Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖުމްހޫރީ ޕާޓީ

ޖޭޕީގެ އެސްޖީގެ މަގާމަށް އަލީ އާރިފް ހަމަޖައްސައިފި

24 އޮކްޓޯބަރު 2019 | ބުރާސްފަތި 07:52

އަލީ އާރިފަކީ ނިމިދިޔަ 18 ވަނަ މަޖިލީހުގެ ކެލާ ދާއިރާގެ ކުރީގެ މެމްބަރު

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 24 އޮކްޓޯބަރު 2019 | ބުރާސްފަތި 07:52
ޖޭޕީގެ އެސްޖީގެ މަގާމުގެ ލިޔުން ލީޑަރު ގާސިމް އަލީ އާރިފްއާ ހަވާލުކޮށް ދެއްވަނީ--

ޖޭޕީގެ އެސްޖީގެ މަގާމުގެ ލިޔުން ލީޑަރު ގާސިމް އަލީ އާރިފްއާ ހަވާލުކޮށް ދެއްވަނީ--

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ސެކްރަޓަރީ ޖެނެރަލް (އެސްޖީ)ގެ މަގާމަށް ކެލާ ދާއިރާގެ ކުރީގެ މެމްބަރު އަދި އިދިކޮޅު ޕީޕީއެމްގެ ކުރީގެ ސްޕޯކްސްޕާސަން އަލީ އާރިފް ހަމަޖައްސަވައިފި އެވެ.

ޖުމްހޫރީ ޕާޓީގެ އެސްޖީގެ މަގާމަށް އަލީ އާރިފް ހަމަޖެއްސުމަށްފަހު، މަގާމުގެ ލިޔުން ހަވާލުކޮށްދެއްވާފައިވަނީ، ޖުމްހޫރީ ޕާޓީގެ ލީޑަރު، މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހީމް އެވެ.

Advertisement - newsAdvertisement

ކުރިން އެމަގާމުގައި ހުންނެވި ހުސައިން ރަޝީދު ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. އޭނާ އިސްތިއުފާ ދެއްވީ، ޑަބްލިއު އެޗްއޯގެ ރީޖަނަލް އެޑްވައިޒަރުގެ މަގާމު ލިބިވަޑައިގަތުމުންނެވެ. ހުސައިން ރަޝީދަކީ ހެލްތުގެ ދާއިރާގައި ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ތައުލީމީ ބޭފުޅެކެވެ. އޭނާ ވަނީ ޖޭޕީގެ އެސްޖީގެ މަގާމުގައި 9 މަސް ދުވަސް ހޭދަ ކުރައްވާފަ އެވެ.

އިދިކޮޅު ޕީޕީއެމްގެ ލީޑަރޝިޕްގެ ގިނަ ބޭފުޅުންނާއި އާންމު ގިނަ މެމްބަރުން ދަނީ ޖޭޕީއާ ގުޅެމުންނެވެ. އެގޮތުން ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގައި ހިމެނުނު، އަދި މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން ފެއިލްވި ގިނަ ބޭފުޅުން ހިމެނެއެވެ. އޭގެތެރޭގައި، އަލީ އާރިފްގެ އިތުރުން، ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނަކީ 19 ވަނަ މަޖިލިސް އިންތިހާބުގައި ވާދަކޮށް، ބޮޑުތަކުން ފެއިލްވެފައިވާ ބޭފުޅުންނެވެ.

ޕީޕީއެމްގެ ކުރީގެ މެމްބަރުން ޖޭޕީއާ ގުޅެމުންދާތީ، ޖޭޕީ ލީޑަރޝިޕްގައި ހިމެނޭ ބައެއް ބޭފުޅުންނާއި އާންމު ބައެއް މެމްބަރުން ގެންދަނީ ނުރުހުން ފާޅުކުރަމުން ނެވެ.

ޖޭޕީގެ ރައީސް، އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ޖޭޕީގެ އެއްވެސް ހަރަކާތެއްގައި ބައިވެރިވެވަޑައި ނުގަންނަވާތާ އެއްތައްދުވަހެއް ވެއްޖެ އެވެ. އަލީ ވަހީދު ވަނީ 19 ވަނަ މަޖިލީހުގެ އިންތިހާބުގައި ޖޭޕީން ޕީޕީއެމާއެކު ކޯލިޝަން ހެދުމުން އެކަމާ ނުރުހުން ފާޅު ކުރައްވާފަ އެވެ.

ގާސިމް ގެންދަވަނީ ސަރުކާރު ކޯލިޝަނުގައި ހުންނަވައިގެން، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ޕާޓީއަށް މެމްބަރުން އިތުރު ކުރުންފަދަ ހަރަކާތްތައް ހިންގަމުން ނެވެ.

ސަރުކާރަށް ޖެއްސުން ކުރުމުގެ މަސައްކަތްތަކެއް ނިމިދިޔަ 18 ވަނަ މަޖިލިސް ނިމެމުންދަނިކޮށް، މަޖިލީހުގެ ތެރެއިން ކުރަމުން ގެންދެވި އެވެ. ނަމަވެސް 19 ވަނަ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ކޯލިޝަންގެ މައިޕާޓީ އެމްޑީޕީން ސުޕަރ މެޖޯރިޓީ ހޯދުމާއެކު، މަޖިލީހުގެ ތެރެއިން ޖުމްހޫރީ ޕާޓީއާއެކު އިދިކޮޅު ފަރާތްތަކުން ކުރަމުންދިޔަ ޖެއްސުންކުރުންތައް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

ހެލްތު މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ޒަހީން

13 ފެބުރުއަރީ 2017
ހެލްތު މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމަށް ޒަހީން
06 ފެބުރުއަރީ 2017

އީއައިއޭ ހެދުމަކާ ނުލައި އަލީ މައުރޫފް ކުޑަފަރީގައި ތޮއްޓެއް ލަނީ!

06 ފެބުރުއަރީ 2017
އީއައިއޭ ހެދުމަކާ ނުލައި އަލީ މައުރޫފް ކުޑަފަރީގައި ތޮއްޓެއް ލަނީ!
04 ފެބުރުއަރީ 2017

ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި

04 ފެބުރުއަރީ 2017
ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި
30 ޖެނުއަރީ 2017

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު
30 ޖެނުއަރީ 2017

މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

30 ޖެނުއަރީ 2017
މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު
22 ޖެނުއަރީ 2017

ފިލްމް އެސޯސިއޭޝަންގެ ވައިސް ޗެއަރޕާސަންގެ މަގާމަށް މުއާ!

22 ޖެނުއަރީ 2017
ފިލްމް އެސޯސިއޭޝަންގެ ވައިސް ޗެއަރޕާސަންގެ މަގާމަށް މުއާ!
20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް