Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނައިފަރު ހައުސިންގ ޔުނިޓް

ނައިފަރު ހައުސިންގ ޔުނިޓްގެ އެއްބަސްވުން އުވާލާ އަލުން ބިޑަށް ލާން ލަފާދީފި

22 އޮކްޓޯބަރު 2019 | އަންގާރަ 08:48

ހައުސިންގ އެއްބަސްވުމަކީ ޣައިރު ގާނޫނީ ގޮތަކަށް އަމަލުކުރަންޖެހޭ އެއްބަސްވުމެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 22 އޮކްޓޯބަރު 2019 | އަންގާރަ 08:48
ޅ. ނައިފަރު - އެ ރަށުގައި އިމާރާތްކުރަން ނިންމި 100 ހައުސިން ޔުނިޓްގެ އެއްބަަސްވުން ވަނީ ބާތިލްކޮށްފައި

ޅ. ނައިފަރު - އެ ރަށުގައި އިމާރާތްކުރަން ނިންމި 100 ހައުސިން ޔުނިޓްގެ އެއްބަަސްވުން ވަނީ ބާތިލްކޮށްފައި

ޅ. ނައިފަރުގައި 100 ހައުސިންގ ޔުނިޓް އެޅުމަށްޓަކައި ޑަބްލިއު އެންޑް އޭ އޯވަރސީސް ޕްރައިވެޓް ލިމިޓެޑާއެކު ސޮއިކޮށްފައިވާ އެއްބަސްވުން ބާޠިލުކޮށް މަޝްރޫއުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށްޓަކައި އަލުން ބީލަމަށް ހުޅުވާލުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ލަފާ ދީފިއެވެ.

އަންގާރަ ދުވަހު އޭޖީ އޮފީހުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ޅ. ނައިފަރުގައި 100 ހައުސިންގ ޔުނިޓް އެޅުމަށްޓަކައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓާއި ޑަބްލިއު އެންޑް އޭ އޯވަރސީސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމަކީ ޣައިރު ގާނޫނީ ގޮތަކަށް އަމަލުކުރަންޖެހޭ އެއްބަސްވުމެއްކަމަށްވާތީ، އެއްބަސްވުން ނިމުމަކަށް ގެނެސް، މަޝްރޫޢުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށްޓަކައި އަލުން ބީލަމަށް ހުޅުވާލުމަށް ލަފާ ދީފައިވާ ކަމަށެވެ. އަދި ނައިފަރުގައި 100 ހައުސިންގ ޔުނިޓް އެޅުމުގެ މަޝްރޫއު ހަވާލުކޮށްފައިވާ ޑަބްލިއު އެންޑް އޭ އޯވަރސީސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ކޮންޓްރެކްޓަރުންގެ ރަޖިސްޓްރީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ބާތިލުކުރުމާ ގުޅިގެން އެ މަޝްރޫއާމެދު އަމަލުކުރާނެ ގޮތުގެ ލަފަޔަކަށްއެދި، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން އޭޖީގައި އެދިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން މި މަޝްރޫޢަކީ 7 މެއި 2019 ގައި ބީލަމުގެ އުސޫލުން އިއުލާނުކޮށްގެން ކުރިއަށް ގެންގޮސްފައިވާ މަޝްރޫއެއް ކަމަށްވާއިރު، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ޝަރުތެއްގެ ގޮތުން މަސައްކަތަށް ކުރިމަތިލާ ކޮންޓްރެކްޓަރަކީ "ނެޝަނަލް ކޮންޓްރެކްޓަރުންގެ ރަޖިސްޓްރީ" ގައި ރަޖިސްޓްރީވެފައިވާ ފަރާތަކަށްވާންޖެހޭނެ ކަމަށް ބިޑް ޑޮކިއުމަންޓުގައި ބަޔާންކޮށްފައިވާ ކަމަށެވެ. ނަމަވެސް މި މަސައްކަތަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ބީލަން ކާމިޔާބުކޮށް، 10 ޖުލައި 2019 ގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ޑަބްލިއު އެންޑް އޭ އޯވަރސީސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ކޮންޓްރެކްޓަރުންގެ ރަޖިސްޓްރީ، 20 އޮގަސްޓް 2019 ގައި މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ބާތިލުކޮށްފައިވާ ކަމަށާއި، އެ މިނިސްޓްރީގެ ފަރާތުން ކުންފުނީގެ ރަޖިސްޓްރީ ބާތލުކުރައްވާފައިވަނީ އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ރަޖިސްޓްރީވުމަށްޓަކައި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅާފައިނުވާތީ ކަމަށެވެ.

އެ ކުންފުނި ރަޖިސްޓްރީކުރެވިފައިވަނީވެސް އެ ލިޔެކިޔުންތައް ފުރިހަމަވެފައިނެތީސް ކަމަށް މިނިސްޓްރީން މައުލޫމާތު ދީފައިވާކަމަށް އޭޖީ އޮފީހުގެ ބަޔާނުގައި ބުނެފައިވެއެވެ.

އޭޖީގެ ނިންމުމުގައި ވަނީ ޑަބްލިއު އެންޑް އޭ އޯވަރސީސް ޕްރައިވެޓް ލިމިޓެޑަކީ މަސައްކަތަށް ބީލަން ހުށަހެޅިއިރުވެސް ބީލަމުގެ ޝަރުތު ފުރިހަމަވެފައިވާ ކުންފުންޏެއްކަމަށް ނޫންކަން ފާހަގަކޮށް، 20 އޮގަސްޓް 2019 ގައި ކުންފުންޏަށް ދޫކޮށްފައިވާ ކޮންޓްރެކްޓަރުންގެ ރަޖިސްޓްރީ ބާތިލުކުރުމުގެ ސަބަބުން އެ ކުންފުންޏަކީ އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ކުރުމުގެ ގަވާއިދުގެ ދަށުން ދިވެހިރާއްޖޭގައި އިމާރާތް ކުރުމުގެ އެއްވެސް މަސައްކަތެއް ކުރުމުގެ ހުއްދަ އޮތް ފަރާތެއް ކަމަށްނުވާކަމަށް ފާހަގަކޮށްފައެވެ. މި މަޝްރޫއާ ގުޅޭގޮތުން ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމަކީ ޣައިރު ގާނޫނީ ގޮތަކަށް އަމަލުކުރަންޖެހޭ އެއްބަސްވުމެއް ކަމުން، ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ކަނޑައަޅާފައިވާ ބީލަމުގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އަލުން ބީލަމަށް ހުޅުވާލައިގެން މަޝްރޫއު ކުރިއަށް ގެންދާނެ ފަރާތެއް އައްޔަނުކުރުމަށް ފެންނަ ކަމަށް ހައުސިން މިނިސްޓްރީއަށް އޭޖީން ވަނީ ލަފާ ދީފައެވެ.

އެންމެ ހިނގާ

1

ރަސްމާލެ އެއްބަސްވުމުގައި ސޮއިކޮށްފިނަމަ އިސްތިއުފާ ދެއްވާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެއްޖެ

2

ލިމިޓް ހަމަވީ ކަމަށް ބުނެ އާސަންދަ ކަނޑާލުމުން މަންމަގެ ރުއިމާއި އާދޭސް: "އަފްރާހުގެ ފުރާނައަށް ލިމިޓެއް އޮވޭތަ؟"

3

އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިންގ މިނިސްޓަރު ޝާހިދު ހައްޔަރުކޮށްފި

4

"ނިއުކްލިއަރ ހަމަލާއަކާއެކު ތިންވަނަ ބޮޑުހަނގުރާމަ ފެށޭނެ": އީރާނަށް ހަމަލާދޭން އިސްރާއީލުން ބާރުއަޅާ ކަމަށް ބުނެ ކާލްސަންގެ އިންޒާރު

5

އެމެރިކާއިން އީރާނަށް ހަމަލާ ދޭން ފަށައިފި، އެންމެ ފަހުގެ އުދުވާންތައް އަމާޒުކުރީ ޤެޝްމް ޖަޒީރާއަށް

އިތުރަށް ކިޔާލަން

14 ޖޫން 2017

އަހަަރަކު 19000 ޔުނިޓްގެ ލޭ ރާއްޖޭގައި ބޭނުން ކުރޭ: ހެލްތް މިނިސްޓްރީ

14 ޖޫން 2017
އަހަަރަކު 19000 ޔުނިޓްގެ ލޭ ރާއްޖޭގައި ބޭނުން ކުރޭ: ހެލްތް މިނިސްޓްރީ
10 ޖޫން 2017

ހައުސިންގް މިނިސްޓްރީގެ އެދުމަށް ފުލުހުން ގޮސް ޗިލެކްސް ކެފޭ ބަންދުކޮށްފި

10 ޖޫން 2017
ހައުސިންގް މިނިސްޓްރީގެ އެދުމަށް ފުލުހުން ގޮސް ޗިލެކްސް ކެފޭ ބަންދުކޮށްފި
17 މެއި 2017

ރައީސް ނަޝީދުގެ އުފަންދުވަސް ފާހަގަ ކުރުމަށް ނައިފަރުގައި އާއިލީ ހަވީރެއް ބާއްވައިފި

17 މެއި 2017
ރައީސް ނަޝީދުގެ އުފަންދުވަސް ފާހަގަ ކުރުމަށް ނައިފަރުގައި އާއިލީ ހަވީރެއް ބާއްވައިފި
25 އެޕްރީލު 2017

ފުލުހުންގެ ސީރިއަސް ކްރައިމް ޔުނިޓްގެ އިސް ދެ ވެރިޔަކު ކުއްލި ގޮތަކަށް އެހެން ޔުނިޓްތަކަށް ބަދަލުކޮށްފި

25 އެޕްރީލު 2017
ފުލުހުންގެ ސީރިއަސް ކްރައިމް ޔުނިޓްގެ އިސް ދެ ވެރިޔަކު ކުއްލި ގޮތަކަށް އެހެން ޔުނިޓްތަކަށް ބަދަލުކޮށްފި
19 އެޕްރީލު 2017

ނާދީ އާއި އޯޑިއޯން ބިމުގައި ފްލެޓް އަޅަން ޓާޓާއާ އެކު ވެފައިވާ އެއްބަސްވުން ބާތިލްކޮށްފި

19 އެޕްރީލު 2017
ނާދީ އާއި އޯޑިއޯން ބިމުގައި ފްލެޓް އަޅަން ޓާޓާއާ އެކު ވެފައިވާ އެއްބަސްވުން ބާތިލްކޮށްފި
29 މާރިޗު 2017

ނައިފަރުގައި ހުޅުވި "އަބުރު ފަންޑު" ފޮއްޓަށް 10،000 ރުފިޔާ ލިބިއްޖެ

29 މާރިޗު 2017
ނައިފަރުގައި ހުޅުވި "އަބުރު ފަންޑު" ފޮއްޓަށް 10،000 ރުފިޔާ ލިބިއްޖެ
25 މާރިޗު 2017

ރާއްޖެ ޓީވީއަށް އެހީވުމަށް ޅ. ނައިފަރުގައި "އަބުރު ފަންޑު" ހުޅުވައިފި

25 މާރިޗު 2017
ރާއްޖެ ޓީވީއަށް އެހީވުމަށް ޅ. ނައިފަރުގައި "އަބުރު ފަންޑު" ހުޅުވައިފި
19 ފެބުރުއަރީ 2017

ގދ މާވަރުލު އެއާޕޯޓް ހެދުމުގެ އެއްބަސްވުން ބާތިލް ކުރީ ރަނގަޅަށް: ސިވިލް ކޯޓް

19 ފެބުރުއަރީ 2017
ގދ މާވަރުލު އެއާޕޯޓް ހެދުމުގެ އެއްބަސްވުން ބާތިލް ކުރީ ރަނގަޅަށް: ސިވިލް ކޯޓް
08 ފެބުރުއަރީ 2017

ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ ދުވަހެއް ނޭނގޭ: ކަރެކްޝަނަލް ސާވިސް

08 ފެބުރުއަރީ 2017
ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ ދުވަހެއް ނޭނގޭ: ކަރެކްޝަނަލް ސާވިސް
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް