Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސުނިލް ޝެޓީ

ރާއްޖޭގެ 'އެމްބެސަޑަރ އޮފް ވެލްނެސް'ގެ މަގާމަށް ސުނިލް ޝެޓީ ހަމަޖައްސައިފި

12 އޮކްޓޯބަރު 2019 | ހޮނިހިރު 13:40

ދިވެހިންގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމެއް ޕްރޮމޯޓް ކުރުމަށް 'މިޝަން ފިޓް މޯލްޑިވްސް' ކުރިޔަށް ގެންދާނެ

ލީވާން އަލީ
ލީވާން އަލީ | 12 އޮކްޓޯބަރު 2019 | ހޮނިހިރު 13:40
ސުނިލް ޝެޓީ

ސުނިލް ޝެޓީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ދުޅަހެޔޮ ހަށިހެޔޮ ސިޔާސަތުގެ ދަށުން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓްގެ ފަރާތުން ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ 'މިޝަން ފިޓް މޯލްޑިވްސް' ގައި 'އެމްބަސަޑަރ އޮފް ވެލްނެސް' ގެ މަގާމަށް ބޮލީވުޑްގެ މަޝްހޫރު ތަރި އަދި ފިޓްނެސް ގުރޫ ސުނިލް ޝެޓީ ހަމަޖައްސައިފިއެވެ.

ދިވެހިންގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމެއް ޕްރޮމޯޓް ކުރުމަށް ޔޫތު މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ރާއްޖެއަކީ ދުޅަހެޔޮ ހަށިހެޔޮ ރައްޔިތުން އުޅޭ ގައުމަކަށް ހެދުމަށް މިނިސްޓްރީން ވަނީ 'މިޝަން ފިޓް މޯލްޑިވްސް' ގެ ނަމުގައި ޚާއްސަ ކެމްޕޭނެއް ކުރިޔަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ.

ޔޫތު މިނިސްޓްރީން ބުނީ، މި ކެމްޕޭނަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަކީ ވެސް ދުޅަހެޔޮ ހަށިހެޔޮ ދިރިއުޅުމެއް އުޅޭ ރައްޔިތުންތަކެއް ހެދުމަށް ކުރިޔަށް ގެންދާ ކެމްޕޭނެއް ކަމަށާއި، ރާއްޖޭއަކީ ދުނިޔޭގެ އެންމެ ދުޅަހެޔޮ ރައްޔިތުން އުޅޭ ގައުމުތަކުގެ ތެރޭގައި ހިމެނުމަށް ރާއްޖޭގެ ފިޓްނެސް އިންޑަސްޓްރީގައި މަސައްކަތްކުރާ ބޭފުޅުންނާއެކު މި ކެމްޕޭނުގެ 'އެމްބެސެޑަރ އޮފް ވެލްނެސް' ސުނިލް ޝެޓީ އަދި އޭނާގެ ޓީމު ހަރަކާތްތެރިވާނެ ކަމަށެވެ.

މިދިޔަ 30 އަހަރުގެ ތެރޭގައި ބޮލީވުޑްގެ އެތައް ކާމިޔާބު ފިލްމެއްގައި އެކްޓަރެއްގެ ގޮތުން ހަރަކާތްތެރިވެފައިވާ ސުނިލް ޝެޓީއަކީ މިވަގުތު އިންޑިއާގެ އެންމެ ބޮޑު އަދި ކާމިޔާބު ފިޓްނެސް ކެމްޕޭން ކަމަށްވާ 'މިޝަން ފިޓް އިންޑިއާ' ލީޑު ކުރައްވަމުން ގެންދަވާ މީހާއެވެ.

މި ކެމްޕޭން އިންޑިއާގައި ކުރިޔަށް ގެންދަނީ އެ ގައުމުގެ އެންމެ ބޮޑު އެއް މީޑިއާ ހައުސް ކަމަށްވާ ހިންދުސްތާން ޓައިމްސް ލިމިޓެޑާއި ގުޅިގެންނެވެ. އަދި މިދިޔަ 2018 ވަނަ އަހަރު ކުރިޔަށް ދިޔަ މި ކެމްޕޭންގެ ފުރަަތަމަ ސީޒަނުގައި 120 ދުވަހުގެ ފިޓްނެސް ފެސްޓިވަލް އިންޑިއާގެ 43 ސިޓީއެއްގައި ކުރިޔަށް ގެންގޮސްފައިވާއިރު މި ފެސްޓިވަލްގައި ގާތްގަނޑަކަށް 200 މިލިއަން މީހުން ބައިވެރިވެފައިވެއެވެ.

މި ކެމްޕޭންގެ 'އެމްބެސެޑަރ އޮފް ވެލްނެސް' ގެ މަގާމަށް ސުނިލް ހަމަޖެއްސުމަށް ނިންމުމާއި ގުޅިގެން އޭނާ ބުނީ، ރާއްޖެއަަކީ ދުޅަހެޔޮ ސިއްޚަތު ރަނގަޅު ރައްޔިތެއް އުޅޭ ގައުމަކަށް ހެދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ބައިވެރިވުމަށް އޭނާއަށް ފުރުސަތު ލިބިގެންދިޔުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

ސަރުކާރާއެކު ކުރާ މަސައްކަތުގައި އެންމެ މުހިންމު ކަމަކީ މުޖުތަމައުގައި ހުރި ސިއްޚީ ނުރަނގަޅު އާދަތައް ނައްތާލުމަށް އެހީތެރިވުން ކަމަށާއި، ފިޓްކޮށް ހުރުމަކީ ކޮންމެ ރައްޔިތަކަށް ވެސް ފަސޭހަކަމާއެކު ކުރެވޭނެ ކަމެއް ކަން އަންގަން ބޭނުންވާ ކަމަށްވެސް ސުނިލް ވަނީ ބުނެފައެވެ.

މީގެއިތުރުން ސުނިލް ބުނީ، ރާއްޖެއަކީ ދުޅަހެޔޮ ސިއްޚަތު ރަނގަޅު ރައްޔިތުން އުޅޭ ގައުމަކަށް ހެދުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ގެންގުޅުއްވާ ތަސައްވަރު ހަގީގަތަކަށް ހެދުމަށް މިނިސްޓަރ އަހްމަދު މަހްލޫފް އަދި މިނިސްޓަރގެ ޓީމާއެކު މަސައްކަތް ކުރުމަކީ ފަޚުރެއް ކަމަށް ދެކޭ ކަމަށެވެ.

މިނިސްޓަރ އަހްމަދު މަހްލޫފް ވިދާޅުވީ، ދުޅަހެޔޮ ހަށިހެޔޮ މުޖުތަމައުއެއް ބިނާކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ވައުދެއް ކަމަށާއި، އެ ވައުދު ފުއްދުމަށް މިހާރު ވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އެގޮތުން ރަށްރަށުގައި ސްޕޯޓްސް ކައުންސިލަރުން ގާއިމް ކުރުމާއި އައުޓްޑޯރ ޖިމް ބެހެއްޓުމުގެ މަސައްކަތް ބާރަށް ކުރިޔަށްދާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ހަމައެހެންމެ މި ކެމްޕޭންގައި 'އެމްބެސެޑަރ އޮފް ވެލްނެސް' ގެ ހައިސިއްޔަތުން ބައިވެރިވުމަށް ނިންމެވީތީ ސުނިލްއަށް މިނިސްޓަރ ޝުކުރު އަދާކުރެއްވިއިރު، ދުޅަހެޔޮ މުޖުތަމައުއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތުގައި ސުނިލް ބައިވެރިވުމަކީ އެކަމަށް ލިބިގެންދިޔަ އިތުރު ހިތްވަރެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

09 އެޕްރީލު 2017

ކްލަބް މޯލްޑިވްސް ކަޕް އޮފް ސީޒަނުގައި ބާއްވަން ހުށަހަޅާނަން: ބައްސާމް

09 އެޕްރީލު 2017
ކްލަބް މޯލްޑިވްސް ކަޕް އޮފް ސީޒަނުގައި ބާއްވަން ހުށަހަޅާނަން: ބައްސާމް
04 މާރިޗު 2017

ޔޫތު ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ސްކޮޑް ފައިނަލްކޮށްފި

04 މާރިޗު 2017
ޔޫތު ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ސްކޮޑް ފައިނަލްކޮށްފި
28 ފެބުރުއަރީ 2017

މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ

28 ފެބުރުއަރީ 2017
މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ
20 ފެބުރުއަރީ 2017

އިންޓަ ފެކަލްޓީ ވޮލީބޯޅަ މުބާރާތް: އަންހެން އަދި ފިރިހެން ބައި ވެސް ފެކަލްޓީ އޮފް އެޑިއުކޭޝަނަށް

20 ފެބުރުއަރީ 2017
އިންޓަ ފެކަލްޓީ ވޮލީބޯޅަ މުބާރާތް: އަންހެން އަދި ފިރިހެން ބައި ވެސް ފެކަލްޓީ އޮފް އެޑިއުކޭޝަނަށް
10 ފެބުރުއަރީ 2017

ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި

10 ފެބުރުއަރީ 2017
ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި
06 ފެބުރުއަރީ 2017

އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫން އިން ކާމިޔާބުކޮށްފި

06 ފެބުރުއަރީ 2017
އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫން އިން ކާމިޔާބުކޮށްފި
03 ފެބުރުއަރީ 2017

ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް

03 ފެބުރުއަރީ 2017
ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް
03 ފެބުރުއަރީ 2017

ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް

03 ފެބުރުއަރީ 2017
ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް
24 ޖެނުއަރީ 2017

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

24 ޖެނުއަރީ 2017
ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ
04 ޖެނުއަރީ 2017

ވިކްޓަރީގެ ޗެއާޕާސަންގެ މަގާމަށް ނަޒީމް އިންތިހާބުކޮށްފި

04 ޖެނުއަރީ 2017
ވިކްޓަރީގެ ޗެއާޕާސަންގެ މަގާމަށް ނަޒީމް  އިންތިހާބުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް