ މަޝްރޫއު ހަވާލު ކުރި ނަމަވެސް އެ މުއާމަލާތުގައި އެއްވެސް ވަރަކަށް ކޮރަޕްޝަނެއް ނޯންނާނެ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ގުޅިފަޅު ބިން ހިއްކުމުގެ މަޝްރޫއަކީ ޑަޗް އައިއެންޖީ ބޭންކުން ލޯނު ނަގައިގެން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށާއި، އެ ބޭންކުން ލޯނުދޭއިރު، އެގައުމުގެ ކުންފުންޏެއް ލައްވާ އެ މަސައްކަތް ކުރުމަށް ޝަރުތުކުރާ ކަމަށެވެ. މީގެ އިތުރުން ދުނިޔޭގެ ހުރިހާ ގައުމުތަކުގައި ވެސް ބިޑު ކުރުމަކާ ނުލައި އަންސޮލިސިޓެޑް ޕްރޮޖެކްޓުތައް ސަރުކާރުތަކުން ކުރިޔަށް ގެންދާ ކަމަށެވެ. މެނިފެސްޓޯގައި ހިމެނޭ ކަންކަމުގެ އިތުރުން ބޭރުގެ އިންވެސްޓަރުން ރާއްޖޭގައި ހިންގަން ބޭނުންވާ މަޝްރޫއުތައް ނަމަ އެ ފުރުސަތު އޮންނަ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ބިޑްކުރުމެއް ނެތި މިހާތަނަށް ހަވާލުކޮށްފައިވާނީ ގުޅިފަޅު ހިއްކުމުގެ މަޝްރޫއު ކަމަށެވެ. އަދި އެކަން ކޮށްފައިވަނީ ރަނގަޅަށް ބެލުމަށްފަހު އިވެލިއުއޭޓް ކުރުމަށްފަހުގައި ކަމަށެވެ.

މީގެއިތުރުން ބޮސްކާލިސްއަށް އެ މަޝްރޫއުދިނުމުގެ ކުރިން އިކޮނޮމިކް ކައުންސިލް އިން ދިރާސާ ކުރިއިރު އެމްޓީސީސީއަށްވުރެވެސް އަގު ހެޔޮކޮށް އަދި އަވަހަށް އެ މަޝްރޫއު ނިންމަން ހުށަހަޅާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ނެދަލެންޑްސްގެ ބޮސްކާލިސްއާ ހަވާލުކޮށްފައި ވަނީ ގުޅިފަޅުން 6 މިލިއަން ކިއުބިކް މީޓަރުގެ ބިން ހިއްކުމަށެވެ. އަދި 53 މިލިއަން ޑޮލަރަށް އެ މަޝްރޫއު ހަވާލުކޮށްފައި ވަނީ 180 ދުވަސް ތެރޭގައި ހިއްކުމަށެވެ. މީގެ އިތުރުން އިތުރު ހަ މަސްދުވަސް ބިންގަނޑު ހަމަޖެއްސުމާއި ޕައިލް ކުރުމަށް ދިނުމަށްފަހު އަންނަ އަހަރުގެ މެއި މަހުގެ ތެރޭގައި ޕޯޓް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ފައްޓަވާނެކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2017

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017
މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ
27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
24 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް

24 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު