Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އޭސީސީ

ބިޑަކާއި ނުލާ ބޮސްކާލިސްއަށް ދިން މަޝްރޫއުގެ ތެރެއަށް އޭސީސީން ވަދެއްޖެ

ބިޑްކުރުމަކާއި ނުލައި ދައުލަތުގެ މަޝްރޫއުތައް ހަވާލުކުރުމަކީ އެކަމުގެ ސަބަބުން ކޮރަޕްޝަނަށް މަގުފަހިވާކަމެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 24 އޮކްޓޯބަރު 2019 | ބުރާސްފަތި 07:55
އެންޓިކޮރަޕްޝަން ކޮމިޝަންގެ މެންބަރުން

އެންޓިކޮރަޕްޝަން ކޮމިޝަންގެ މެންބަރުން

ބިޑްކުރުމެއްނެތި ގުޅީފަޅުގެ ބިން ހިއްކުމަށް ބޮސްކާލިސް ކުންފުންޏާއި ހަވާލުކުރި މައްސަލައިގެ ތެރެއަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަދެއްޖެއެވެ.

މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ވެސް ވަނީ ހުށަހަޅާފައެވެ. މާލިއްޔަތު ކޮމެޓީގެ ބުދަ ދުވަހުގެ ބައްދަލުވުމަށް އެމައްސަލަ ހުށަހެޅުއްވީ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާއެވެ.

Advertisement - newsAdvertisement

އޭސީސީން މި މައްސަލައިގެ ތެރެއަށް ވަދެ މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ބިޑްކުރުމަކާއި ނުލައި ދައުލަތުގެ މަޝްރޫއުތައް އެކި ފަރާތްތަކަށް ހަވާލުކުރުމަކީ، އެކަމުގެ ސަބަބުން ކޮރަޕްޝަނަށް މަގުފަހިވާ އަދި ދައުލަތުގެ މާލިއްޔާއަށް އިންތިހާއަށް ގެއްލުންވުމުގެ އިހްތިމާލް އޮތްކަމެއް ކަމަށެވެ. އަދި މިކަމަކީ ދައުލަތުގެ މާލިއްޔަތު ގާނޫނާއި ގަވާއިދުގެ ރޫހާ ހިލާފަށްކުރާ ކޮރަޕްޝަންގެ ހިރާސް އޮތްކަމަކަށް ވާތީ އެކޮމިޝަނުން ކަންބޮޑުވާ ކަމަށެވެ.

ދައުލަތުގެ ޕްރޮކިއުމެންޓް ކަންކަން ކުރިއަށް ގެންދިއުމުގައި ދެފުށްފެންނަ ހާމަކަން ބޮޑު އަދި ވާދަވެރި ބީލަމެއްގެ ތެރެއިން ދައުލަތުގެ ޕްރޮކިއުމެންޓް އުސޫލުތަކާ އެއްގޮތަށް ކުރިއަށްގެންދިއުމަށް އޭސީސީން ވަނީ އިލްތިމާސްކޮށްފައެވެ.

ޕްލޭނިންގ މިނިސްޓްރީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މާލޭގެ ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމުގެގޮތުން ކޮމާރޝަލް ޕޯޓު ގުޅީފަޅަށް ބަދަލުކުރުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން، އެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގައި ހިއްކުމަށް ހަމެޖެހިފައިވާ 06 މިލިއަން ކިއުބިކް މީޓަރުގެ ބިން ހިއްކުމަށާއި، 4 ކިލޯ މީޓަރުފެ ތޮއްޓެއް ގާއިމުކުރުމުގެ މަސައްކަތް ކޮންޓްރެކްޓް އުސޫލުން މިމަހުގެ 17 ވަނަ ދުވަހު ބޮސްކާލިސް ވެސްމިންސްޓަރ ކޮންޓްރެކްޓިންގް ލިމިޓެޑާއި ހަވާލުކޮށް މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާކަމަށެވެ.

180 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް ބޮސްކާލިސް ކުންފުންޏާއި މަސައްކަތް ޙަވާލުކުރުމުން، މާލޭގެ އިންޓީރިއަރ ބަދަލުކޮށް މާލެ ތޮއްޖެހުމުގެ މައްސަލަ ޙައްލުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙުގެ ވައުދުފުޅާއި އެއްގޮތަށް، މާލެ ހިތް ފަސޭހަ ތަނަކަށް ހެދުމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ބޮސްކާލިސް ވެސްމިންސްޓަރ ކޮންޓްރެކްޓިންގް ކުންފުނިން މީގެ ކުރިންވެސް ރާއްޖޭގައި ކާމިޔާބުކަމާއެކު ބިން ހިއްކުމުގެ މަޝްރޫއުތައް ކުރިޔަށް ގެންގޮސްފައިވާއިރު، އެ ކުންފުނިން ވަނީ 2007 އިން 2015 އާއި ދެމެދު ރާއްޖޭގެ މީހުން ދިރިއުޅޭ 10 ރަށެއްގައި ޖުމްލަ 198 ހެކްޓަރުގެ ބިން ހިއްކާފައެވެ.

ގުޅީފަޅުގެ ބިން ހިއްކުމުގެ މަޝްރޫޢޫ ބޮސްކާލިސް ވެސްމިންސްޓަރ ކޮންޓްރެކްޓިންގް ލިމިޓެޑާއި ހަވާލުކުރީ 53 މިލިއަން ޑޮލަރަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ވެތިވެދިޔަ އަހަރު ޘާނަވީ އިމްތިހާނުން  %79 ކުދިން ވަނީ ފާސްވެފައި

ވެތިވެދިޔަ އަހަރު ޘާނަވީ އިމްތިހާނުން %79 ކުދިން ވަނީ ފާސްވެފައި

23 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު