Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހައުސިންގް މިނިސްޓްރީ

ހައުސިންގް މިނިސްޓްރީގެ އެދުމަށް ފުލުހުން ގޮސް ޗިލެކްސް ކެފޭ ބަންދުކޮށްފި

ކެފޭ ބަންދުކުރީ ގާނޫނީ މައްސަލަތަކެއް ހުރުމުން

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 10 ޖޫން 2017 | ހޮނިހިރު 23:22
ހާބަރު ސަރަހައްދުގެ ކެފޭތަށް ވެސް ވަނީ ހައުސިންގް މިނިސްޓްރީ ބަންދުކޮށްފައި

ހާބަރު ސަރަހައްދުގެ ކެފޭތަށް ވެސް ވަނީ ހައުސިންގް މިނިސްޓްރީ ބަންދުކޮށްފައި

ކާނިވަލްގައި ހިންގާ ޗިލެކްސް ކެފޭ ބަންދުކޮށްފިއެވެ.

ފުލުހުން ބުނީ އެ ކެފޭ ބަންދު ކުރީ ހައުސިން މިނިސްޓްރީން އެތަން ހުސްކުރަން މަސައްކަތް ކުރާތީ އެމިނިސްޓްރީގެ އެދުމަކަށް ކަމަށެވެ. ފުލުހުން އެ ކެފޭ ބަންދުކޮށް އާންމުންނަން ނުވަދެވޭ ގޮތަށް ޓޭޕް ދަމާފައި ވަނީ ހޮނިހިރު ދުވަހު ހަވީރުގެ ވަގުތެއްގައެވެ.

ޗިލެކްސް ކެފޭން ބުނީ ހައުސިން މިނިސްޓްރީއާއި އެކު އެތަން ހިންގުމަށް އެގްރިމެންޓެއް ހެދިފައިވާއިރު، އެ އެގްރިމެންޓްގައި ބަޔާން ކޮށްފައިވާ ކަމެއް މެދުވެރި ނުވަނީސް އެތަން ބަންދު ނުކުރެވޭނެ ކަމަށެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޗިލެކްސް ބަންދުކޮށްފައި ވަނީ އެކެފޭ ކުރިން ހިންގި ފަރާތުން ހައުސިންގް މިނިސްޓްރީއާއި ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާ ކުރި މައްސަލާއިގައި އެކެފޭގެ ހިންގުން އަލުން ހަވާލުކުރުމަށް މައްސަލަ ނިންމުމުންނެވެ. އެހެންނަމަވެސް މިކަމާއި ގުޅިގެން ހައުސިންގް މިނިސްޓްރީގެ ރަސްމީ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ހައުސިންގް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކެފޭ ބަންދުކުރީ ގަނޫނީ މައްސަލަތަކެއް ހުރުމުން، ކެފޭ ހިންގާ ސަރަހައްދު ތަރައްޤީ ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާތީއެވެ.

ޗިލެކްސް ކެފޭ ވަށައިގެން ޓޭޕްދަމައި، މިހާރު އެކެފޭއަށް ނުވަދެވޭ ގޮތަށް ވަނީ ބަންދުކޮށްފައެވެ.

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
16 ޖެނުއަރީ 2017

ޑައިވިނަށް ގޮސް އުޅުނު ފަތުރުވެރިއަކު ނިޔާވެއްޖެ

16 ޖެނުއަރީ 2017
ޑައިވިނަށް ގޮސް އުޅުނު ފަތުރުވެރިއަކު ނިޔާވެއްޖެ
15 ޖެނުއަރީ 2017

ފިނޭންސް މިނިސްޓްރީގެ 20 މުވައްޒަފަކަށް ނޯޓިސް ދީފި

15 ޖެނުއަރީ 2017
ފިނޭންސް މިނިސްޓްރީގެ 20 މުވައްޒަފަކަށް ނޯޓިސް ދީފި
14 ޖެނުއަރީ 2017

ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

14 ޖެނުއަރީ 2017
ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި
13 ޖެނުއަރީ 2017

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

13 ޖެނުއަރީ 2017
އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު