Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑިފެންސް މިނިސްޓްރީ

މިނިސްޓަރު މާރިޔާ ޔޫ.އޭ.އީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި

11 އޮކްޓޯބަރު 2019 | ހުކުރު 05:15

ގަލްފް އިންފޮމޭޝަން ޓެކްނޮލޮޖީ އެގްޒިބިޝަން-ޖައިޓެކްސް" ގައި ތަޤްރީރު ކުރެއްވި

އަމްނާ އިމާދު
އަމްނާ އިމާދު | 11 އޮކްޓޯބަރު 2019 | ހުކުރު 05:15
މިނިސްޓަރު މާރިޔާ ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން

މިނިސްޓަރު މާރިޔާ ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން

މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ، ޔޫ.އޭ.އީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

މި ދަތުރުފުޅަކީ، މެދުއިރުމަތީގައި ބާއްވާ އެންމެ ބޮޑު އެއް ޓެކްނޮލޮޖީ އެގްޒިބިޝަން ކަމަށްވާ "ގަލްފް އިންފޮމޭޝަން ޓެކްނޮލޮޖީ އެގްޒިބިޝަން – ޖައިޓެކްސް" ގައި ތަޤްރީރު ކުރެއްވުމަށް ލިބިވަޑައިގެންނެވި ދަޢުވަތަށް އެކަމަނާ ކުރެއްވި ދަތުރުފުޅެކެވެ.

Advertisement - newsAdvertisement

ދުބާއީގެ ވަރލްޑް ޓްރޭޑް ސެންޓަރުގެ "މޮޑަރން އެޑިޔުކޭޝަން ސްޓޭޖް" ގައި މިނިސްޓަރ މާރިޔާ ތަޤްރީރުކުރައްވާފައިވަނީ "ސެކިއުރިޓީ، އެޑިއުކޭޝަން އެންޑް ޓެކްނޮލޮޖީ އިން ދަ ޓުވެންޓީ ފަރސްޓް ސެންޗަރީ" ނުވަތަ 21 ވަނަ ޤަރުނުގައި ސަލާމަތީ ނިޒާމާއި، ތަޢުލީމާއި ޓެކްނޮލޮޖީއާ ދެމެދު އޮތް ގުޅުމުގެ މައްޗަށެވެ.

މިނިސްޓަރ މާރިޔާގެ ތަޤްރީރުގައި އެކަމަނާވަނީ، ދިވެހިރާއްޖޭގެ ޖަޒީރާވަންތަކަން ނުގެއްލޭނެހެން، ޒަމާނީ ޓެކްނޮލޮޖީއާއި ތަޢުލީމުގެ އެހީގައި، މިހާރަށްވުރެ އިލްމީ، ގާބިލް، ސިއްހީގޮތުން ދުޅަހެޔޮ އަދި ބަދަހި މުޖްތަމައެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގެންގުޅުއްވާ ތަސައްވުރުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. ޓެކްނޮލޮޖީއާއި ސޯޝަލް މީޑިޔާއަކީ އޭގެ ޒާތުގައި ބޭނުންތެރި ވަސީލަތްތަކެއްކަން ހާމަކުރައްވަމުން، މިނިސްޓަރ މާރިޔާ ވިދާޅުވީ، ސަލާމަތީގޮތުން ތަފާތު ގޮންޖެހުންތައް ކުރިމަތިވެފައިވާ މި ޒަމާނުގައި، ފަރުދާގެ ފުރަގަހުގައި ފޮރުވިގެން ތިބެ، ޓެކްނޮލޮޖީގެ ނާޖާއިޒު ފައިދާ ނަގަމުންދާ މަދު ބަޔަކު އުޅެމުންދާ ކަމަށެވެ.

މީގެ އިތުރުން، މިނިސްޓަރ ވަނީ، އީ ގަވަރމަންޓް ނުވަތަ އިންޓަރނެޓް މެދުވެރިކޮށް، ރައްޔިތުންނާ ވީހާވެސް ގާތުން، އިންސާފުވެރިކަމާއެކީ އަދި ދެފުށް ފެންނަގޮތަށް، ދަޢުލަތުން ޚިދުމަތް ފޯރުވައިދިނުމަށް، ޔޫ.އޭ.އީގެ ސަރުކާރުން ފަރުމާކުރައްވާފައިވާ ޓެކްނޮލޮޖީތައް ފާހަގަކުރައްވައި، ތަޢުރީފުކުރައްވާފައެވެ. އަދި، ޓެކްނޮލޮޖީގެ ޒަރިއްޔާއިން ރައްޔިތުންނަށް ޚިދުމަތް ފޯރުވައިދިނުމަކީ، ރައީސް ޞާލިޙުގެ ޒީރޯ ޓޮލެރަންސް އޮން ކޮރަޕްޝަންގެ ސިޔާސަތަށް ލިބޭނެ ކުރިއެރުމެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މިނިސްޓަރު މާރިޔާގެ ތަގުރީރަށް އޯޑިއެންސްގެ ފަރާތުން ހޫނު ތަރުޙީބެއް ލިބުނެވެ.

މި ދަތުރުފުޅުގައި، މިނިސްޓަރ މާރިޔާ ވަނީ، ޔޫ.އޭ.އީގެ މިނިސްޓަރ އޮފް އިންޓީރިއަރ އަދި ޑެޕިއުޓީ ޕްރައިމް މިނިސްޓަރ ހިސް ހައިނަސް ލެފްޓިނެންޓް ޖެނެރަލް ޝެއިޚް ސައިފް ބިން ޒައިދު އަލް ނަހްޔާނާ ވެސް ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި، ހިސް ހައިނަސް ލެފްޓިނެންޓް ޖެނެރަލް ޝެއިޚް ސައިފް ބިން ޒައިދު އަލް ނަހްޔާންވަނީ، އެމްއެންޑީއެފްގެ ފަޔަރފައިޓަރުން ތަމްރީނުކުރުމުގައި ޔޫ.އޭ.އީން އެހީތެރިވާނެކަމަށް ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
01 ފެބުރުއަރީ 2017

މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު

01 ފެބުރުއަރީ 2017
މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު
31 ޖެނުއަރީ 2017

ކަނޑުއަޑީގެ ބޮޑު ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރަސްމީކޮށް ހުޅުވައިފި

31 ޖެނުއަރީ 2017
ކަނޑުއަޑީގެ ބޮޑު ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރަސްމީކޮށް ހުޅުވައިފި
30 ޖެނުއަރީ 2017

މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

30 ޖެނުއަރީ 2017
މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!
30 ޖެނުއަރީ 2017

މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު

30 ޖެނުއަރީ 2017
މިނިސްޓަރު ޝައިނީއަކީ ސަރުކާރުގެ ފަރާތުން ގުރުބާންކުރާ "ކަންބަޅިއެއް": އަލީ ޒާހިރު
27 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް ވަޑައިގަންނަވާތީ ދަނގެތީގައި ވެސް އިހްތިޖާޖަށް ތައްޔާރު ވަނީ

27 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް ވަޑައިގަންނަވާތީ ދަނގެތީގައި ވެސް އިހްތިޖާޖަށް ތައްޔާރު ވަނީ
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
22 ޖެނުއަރީ 2017

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

22 ޖެނުއަރީ 2017
މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް