Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޯލްޑިވްސް މެޑިކަލް އެކްސްޕޯ

މޯލްޑިވްސް މެޑިކަލް އެކްސްޕޯއަށް އާންމުންގެ ތަރުހީބު ބޮޑު: އެމްވީ މެޑިކަލްސް

އެކްސްޕޯ ކުރިއަށްދާނީ ކޮންމެ ދުވަހެއްގެ ހަވީރު 4 އަކުން ރޭގަނޑު 11 އަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 19 އޮކްޓޯބަރު 2019 | ހޮނިހިރު 13:20
އެކްސްޕޯގެ ތެރެއިން

އެކްސްޕޯގެ ތެރެއިން

މޯލްޑިވްސް މެޑިކަލް އެންޑް ހެލްތު އެކްސްޕޯއަށް ޢާންމުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އެމްވީ މެޑިކަލްސްގެ ޑިރެކްޓަރ މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް އަބްދުލް ޖަލީލް ހުސައިން ވިދާޅުވެއްޖެއެވެ.

އެކްސްޕޯއާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޖަލީލް ވިދާޅުވީ މި އެކްސްޕޯއަށް ހީކުރި ވަރަށް ވުރެ ބޮޑު ތަރުހީބެއް ލިބޭކަމަށެވެ. އެގޮތުން މިހާތަނަށް އައިރިއު 800 އަށް ވުރެ ގިނަ މީހުން އެކްސްޕޯއަށް ޒިޔާރަތްކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ. މިފަދަ އެކްސްޕޯއެއްގެ ސަބަބުން ޞިއްޙީ ޚިދްމަތްދޭ ތަންތަނުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ މައުލޫމާތު ރައްޔިތުންނަށް ލިބި ޚިދްމަތް ލިބިގަތުމުގައި ލުއި ފަސޭހެވެގެންދާނެކަމަށް ޖަލީލު ވިދާޅުވިއެވެ.

Advertisement - newsAdvertisement

މޯލްޑިވްސް މެޑިކަލް އެންޑް ހެލްތު އެކްސްޕޯ ދަރުބާރުގޭގައި ކުރިއަށްދާނީ ކޮންމެ ދުވަހަކު ހަވީރު 4 އަކުން ރޭގަނޑު 11 އަށެވެ. އަދި އެކްސްޕޯ ކުރިއަށްދާނީ މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ.

މޯލްޑިވްސް މެޑިކަލް އެންޑް ހެލްތު އެކްސްޕޯގައި ޞިއްޙީ ޚިދްމަތް ދެމުން އަންނަ 18 ތަނަކުން މި ފަހަރު ބައިވެރިވިއެވެ.

އެކްސްޕޯގައި ބައިވެރިިވި ފަރާތްތަކުން ބުނީ މިއީ ވަރަށް މުހިންމު އެކްސްޕޯއެއް ކަމަށާއި އެކްސްޕޯގެ ތެރެއިން އެ ތަންތަނުން ފޯރުކޮށްދޭ ޚިދުމަތްތަކާއި ބެހޭ ތަފުޞީލީ މަޢުލޫމާތެއް ލިބިގެންދާނެ ކަމަށެވެ.

މިއީ އެމްވީ މެޑިކަލްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ސިއްޙީ ދާއިރައާގުޅޭ އެންމެ ބޮޑު ހެލްތު އެގްޒިބިޝަނެވެ. މިއީ މި އެކްސްޕޯ ބާއްވާ 3 ވަނަ ފަހަރެވެ.

އިތުރަށް ކިޔާލަން

15 ޖޫން 2017

ބިދޭސީންގެ ވޯކް ވިޒާ މެޑިކަލް ހެއްދުމުގެ ހުއްދަ ހަމައެކަނި ހަތަރު ފަރާތަކަށް

15 ޖޫން 2017
ބިދޭސީންގެ ވޯކް ވިޒާ މެޑިކަލް ހެއްދުމުގެ ހުއްދަ ހަމައެކަނި ހަތަރު ފަރާތަކަށް
23 މެއި 2017

ހިޔާލުފާޅުކުރާ ފަރާތްތަކަށް އިންޒާރުދޭ މައްސަލަތައް ބެލެންޖެހޭ: ޓްރާންސްޕޭރެންސީ މޯލްޑިވްސް

23 މެއި 2017
ހިޔާލުފާޅުކުރާ ފަރާތްތަކަށް އިންޒާރުދޭ މައްސަލަތައް ބެލެންޖެހޭ: ޓްރާންސްޕޭރެންސީ މޯލްޑިވްސް
24 އެޕްރީލު 2017

ޖަޕާން ސަރުކާރުން ރާއްޖެއަށް 9.2 މިލިޔަން ރުފިޔާގެ މެޑިކަލް އިކުއިޕްމެންޓް ހަދިޔާކޮށްފި

24 އެޕްރީލު 2017
ޖަޕާން ސަރުކާރުން ރާއްޖެއަށް 9.2 މިލިޔަން ރުފިޔާގެ މެޑިކަލް އިކުއިޕްމެންޓް ހަދިޔާކޮށްފި
23 އެޕްރީލު 2017

ޔާމީނު ރަޝީދު މަރާލުމުގެ އަމަލަކީ ސީދާ މިނިވަން ހިޔާލާ ދެކޮޅަށްދިން ހަމަލާއެއް: ޓްރާންސްޕޭރެންސީ މޯލްޑިވްސް

23 އެޕްރީލު 2017
ޔާމީނު ރަޝީދު މަރާލުމުގެ އަމަލަކީ ސީދާ މިނިވަން ހިޔާލާ ދެކޮޅަށްދިން ހަމަލާއެއް: ޓްރާންސްޕޭރެންސީ މޯލްޑިވްސް
05 އެޕްރީލު 2017

އާންމުންގެ ފާޑުކިޔުމަކީ ހަގީގަތެއް ނޫން ކަމަށް މީރާއިން ބުނެފި

05 އެޕްރީލު 2017
އާންމުންގެ ފާޑުކިޔުމަކީ ހަގީގަތެއް ނޫން ކަމަށް މީރާއިން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު