Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުޅުދުއްފުށީ ހޮސްޕިޓަލްގައި ސީޓީ ސްކޭން އަދި ކާޑިއ

ކުޅުދުއްފުށީ ހޮސްޕިޓަލުގައި ސީޓީ ސްކޭނާއި ކާޑިއެކް ސެންޓަރުގެ ޚިދުމަތް ރަސްމީކޮށް ފަށައިފި

ވޭތުވެދިޔަ 1 އަހަރު ތެރޭގައި ސީޓި ސްކޭނާއި ކާޑިއޯ ޓެސްޓްތައް ހެދުމަށް އިމަޖެންސީކޮށް 74 ބަލިމީހުން ރެފަރ ކުރެވިފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 12 އޮކްޓޯބަރު 2019 | ހޮނިހިރު 02:11
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އަލަށް ޤާއިމް ކުރި ކާޑިއެކް ސެންޓަރު އަދި ސީޓީ ސްކޭންގެ ހިދުމަތް ރަސްމީކޮށް މިނިސްޓަރު އިފްތިތާހުކޮށްދެއްވަނީ

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އަލަށް ޤާއިމް ކުރި ކާޑިއެކް ސެންޓަރު އަދި ސީޓީ ސްކޭންގެ ހިދުމަތް ރަސްމީކޮށް މިނިސްޓަރު އިފްތިތާހުކޮށްދެއްވަނީ

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ސީޓީ ސްކޭނާއި ކާޑިއެކް ސެންޓަރުގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.

މިކަމަށްޓަކައި ހދ. ކުޅުދުއްފުށީ ތަޢުލީމީ މަރުކަޒުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި މި ޚިދުމަތްތައް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީންއެވެ. ހުކުރު ދުވަހު ރަސްމީކޮށް ޚިދުމަތް ދޭންފެށުނު ކާޑިއެކް ސެންޓަރުން ހުރިހާ ނޮން- އިންވޭސިވް ކާޑިއެކް ޓެސްޓްތައް (އެކޯ ކާޑިއޯގްރާމް، ތްރެޑްމިލް ޓެސްޓިން އަދި ހޯލްޑަރ މޮނިޓަރިން) ހެދޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

އެ މިނިސްޓްރީން ބުނީ ވޭތުވެދިޔަ 1 އަހަރު ތެރޭގައި ސީޓިއާއި ކާޑިއޯ ޓެސްޓް ހެދުމަށް އިމަޖެންސީކޮށް 74 ބަލިމީހުން މާލެ ގެންދިޔަ ކަމަށެވެ. އެގޮތުން ރިފަރ ކުރެވުނު ގިނަ ބަލި މީހުން މާލެ ގެންދިޔައީ ޗާޓަރ ފްލައިޓް ނުވަތަ ޝެޑިއުލްޑް ފްލައިޓުގައި ކަމަށާއި، މިގޮތަށް ގެންދާއިރު ކުރާއިރު، ޗާޓަރ ފްލައިޓުން ރެފަރ ކުރާނަމަ ރެފަރ ކުރެވޭ ކޮންމެ ބަލިމީހަކަށް 125600 ރުފިޔާ ޚަރަދު ކުރެވޭކަމަށް މިނިސްޓްރީން ބުނެއެވެ.

އަދި ޝެޑިއުލްޑް ފްލައިޓުން ކުރާނަމަ 14966 ރުފިޔާ ޚަރަދުވާކަމަށް ވެސް ހެލްތު މިނިސްޓްރީން ބުނެއެވެ. މީގެއިތުރުން މާލެގެންދާ ބަލިމީހާއާއި ޢާއިލާގެ އަތުން އެތަކެއް ޚަރަދުތަކެއް ކުރަންޖެހޭ ކަމަށާއި، އަލަށް ފެށި ޚިދުމަތްތަކުގެ ސަބަބުން މިކަމަށް ކުރާ ޚަރަދު ވަރަށް ބޮޑުތަން ދަށްވެގެންދާނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ތަފާސް ހިސާބުތައް ދައްކާގޮތުން އެވްރެޖްކޮށް 305 ބަލިމީހުން ހޮސްޕިޓަލުން ޚިދުމަތް ހޯދައެވެ. އަދި ހޮނިހިރު ދުވަހު އެވެރެޖްކޮށް 650 މީހުން ޚިދުމަތް ހޯދާއިރު މީގެ ތެރޭގައި ހިމެނެނީ ހދ، ހއ އަދި ށ އަތޮޅު މީހުންނެވެ. ހދ ކުޅުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި މިވަގުތު 28 ޑޮކްޓަރުން، 78 ނަރުހުން އަދި 16 އެހެނިހެން މެޑިކަލް ޕްރެކްޓިޝަނުން ފަރުވާދެމުންއާދެއެވެ.

އިއްޔެ ރަސްމީކޮށް ހުޅުވިގެންދިޔަ ސީޓީ ސްކޭން އަދި ކާޑިއެކް ސެންޓަރުން 64،000 މީހުނަށް މިޚިދުމަތް ލިބިގެން ދާނެއެވެ. ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ޚިދުމަތް ފެށުނު ސީޓީ ސްކޭން އަދި ކާޑިއެކް ސެންޓަރަކީ ސަރުކާރުން ތަރައްޤީ ކުރުމަށް ނިންމާފައިވާ 5 ހޮސްޕިޓަލް ގެ މަޝްރޫއުގެ ދަށުން ހިމެނޭކަމެކެވެ.

ދައުލަތުގެ ބަޖެޓުން 50 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި މިޚިދުމަތް އަލަށް ތަޢާރަފު ކުރެވިގެންދިޔަ އިރު، ގާތްގަނޑަކަށް ހއ. އަތޮޅުގެ 23000 ރައްޔިތުން، ހދ. އަތޮޅުގެ 27000 ރައްޔިތުން އަދި ށ. އަތޮޅުގެ 18000 ރައްޔިތުން މިޚިދުމަތް ހޯދާނެކަމަށް ހެލްތު މިނިސްޓްރީން ލަފާކުރެއެވެ.

އިތުރަށް ކިޔާލަން

19 ޖުލައި 2017

ފާރިސް ދިރިއުޅުއްވާ ގޭގެ ސީސީޓީވީ ފޫޓޭޖް ފުލުހުން ގެންގޮސްފި

19 ޖުލައި 2017
ފާރިސް ދިރިއުޅުއްވާ ގޭގެ ސީސީޓީވީ ފޫޓޭޖް ފުލުހުން ގެންގޮސްފި
16 ޖުލައި 2017

ގާސިމް މެޑިކާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި

16 ޖުލައި 2017
ގާސިމް  މެޑިކާ ހޮސްޕިޓަލުގައި  އެޑްމިޓްކޮށްފި
05 ޖުލައި 2017

ކާޑިއެކް ސެންޓަރުން 1431 މީހުންނަށް ވަނީ ފަރުވާދެވިފައި: އައިޖީއެމްއެޗް

05 ޖުލައި 2017
ކާޑިއެކް ސެންޓަރުން 1431 މީހުންނަށް ވަނީ ފަރުވާދެވިފައި: އައިޖީއެމްއެޗް
15 ޖޫން 2017

ހުޅުމާލޭގައި ސީސީޓީވީ ކެމެރާ ހަރުކުރަން ފުލުހުންނާ ހަވާލުކޮށްފި

15 ޖޫން 2017
ހުޅުމާލޭގައި ސީސީޓީވީ ކެމެރާ ހަރުކުރަން ފުލުހުންނާ ހަވާލުކޮށްފި
30 މެއި 2017

ކަނޑުމަތީ އެކްސިޑެންޓެއްގައި ގިނަ ބަޔަކަށް ބޮޑެތި އަނިޔާތަކެއްވެ، ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި

30 މެއި 2017
ކަނޑުމަތީ އެކްސިޑެންޓެއްގައި ގިނަ ބަޔަކަށް ބޮޑެތި އަނިޔާތަކެއްވެ، ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު