Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލ. އަތޮޅުގެ 4 ރަށެއްގައި މޯބައިލް ލެބޯޓަރީގެ ހިދުމ

ލ. އަތޮޅުގެ 4 ރަށެއްގައި މޯބައިލް ލެބޯރެޓަރީގެ ހިދުމަތް ދޭން ފަށައިފި

މޯބައިލް ލެބޯޓަރީގެ ހިދުމަތް ފަށާފައިވަނީ ލ. ކުނަހަންދޫ، ލ. ދަނބިދޫ، ލ. މުންޑޫ އަދި ލ. މާމެންދޫގައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 20 އޮކްޓޯބަރު 2019 | އާދީއްތަ 14:47
ލ. އަތޮޅުގެ 4 ރަށެއްގައި މޯބައިލް ލެބޯޓަރީ ހިދުމަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން

ލ. އަތޮޅުގެ 4 ރަށެއްގައި މޯބައިލް ލެބޯޓަރީ ހިދުމަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން

ލ. އަތޮޅުގެ 4 ރަށެއްގައި މޯބައިލް ލެބޯރެޓަރީގެ ޚިދުމަތް ދޭން ފަށައިފިއެވެ.

އަލަށް ދޭން ފެށި މޯބައިލް ލެބޯރެޓަރީ ޚިދުމަތުގެ ދަށުން އެ މަސައްކަތް ފަށާފައިވަނީ ލ. ކުނަހަންދޫ، ލ. ދަނބިދޫ، ލ. މުންޑޫ އަދި ލ. މާމެންދޫގައެވެ. މި ޚިދުމަތް މި ހަތަރު ރަށުގައި ފަށާފައިވަނީ އާދީއްތަ ދުވަހު ލ. ކުނަހަންދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީނެވެ. އެގޮތުން މި ޚިދުމަތް ފެށްޓުމަށް ބޭނުންވާ ހުރިހާ ވަޞީލަތްތައްވަނީ އެރަށްރަށުގައި ޤާއިމުކުރެވި، ލެބޯރެޓަރީ ސާމްޕަލް އެންމެ ކައިރީގައި ހުންނަ ލެބޯރެޓަރީއަކަށް ގެންދެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

Advertisement - newsAdvertisement

މޮބައިލް ލެބޯޓަރީގެ ހިދުމަތް އިފްތިތާހުކޮށްދެއްވާ ވާހަކަދައްކަވަމުން ހެލްތް މިނިސްޓަރ އަބްދުއްﷲ އަމީން ވިދާޅުވީ ރާއްޖޭގައި ލެބޯޓަރީގެ ހިދުމަތް ލިބެނީ 90 ރަށުގައި ކަމަށާއި، މި ޚިދުމަތަކީ އަސާސި ޚިދުމަތެއްގެ ގޮތުން ލިބެންޖެހޭ ޚިދުމަތެއްކަމަށެވެ. އަދި އާދީއްތަ ދުވަހު ފެށުނު މި ހިދުމަތާއެކު ގައިންގަޔަށް ނާރަ ބަލިތަކުގެ ސަބަބުން މަރުވާ މީހުންގެ މިންވަރު ދަށްކުރުމުގައި އެހީތެރިވެދީ ބަލިތަކުގެ އަލާމަތްތައް ކުރިއާލާ ދެނެގަނެވި ބަލި މަދުކުރުމަށް ބާރަކަށް ވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މޮބައިލް ލެބޯޓަރީގެ ހިދުމަތް ދިނުމަށް ލެބޯޓަރީ ނެތް ރަށްރަށުން ލޭގެ ސާމްޕަލާއި ޔުރިން ސާމްޕަލް ނަގައިގެން ގެންދަނީ އެންމެ ކައިރީގައި ހުންނަ ލެބޯޓަރީއަކަށެވެ. އަދި އެކަން ކުރުމަށް އެއްބަސްވުންތަކެއްގައި ވެސް ވަނީ ސޮއިކޮށްފައެވެ. އެގޮތުން ލ.މުންޑޫއާއި ދަނބިދޫން ޓެސްޓް ހެދުމަށްޓަކައި ސާމްޕަލް ގެންދިއުމަށް ހަމަޖެހިފައިވަނީ ލ.މާބައިދޫ ސިއްޙީ މަރިކަޒުގައި ހުންނަ ލޭބޯޓްރީއަށެވެ. އަދި ލ.ކުނަހަންދުއާއި މާމެންދުއިން ސާމްޕަލް ނަގައި ޓެސްޓް ހެދުމަށް ގެންދާނީ ލ.ހިތަދޫ ހޮސްޕިޓަލަށެވެ.

މޮބައިލް ލެބޯޓަރީގެ ހިދުމަތް ފެށުމުގެ ގޮތުން ކުނަހަންދޫ ސިއްހީ މަރުކަޒުން ވަނީ މީހެއްގެ ގައިން ފުރަތަމަ ފަހަރަށް ސާމްޕަލް ނަގާފައެވެ. ސަންޕަލް އެއްރަށުން އަނެއް ރަށަށް ގެންދަނީ ކަނޑައެޅޭ ޚާއްސަ ޝަރުތުތަކެއް ހުންނަ ކޫލް ބޮކްސްއެއްގައެވެ. އަދި ޓެސްޓްގެ ނަތީޖާ ރިޕޯޓް 1 ދުވަހުގެ ތެރޭގައި އަމިއްލަ ރަށުގެ ސިއްޙީ މަރުކަޒަށް މެއިލްއެއްގެ ޒަރިއްޔާއިން ލިބޭނެ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

މި ޚިދުމަތުގެ ދަށުން ލެބޯރެޓަރީ ނުހުންނަ ރަށްރަށުން، ހަކުރު، ކޮލެސްޓްރޯލް، ކުޑަކަމުދާ ނިޒާމް ފަދަ އާދައިގެ ޓެސްޓްތައް ރަށުގައި ހުރެގެން ހެދޭނެކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

ލ. އަތޮޅުގައި ލެބޯރެޓަރީގެ ޚިދްމަތް ހޯދާ މީހުންގެ ރިކޯޑަށް ބަލާއިރު ދުވާލަކަށް 150 މީހުން ލ. ގަމު ރީޖަނަލް ހޮސްޕިޓަލުން ލެބޯޓްރީގެ ޚިދުމަތް ހޯދައެވެ. އަދި ލ. އަތޮޅުގެ ލެބޯރެޓަރީ ހުންނަ ރަށްތަކުން ދުވާލެއްގެ މައްޗަށް 12 މީހުން ޚިދުމަތް ހޯދާފައިވެއެވެ. މިގޮތުން ލ.ދަނބިދޫ އަކީ ގާތްގަނޑަކަށް 1057 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. މިރަށުގެ ރައްޔިތުން ލެބޯޓްރީގެ ޚިދުމަތް ހޯދުމަށްޓަކައި މީގެ ކުރިން މާބައިދޫއަށް ދިއުމަށް 20 މިނެޓު ހޭދަވާއިރު ލޯންޗެއްގައި ދަތުރުކޮށްދޭ އަގަކީ ގާތްގަނޑަކަށް 800 ރުފިޔާއެވެ.

އަދި ލ. މުންޑޫގައި 308 މީހުންގެ އާބާދީއެއް އެއް އޮންނަ އިރު ލެބޯރެޓަރީގެ ޚިދުމަތް ހޯދުމަށް މާބައިދޫއަށް ދިއުމަށް 05 މިނެޓު ހޭދަވާއިރު ލޯންޗެއްގައި ދަތުރުކޮށްދޭ އަގަކީ ގާތްގަނޑަކަށް 400 ރުފިޔާއެވެ. މީގެއިތުރުން ލ. މާމެންދޫގައި 1332 މީހުންގެ އާބާދީއެއް އެއް އޮންނަ އިރު ލެބޯޓަރީގެ ޚިދުމަތް ހޯދުމަށް ލ. ހިތަދޫއަށް ދިއުމަށް 05 މިނެޓު ހޭދަވާއިރު ލޯންޗެއްގައި ދަތުރުކޮށްދޭ އަގަކީ ގާތްގަނޑަކަށް 300 ރުފިޔާއެވެ. އަދި ލ. ކުނަހަންދޫގައި 887 މީހުންގެ އާބާދީއެއް އޮންނަ އިރު ލ. ހިތަދޫއަށް ލެބޯޓްރީގެ ޚިދުމަތްހޯދުމަށް ދިއުމަށް 10 މިނެޓު ހޭދަވާއިރު ލޯންޗެއްގައި ދަތުރުކޮށްދޭ އަގަކީ ގާތްގަނޑަކަށް 500 ރުފިޔާއެވެ.

އެހެންކަމުން ލ. އަތޮޅުގެ ލެބޯރެޓަރީ ނުހުންނަ ރަށްރަށުގައި ސާމްޕަލް ނަގައި ކައިރި ރަށްރަށުގެ ލެބޯޓްރީތަކަށް ސާމްޕަލް ފޮނުވޭނެ އިންތިޒާމް ހަމަޖެހިގެންދިއުމަކީ އެ ރަށްރަށުގެ ބަލިމީހުންނަށް ވެގެންދާނެ ވަރަށް ބޮޑު ލުއި ފަސޭހައެކެވެ. މީގެ އިތުރުން ގައިންގަޔަށް ނާރާ ބަލިތަށް ދުރާލާ ދެނެގަނެ، ރަށުގައި ހުރެގެން ޤަވާއިދުން ލެބޯޓްރީ ޓެސްޓުތައް ހެދޭނެގޮތް މެދުވެރިވެފައި އޮތުމަކީ މި ރަށްރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑު ލުއިފަސޭހައަކަށް ވެގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި މި ހަތަރު ރަށުން ސާންޕަލް ޓްރާންސްފަރ ކުރުމުގެ އިންތިޒާމް ހަމަޖެހިގެން ދިއުމުން ހައްދުންމަތީގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް އެރަށެއްގައި ތިބެގެން ލެބޯޓަރީގެ ތަހްލީލުތައް ކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއް އެއް ނެޓްވޯކަކުން ގުޅާލަނީ

ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއް އެއް ނެޓްވޯކަކުން ގުޅާލަނީ

20 ފެބުރުއަރީ 2017
ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި

ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި

20 ފެބުރުއަރީ 2017
މާލެ އާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި

މާލެ އާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި

11 ފެބުރުއަރީ 2017
ގދ. އަތޮޅުގެ 27 ރަށެއް ވަރުވާއަށް ދޫކުރުމަށް ފިޝަރީސް މިނިސްޓްރީން ހުޅުވާލައިފި

ގދ. އަތޮޅުގެ 27 ރަށެއް ވަރުވާއަށް ދޫކުރުމަށް ފިޝަރީސް މިނިސްޓްރީން ހުޅުވާލައިފި

09 ފެބުރުއަރީ 2017
ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި

ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި

29 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު