Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމީޑިއާ

މީޑިއާ ކައުންސިލާއި ބްރޯޑްކޮމް އެއްކޮށްލުމުގެ މަސައްކަތް މަޖިލީހުން ފަށައިފި

20 އޮކްޓޯބަރު 2019 | އާދީއްތަ 18:39

މީޑީއާ ކައުންސިލުން ބޭނުންވަނީ މީޑިއާ ކޮމިޝަނުގައި 9 މެމްބަރުން ހިމަނަން، އެއީ މީޑީއާތަކާއި އާއްމު މެމްބަރުން ހިމެނޭގޮތަށް

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 20 އޮކްޓޯބަރު 2019 | އާދީއްތަ 18:39
މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީގެ ކުޑަ ކޮމެޓީން މީޑިއާ ކޮމިޝަންގެ ބިލް ދިރާސާކުރުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން: މި ބައްދަލުވުމުގައި ބްރޯޑްކޮމްއާއި މީޑިއާ ކައުންސިލް މެމްބަރުން ހިމެ

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އެއްކޮށްލުމަށްފަހު، މީޑިއާ ކޮމިޝަނެއް އުފެއްދުމަށް ރައްޔިތުންގެ މަޖިލީހުން ފަށައިފި އެވެ.

އެމްއެމްސީއާއި ބްރޯޑްކޮމް އެއްކޮށްލުމަށްފަހު، މީޑިއާ ކޮމިޝަނެއް އުފެއްދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅާފައިވާ މީޑިއާ ކޮމިޝަންގެ ބިލާ ގުޅިގެން މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން މަސައްކަތް ފަށާފައިވާއިރު، އާދިއްތަ ދުވަހުގެ ރޭ ވަނީ އެކޮމިޓީން އެ ބިލް ދިރާސާ ކުރުމަށް ހޮއްވަވާފައިވާ ކުޑަކޮމެޓީގެ ބައްދަލުވުމެއް ބާއްވާފަ އެވެ.

Advertisement - newsAdvertisement

އެ ކޮމެޓީން އާއްދިއްތަ ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގައި މީޑިއާ ކައުންސިލްގެ މެމްބަރުންނާއި ބޮރޯޑް ކޮމްގައި މިހާރު ތިއްބެވި މެމްބަރުންނާ ވަނީ ބައްދަލުކުރައްވާ މަޝްވަރާ ކުރައްވާފަ އެވެ.

މީޑިއާ ކައުންސިލާއި ބްރޯޑްކޮމްގެ މެމްބަރުންގެ މައިގަނޑު ވިސްނުން ހުރި، އެދެ މުއައްސަސާ އެއްކޮލުމަށްފަހު، މީޑިއާ ކޮމިޝަނެއް އުފެއްދި ނަމަވެސް އެކޮމިޝަނަކީ މިނިވަން މުސްތަޤިއްލު ކޮމިޝަނެއްގެ ގޮތުގައި ބޭއްވުމަށެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ކުރެވޭ ކޮމިޝަނެއްގެ ގޮތުގައި ހެދުމަށެވެ.

މީޑިއާ ކައުންސިލްގެ މައިގަނޑު ވިސްނުންހުރީ، މީޑިއާ ކައުންސިލްގެ ޤާނޫނު އަސްލަކަށް ބަލައި، އަދި ބްރޯޑްކާސްޓިން ދާއިރާގެ ކަންކަން ބްރޯޑްކޮމްގެ ގާނޫނުގައިވާ ކަންކަން ހިމަނައިގެން، އެކޮމިޝަނުގައި ނުވަ މެމްބަރުން ހިމެނުމަށެވެ. ނަމަވެސް ބްރޯޑްކޮމްގެ މެމްބަރުންގެ ވިސްނުންހުރީ އެކޮމިޝަންގެ މެމްބަރުންގެ އަދަދު ކަމަށްވާ ހަތް މެމްބަރުން އަދަދު ހަމަ އެގޮތުގައި ބޭއްވުން ރަނގަޅު ކަމަށެވެ.

މީޑިއާ ކައުންސިލުން ވަކާލާތު ކޮށްފައިވަނީ އެ ކައުންސިލް އުފެދިފައިވާ ގޮތަށް މީޑިއާގެ ތެރެއިން ވަކިވަރަކަށް މެމްބަރުން ތިބުމާއި އާއްމުންގެ ތެރެއިންވެސް މީޑީއާގެ ތަޖުރިބާހުރި ފަރާތްތައް ހިމެނޭގޮތަށް ކޮމިޝަން އުފެއްދުމަށެވެ.

ނަމަވެސް ކޮމެޓީގެ ވިސްނުންހުރީ، މީޑިއާ ކޮމިޝަނުގެ މެމްބަރުންގެ އަދަދު ތިން މެމްބަރުންނަށް ހެދުމަށެވެ. ނުވަތަ ފުލްޓައިމް ދެ މެމްބަރުން ތިއްބެވުމަށްފަހު، "ސިޓިން އެލަވަންސް" ލިބޭގޮތަށް އިތުރު މެމްބަރުން ހިމަނައިގެން ކޮމިޝަން އުފެއްދުމަށެވެ. ކޮމެޓީގެ ވިސްނުން އެގޮތަށް ހުރީ، އެކޮމެޓީން މީގެ ކުރިން ބްރޯޑްކޮމްއާއެކު ބޭއްވި ބައްދަލުވުންތަކާއި، އެކޮމިޝަނުން ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، އެކޮމިޝަނުގައި މާބޮޑު މަސައްކަތްތަކެއް ކުރަންއޮތް، ނުވަތަ ކުރާ ކޮމިޝަނެއްގެ ގޮތުގައި ފާހަގަ ކުރެވިފައި ނުވާތީ އެވެ.

މީީޑިއާ ކައުންސިލުން ބުނީ މީޑިއާ ކޮމިޝަނުގެ މައިގަނޑު އަމާޒަކަށްވާންޖެހޭނީ، މީޑިއާތަކަށް ރެގިއުލޭޓްކޮށް، މީޑިއާ ކުރިއަރުވަން މަސައްކަތްކުރާ ކޮމިޝަނެއްގެ ގޮތުގަ ކަމަށެވެ. މިހާރު އޮތް ބްރޯޑްކޮމް ހިނގާގޮތަށް، މީޑީއާތަކާމެދު ހަރުކަށި ފިޔަވަޅުއަޅާ، ބޮޑެތި ޖޫރިމަނާތައް ކުރާ ކޮމިޝަނެއްގެ ގޮތުގައި މީޑިއާ ކޮމިޝަން ވެއްޖެނަމަ މީޑިއާތައް އިނދަޖެހި، މީޑިއާއަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެދާނެ ކަމަށް މީޑިއާ ކައުންސިލުން ބުނެއެވެ.

މީޑިއާ ކައުންސިލުން ބުނީ މީޑިއާތަކުގެ ސުލޫކީ މިންގަނޑެއް އެކުލަވާލައި، ވީހާވެސް ލިޔުންތެރިކަން ނުވަތަ މީޑީއާ ކުރިއަރާނެ ގޮތަކަށް ކަންކަން ބައްޓަން ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

އެ ކޮމެޓީން ވަނީ މީޑިއާތަކުގެ އިސްވެރިންނާ ބައްދަލުކުރުމަށް ވެސް ނިންމާފަ އެވެ. އަދި ކޮމެޓީގެ މެމްބަރުން ވިދާޅުވީ މީޑިއާ ކޮމިޝަންގެ ބިލް ނިމޭއިރު، މީޑީއާތަކުގެ ބޭފުޅުން ހިތްހަމަޖެހޭފަދަ ހެޔޮ ބަދަލުތަކެއް ފެންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް