Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފާރިސް މައުމޫން ހައްޔަރުކުރުން

ފާރިސް ދިރިއުޅުއްވާ ގޭގެ ސީސީޓީވީ ފޫޓޭޖް ފުލުހުން ގެންގޮސްފި

އިއްޔަވެސް ފުލުހުންވަނީ އެގެއަށް ވަދެފައި

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 19 ޖުލައި 2017 | ބުދަ 07:16
ފާރިސް މައުމޫންގެ ގެ ކައިރިން ފުލުހުން ހަރަކާތްތެރިވަނީ

ފާރިސް މައުމޫންގެ ގެ ކައިރިން ފުލުހުން ހަރަކާތްތެރިވަނީ

ދިއްގަތު ދާއިރާގެ މެންބަރު އަހްމަދު ފާރިސް މައުމޫނު ދިރިއުޅުއްވާ މ. ސްނޯރޯސްގެ އަށް ކޯޓު އަމުރެއްގެ ދަށުން ވަދެ އެ ގޭގެ ސީސީޓީވީ ފޫޓޭޖް ފުލުހުން ގެންގޮސްފިއެވެ.

ފާރިސްގެ ގެ ބަލާ ފާސްކޮށްފައިވަނީ އޭނާ ކްރިމިނަލް ކޯޓަށް މުއްދަތާ މެދު ގޮތެއް ކަނޑައެޅުމަށް ގެންގޮސްފައިވަނިކޮށެވެ.

Advertisement - newsAdvertisement

ފުލުހުން ގެއަށް ނުވަދެ މަޑުކޮށްގެން ފާރިސްގެ ވަކީލުން ވަޑައިގަންނަވަންދެން ތިބި ނަމަވެސް މެންދުރު 01:30 ހާއިރު ވަނީ ފާރިސް އުޅޭ ގެއަށް ވަދެފަ އެވެ. ގެއަށް ވަދެފައިވަނީ އެ ގޭގެ ބޭރުގައި ހުރި ސެކިއުރިޓީ ކެމެރާގެ ހާޑު ނެގުމަށެވެ.

ސްނޯރޯސްއަށް ވަނުމަށް ނެރެފައވާ ކޯޓު އަމުރުގައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށް ބޭނުންވާ ވޯޓު ހޯދުމަށްޓަކާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރު ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިސް މައުމޫނާއި އިތުރު ބަޔަކު ބައިވެރިވެގެން ރައްޔިތުންގެ މަޖިލީހުގެ ބަޔަކު ބައިވެރިވުމުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާދީފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަ ކަމުގަ އެވެ.

މި އަމުރުގެ ދަށުން ހިފެހެއްޓުމަށް ބޭނުންވާ ތަކެތީގެ ތަފްސީލުގެ ގޮތުގައި ވަނީ މާފަންނު ސްނޯރޯސް ގޭގައި ބަހައްޓާފައިވާ ޑީ.ވީ.އާރު އެވެ.

މި ކޯޓު އަމުރުގެ ދަށުން ލިބިފައިވާ، ހެއްކާ ގަރީނާގެ ގޮތުގައި ކަނޑައަޅާފައި ވަނީ އިންޓެލިޖެންސް ސިއްރު މައުލޫމާތާއި ހެއްކެއްގެ އެކިބަހުގެ އިތުރަށް މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތެއްގެ ފޯނުން ފެނިފައިވާ މެސެޖުތަކުގެ ތަފްސީލު އަދި މައްސަލައާ ގުޅޭ ވީޑިޔޯއެއްގައި ހިމެނޭ އޯޑިއޯ ސްކްރިޕްޓެކެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދިނުމުގެ ތުހުމަތުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ހައްޔަރުކޮށްފައި ވަނީ އަންގާރަ ދުވަހުގެ މެންދުރު ފަހު އެވެ.

އަންގާރަ ދުވަހު ފާރިސް ހައްޔަރު ކުރުމުގެ ކުރިން މ. ސްނޯރޯސް ބަލާ ފާސްކޮށް ބައެއް ތަކެތި ވެސް ވަނީ އޭނާގެ އެޕާޓްމެންޓުން ގެންގޮސްފަ އެވެ.

ފާރިސްގެ މައްޗަށް ވަނީ ތިން ތުހުމަތެއްކޮށްފަ އެވެ. އަދި ދައުވާ ވެސް ނުކުރާ އެ މައްސަލަތައް ނިމެންދެން ކޯޓުން ވަނީ ފާރިސް ބަންދުގައި ބެހެއްޓުމަށް ހުކުމްކޮށްފައެވެ.

އެގޮތުން ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ކުށުގެ އިތުރުން، ހެކި ދިނުމަށް ހުރި މީހަކަށް ނުވަތަ ވޯޓް ދޭން ހުރި މީހަކަށް ނުވަތަ ދައުލަތުގެ މަސައްކަތެއް ކުރުމަށް ހުރި މީހަކަށް ބިރުދެއްކުމާއި، ނުރަނގަޅު ގޮތުގައި ނުފޫޒު ފޯރުވުމާއި ދެކޮޅު ހެދުމުގެ ކުށުގެ ތުހުމަތު ކޮށްފައިވެ އެވެ.

ފާރިސް ދިރިއުޅުއްވާ އެޕާޓްމެންޓް އަންގާރަ ދުވަހު ބަލާފާސްކުރުމަށްފަހު، ފޯނާއި ލިޔެކިޔުންތަކާއި ޕެން ޑްރައިވް އައި އެނޫން ވެސް ބައެއް ތަކެތި ވަނީ ގެންގޮސްފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މެންބަރުންގެ އެއްވެސް ބާރެއް މިހާރު ނެތް: ފާރިސް

މެންބަރުންގެ އެއްވެސް ބާރެއް މިހާރު ނެތް: ފާރިސް

09 މާރިޗު 2017
ރައްޔިތުންގެ މަތިން ހަނދާންކުރާ މަޖިލީހެއް ހޯދުމުގެ ފުރުސަތު އެބަ އޮތް: ފާރިސް

ރައްޔިތުންގެ މަތިން ހަނދާންކުރާ މަޖިލީހެއް ހޯދުމުގެ ފުރުސަތު އެބަ އޮތް: ފާރިސް

08 މާރިޗު 2017
މަސީހު ބޭރުކުރުން ލާޒިމް، ބޮޑު މެޖޯރިޓީއެއް އެބައޮތް: ފާރިސް

މަސީހު ބޭރުކުރުން ލާޒިމް، ބޮޑު މެޖޯރިޓީއެއް އެބައޮތް: ފާރިސް

08 މާރިޗު 2017
އައްޑޫ މަރަދޫ އަބުހަރީ މަންޒިލް ގޭގެ ބަދިގެ ރޯވެ އަނދާހުލި ވެއްޖެ

އައްޑޫ މަރަދޫ އަބުހަރީ މަންޒިލް ގޭގެ ބަދިގެ ރޯވެ އަނދާހުލި ވެއްޖެ

08 މާރިޗު 2017
ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި އެޖެންޑާ ކޮށްފި

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި އެޖެންޑާ ކޮށްފި

20 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

10 މެއި
ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖެއަށް ދަތުރު ނުކުރަން ސިންގަޕޫރު ސަރުކާރުން އަންގައިފި
20251 އަހަރު ކުރިން
ރާއްޖެ

ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖެއަށް ދަތުރު ނުކުރަން ސިންގަޕޫރު ސަރުކާރުން އަންގައިފި

ފެކްޓް ޗެކް: ސިވިލިއަނުން ކަމަށް ބުނެ ގެނައި މީހުންނަކީ އިންޑިއާގެ އަސްކަރިއްޔާގެ ބައެއް، ކުންފުންޏަކީ އަސްކަރިއްޔާގެ ދަށުގައި އޮންނަ ތަނެއް
20242 އަހަރު ކުރިން
ރިޕޯޓު

ފެކްޓް ޗެކް: ސިވިލިއަނުން ކަމަށް ބުނެ ގެނައި މީހުންނަކީ އިންޑިއާގެ އަސްކަރިއްޔާގެ ބައެއް، ކުންފުންޏަކީ އަސްކަރިއްޔާގެ ދަށުގައި އޮންނަ ތަނެއް

ހުދު ކަފުނުން ދަރިފުޅު ކަފުންކުރީ، ކައިވެނީގެ ހުދު ހެދުމުގައި އެ ދަރިފުޅު ދެކިލުމުގެ އުއްމީދުގައި ހުރި ބައްޕަގެ އަތުން!
20233 އަހަރު ކުރިން
ރިޕޯޓު

ހުދު ކަފުނުން ދަރިފުޅު ކަފުންކުރީ، ކައިވެނީގެ ހުދު ހެދުމުގައި އެ ދަރިފުޅު ދެކިލުމުގެ އުއްމީދުގައި ހުރި ބައްޕަގެ އަތުން!

ރައީސް ޔާމީނަށް މިނިސްޓަރު ޔުމްނާގެ ވަރުގަދަ ރައްދެއް
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް މިނިސްޓަރު ޔުމްނާގެ ވަރުގަދަ ރައްދެއް

ޖަލަށް ވަނީ 15 އަހަރުގެ ކުޑަކުއްޖެއް، ނުކުތީ 83 އަހަރުގެ މުސްކުޅިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ޖަލަށް ވަނީ 15 އަހަރުގެ ކުޑަކުއްޖެއް، ނުކުތީ 83 އަހަރުގެ މުސްކުޅިއެއް

\'\'އިބޫ އޯކޭ\'\' ތަސްވީރު ފްރޭމްކުރުމަށް ފަހު، މުލިއާގެ ސިޓިން ރޫމްގައި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އިބޫ އޯކޭ\'\' ތަސްވީރު ފްރޭމްކުރުމަށް ފަހު، މުލިއާގެ ސިޓިން ރޫމްގައި

ޖަޒީރާ މެނިފެސްޓޯއާއެކު، ނޫ އިޤްތިސާދުގެ ސިޔާސަތު ރައީސް ނަޝީދު ހާމަކުރައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަޒީރާ މެނިފެސްޓޯއާއެކު، ނޫ އިޤްތިސާދުގެ ސިޔާސަތު ރައީސް ނަޝީދު ހާމަކުރައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު