Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރިލްވާންގެ މަރުގެ މައްސަލަ

ރިލްވާން ވަގަށް ނަގައި މަރާލުން : ގައުމީ ސަލާމަތާބެހޭ ކޮމެޓީ ސިއްރުކޮށްފި

މަރު މައްސަލަތައް ބަލާ ކޮމިޝަނުން ފުލުހުންގެ އިހުމާލު އޮތްކަން އެނގޭ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 14 އޮކްޓޯބަރު 2019 | ހޯމަ 06:12
މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން

މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން

ވަގަށް ނެގުމަށްފަހު، މަރާލާފައިވާ ނޫސްވެރިޔާ އަޙްމަދު ރިލްވާންގެ މަރުގެ މައްސަލައިގައި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެމްބަރުންނާއެކު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމެޓީން ބާއްވާ ހޯމަ ދުވަހުގެ ބައްދަލުވުން ސިއްރު ކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން އެންއައިސީގެ މެމްބަރުންނާ ބައްދަލުކުރަން ނިންމާފައިވަނީ ރިލްވާން ވަގަށް ނެގި މައްސަލާގައި ފުލުހުންގެ އިހުމާލެއް ނެތް ކަމަށް އެ ކޮމިޝަނުން ބުނެފައިވާތީ އެކަމުގެ ތަފްސީލު ހޯދުމަށެވެ. މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމެޓީ އެގޮތަށް ނިންމީ މިދިޔަ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު ބޭއްވި އެކޮމެޓީގެ ބައްދަލުވުމުގަ އެވެ.

Advertisement - newsAdvertisement

ރިލްވާނުގެ އާއިލާއިން 2014 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 29 ވަނަ ދުވަހު އެންއައިސީއަށް ހުށައެޅި މި މައްސަލައިގެ ޖަވާބު ދެމުން އެންއައިސީން ބުނެފައިވަނީ އެ މައްސަލަ ބަލައި ތަހުގީގުކުރުމުގައި ފުލުހުންގެ ފަރާތުން އެއްވެސް އިހުމާލެއް ވެފައިވާކަން އެނގޭނެ އެއްވެސް ހެއްކެއް އަދި ގަރީނާއެއް ކޮމިޝަނުގެ ތަހުގީގަށް މިހާތަނަށް އެނގިފައި ނުވާ ކަމަށެވެ.

އެންއައިސީއިން އެހެން ބުނެފައިވާއިރު މަރުތައް ބެލުމަށް ރައީސް އުފައްދަވާފައިވާ ކޮމިޓީން ތައްޔާރު ކުރި ޑްރާފްޓް ރިިޕޯޓްގައި ބުނެފައިވާ ގޮތުގައި ރިލްވާން މަރާލުމުން ފުލުހުންގެ އިންޓެލިޖެންސްގެ ދެ މީހަކު އިމިގްރޭޝަން ކޮންޓްރޯލަރ ހަސަން އަލީއާ ބައްދަލުކޮށް ރިލްވާންގެ ޕާސްޕޯޓްގެ ކޮޕީއެއް ހޯދުމަށް އެދުނު ކަމަށް ވަނީ ބުނެފައެވެ. ރިލްވާން ސީރިއާއަށް ގޮސް މަރުވެފައިވާކަން ދައްކަން ހަސަން އަލީގެ ކިބައިން އެދުނު ކަމަށާއި، ހަސަން އަލީ މިކަމާގުޅޭގޮތުން ތަހުގީގީ އިދާރާއަށް ބަޔާނެއް ދެއްވާފައި ވާކަމަށްވެސް ރިޕޯޓްގައި ބުނެފައިވެއެވެ. ޕާސްޕޯޓް ކޮޕީ ހޯއްދަވަން ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު މަސައްކަތް ކުރެއްވިކަން ހާމަވާ ކަމަށާއި ،އަދީބު އެމްއެންޑީއެފްގެ އިސް ފަރާތަކަށް ކޮޕީ ހޯދުމަށް އެދުނުކަން ތަހުގީގަށް އެނގިފައިވާ ކަމަށް ވެސް ރިޕޯޓްގައި ބުނެފައި ވެއެވެ.

ރިލްވާން ސީރިއާއަށް ދިޔަކަން އެދުވަސްވަރު ސަރުކާރަށް ތާއީދު ކުރާ ބައެއް ފަރާތްތަކުން ބުނަމުންވެސް ދިޔައެވެ. އަދި އޭރުގެ ސަރުކާރަށް ތާއީދުކުރާ އޮންލައިން ނޫހެއްގައި އެވާހަކަތައް އެގޮތަށް ފަތުރާފައިވެސް ވެއެވެ.

މީގެ އިތުރުން ރިލްވާން މަރާލުމުގެ ކުރިން ވެސް ފުލުހުން ފާރަލާފައިވާ ކަމަށާއި އެކަމަކީ ރިލްވާނަށް އައި އިންޒާރަކާއި ހެދިކަމަށް ފުލުހުން ބުނެފައިވާކަމަށާއި އެވާހަކައާއި ފުށު އެރުންތައް ހުރުމުން ފުލުހުން ދޭ ޖަވާބު ދިމާ ނުވާ ކަމަށް މަރުގެ މައްސަލަ ބެލުމަށް އެކުލަވާލި ކޮމިޓީގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވިއެވެ.

ސުއޫދު ވިދާޅުވީ ރިލްވާން މަރާލުމުގެ ކުރިން ޖޫން 24، 2014 ގައި ހުޅުމާލޭގައި މީހަކު ރަހީނު ކުރަން އުޅޭ ކަމަށާއި އެކަމަށް ޑިންގީއެއް ތައްޔާރު ކޮށްފައިވާކަމުގެ އިންޓެލް ރިޕޯޓެއް ފުލުހުންނަށް ކުރިން ލިބިފައި އޮތްކަމަށެވެ. އެކަން ފަހުން ބަދަލުކޮށްފައިވަނީ ފުލުހުންގެ ޕޮލިޓިކަލް ސެކްޝަނަށް ކަމަށެވެ. އެކަމުގައި ފުލުހުން ކޯޓަށް ހުށައެޅި ފޯމުގައި ބުނެފައިވަނީ ދައުލަތާއި ދެކޮޅު ހަރަކާތް ހިންގާތީ ފޯނުކޯލުތައް އަޑުއަހާލަން ފާރަލީ ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ސުއޫދު ވިދާޅުވެފައި ވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި

ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި

21 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު