Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް އެމްއާރުއައިގެ

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް އެމްއާރުއައިގެ ޚިދުމަތާއެކު 30 އެނދު އިތުރުކުރަނީ

ބޮޑު ތިލަދުންމައްޗަށް ބޭނުންވާ އައުޓްރީޗް ޚިދުމަތް ޤާއިމު ކުރުމަށް އިތުރު ޑޮކްޓަރުން ގެންނަނީ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 12 އޮކްޓޯބަރު 2019 | ހޮނިހިރު 02:04
ހެލްތް މިނިސްޓަރު އަބްދުﷲ އަމީން

ހެލްތް މިނިސްޓަރު އަބްދުﷲ އަމީން

ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި އެމްއާރްއައި ގެ ޚިދުމަތް ތަޢާރަފުކޮށް، ހޮސްޕިޓަލަށް 30 އެނދު އިތުރު ކުރުމަށް ނިންމާފައިވާކަމަށް ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީން އިޢުލާން ކުރައްވައިފިއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ސީޓީ ސްކޭނާއި ކާޑިއެކް ސެންޓަރުގެ ޚިދުމަތް ދިނުން ރަސްމީކޮށް ފެށުމަށް ހުކުރު ދުވަހުގެ ރޭ ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެމްއާރްއައި ގެ ޚިދުމަތާއި، ހޮސްޕިޓަލަށް 30 އެނދު އިތުރު ކުރުމުގެ އިތުރުން ބޮޑު ތިލަދުންމައްޗަށް ބޭނުންވާ އައުޓްރީޗްގެ ހިދުމަތް ޤާއިމު ކުރުމަށް ބޭނުންވާ އިތުރު ޑޮކްޓަރުން ޚިދުމަތަށް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ހޮސްޕިޓަލުގެ މެނޭޖްމަންޓް ހަރުދަނާ ކުރެވިގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިހާރަކަށް އައިސް ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް ޖެހޭ މިންވަރު އިތުރުވަމުންދާ އިރު، ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި މަރުވާ މީހުންގެ ނިޞްބަތަށް ބަލާއިރު 84 ފަސެންޓް މީހުންނަކީ ގައިންގަޔަށް ނާރާ ބަލިތަކުގެ ސަބަބުން މަރުވާ މީހުން ކަމަށެވެ. އަދި އޭގެތެރެއިން 36 ޕަސެންޓް މީހުންނަކީ ހިތުގެބަލިތަކުގެ ސަބަބުން މަރުވާ މީހުން ކަމަށާއި، ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް އިތުރުވެފައިވާއިރު ރަށުންނާއި ބޮޑުތިލަދުންމަތިން ޓެސްޓުތައް ކުރެވެން ހުރުމަކީ މިފަދަ ބަލިތަކަށް ފަސޭހައިން ސްކްރީން ކުރެވި، އަވަހަށް ބަލި ދެނެގަތުމަށް މަގުފަހިވެގެންދާނެ ކަމެއްކަމަށެވެ.

މީގެ އިތުރުން އަވަހަށް ބަލި ދެނެގަނެވި ފަރުވާ ފެށިގެން ދިއުމަކީ، ޞިއްޙީ ދުޅަހެޔޮކަން އިތުރުވެގެންދާނެ ކަމެއް ކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ މިބަލިތަކުގައި މަރުވާ މީހުންނާއި، މިބަލިތަކުގެ ސަބަބުން ދިމާވާ ނުކުޅެދުންތެރިކަން މަދުވެގެންދާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ސިޓީ ސްކޭނާއި ކާޑިއެކްގެ ޚިދުމަތް ދިނުމުގެ ކުރިން އާންމު މީހާގެ އަތުން ބޮޑެތި ޚަރަދުތަކެއް ކުރަން ޖެހިފައިވާ ކަމަށެވެ. ނަމަވެސް އަލަށް ފެށި ޚިދުމަތްތަކާއެކު އެކަމަށް ޙައްލެއް ލިބުމުގެ އިތުރުން ބަލިތަކުގައި ރިފަރ ކުރެވޭ ބަލިމީހާއާއި އޭނާގެ އާއިލާގެ އަތުން އެތަކެއް ޚަރަދުތައް ވަރަށް ބޮޑަށް މަދުވެގެންދާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ޞިއްހީ ދާއިރާ ތަރައްޤީކޮށް ދެމެހެއްޓެނިވި ޚިދުމަތްތަކެއް ފޯރުކޮށް ދިނުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސިއްހީ ދާއިރާއަށް ވަރަށް ޚާއްސަ އަހަމިއްޔަތު ކަމެއް ދެއްވަމުން ގެންދަވާ ކަމަށެވެ.

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި މިވަގުތު 28 ޑޮކްޓަރުންނާއި 78 ނަރުހުން އަދި އެހެނިހެން 16 މެޑިކަލް ޕްރެކްޓިޝަނުންނާއި އެޑްމިނިސްޓްރޭޓިވް މުވައްޒަފުން އަދި ސަޕޯޓް ސްޓާފުންނާއެކު ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި މަސައްކަތް ކުރަމުންދެއެވެ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި މިހާރު އެވްރެޖްކޮށް ދުވާލަކު 305 މީހުން ޑޮކްޓަރަށް ދައްކާއިރު ހޮނިހިރު ދުވަސްތަކުގައި 650 މީހުން ޑޮކްޓަރަށް ދައްކާކަމަށް އެ ހޮސްޕިޓަލުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

އަދި ވޭތުވެދިޔަ އެއް އަހަރު ތެރޭގައި ސީޓީސްކޭނާއި ކާޑިއޯ ޓެސްޓް ހެދުމަށް އިމަޖެންސީކޮށް 74 ބަލިމީހުން ރެފަރ ކުރެވިފައިވާއިރު، ރިފަރ ކުރެވުނު ގިނަ މީހުންނަކީ ޗާޓަރ ފްލައިޓް ނުވަތަ ޝެޑިއުލްޑް ފްލައިޓްސް އިން ރެފަރ ކުރެވިފައިވާ ބަލިމީހުންނެވެ.

އިތުރަށް ކިޔާލަން

24 ޖުލައި 2017

މެންބަރު ފައިސަލް ނަސީމް އޭޑީކޭ ހޮސްޕިޓަލަށް ފަރުވާ ދިނުމަށް ގެންގޮސްފި

24 ޖުލައި 2017
މެންބަރު ފައިސަލް ނަސީމް އޭޑީކޭ ހޮސްޕިޓަލަށް ފަރުވާ ދިނުމަށް ގެންގޮސްފި
19 ޖުލައި 2017

ކުޅުދުއްފުށި ހޮސްޕިޓަލް ތަރައްގީ ކުރާ ކުންފުންޏަށް ދެ ފަޅުރަށް!

19 ޖުލައި 2017
ކުޅުދުއްފުށި ހޮސްޕިޓަލް ތަރައްގީ ކުރާ ކުންފުންޏަށް ދެ ފަޅުރަށް!
09 ޖުލައި 2017

ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ، ފިލަން ދަނިކޮށް އެކްސިޑެންޓްވެ ހޮސްޕިޓަލަށް!

09 ޖުލައި 2017
ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ، ފިލަން ދަނިކޮށް އެކްސިޑެންޓްވެ ހޮސްޕިޓަލަށް!
19 ޖޫން 2017

ޖުލައި 10 ވަނަ ދުވަހުން ފެށިގެން ހިންގާ ގޮތަށް ކުޅުދުއްފުށި ހޮސްޕިޓަލް 50 އަހަރަށް އިންޑިއާގެ ނިމްސްއާ ހަވާލުކޮށްފި

19 ޖޫން 2017
ޖުލައި 10 ވަނަ ދުވަހުން ފެށިގެން ހިންގާ ގޮތަށް ކުޅުދުއްފުށި ހޮސްޕިޓަލް 50 އަހަރަށް އިންޑިއާގެ ނިމްސްއާ ހަވާލުކޮށްފި
14 އެޕްރީލު 2017

އދ އަތޮޅު ހޮސްޕިޓަލަށް އިތުރު ކުރި ތިން ބުރީގެ އިމާރާތް ހުޅުވައިފި

14 އެޕްރީލު 2017
އދ އަތޮޅު ހޮސްޕިޓަލަށް އިތުރު ކުރި ތިން ބުރީގެ އިމާރާތް ހުޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު