Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުހޫގޯ ލޮރިސް

އުޅަނބޮށީގެ ކަށިގަނޑު ދުރުވެ، ލޮރިސް ކުޅުމާ ދުރަށް!

ލޮރިސްއަށް އަނިޔާވީ ބްރައިޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި

ލީވާން އަލީ
ލީވާން އަލީ | 6 އޮކްޓޯބަރު 2019 | އާދީއްތަ 13:27
ހޫގޯ ލޮރިސް

ހޫގޯ ލޮރިސް

އުޅަނބޮށީގެ ކަށިގަނޑު ދުރުވެ، ޓޮޓްނަމް ހޮޓްސްޕާއަށް ކުޅެމުން އަންނަ ފްރާންސްގެ ކީޕަރ ހޫގޯ ލޮރިސް ކުޅުމާ ދުރަށް ދާން ޖެހިއްޖެއެވެ.

ލޮރިސްއަށް އަނިޔާވީ ހޮނިހިރު ދުވަހުގެ ރޭ ޕްރިމިއާ ލީގުގައި ބްރައިޓަން އަތުން 0-3 ގެ ނަތީޖާއިން ޓޮޓްނަމް ބަލިވި މެޗު ފެށިގެން ތިންވަނަ މިނެޓުގައެވެ.

ބޯޅަ ހިފަން އުޅުމުގެ ތެރޭގައި ބިންމައްޗަށް ވެއްޓި ލޮރިސްގެ ވައަތު އުޅަނބޮށީގެ ކަށިގަނޑު ދުރުވެފައިވާއިރު، އޭނާއަށް ދަނޑުމަތިން ފަރުވާ ދިނުމަށްފަހު ބަދަލު ކީޕަރ ޕައުލޯ ގެޒާނިގާއާ ވަނީ ބަދަލުކޮށްފައެވެ. އަދި އޭނާ ވަނީ ވަގުތުން ހޮސްޕިޓަލަށް ފޮނުވާލާފައެވެ.

މެޗަށްފަހު ޓޮޓްނަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ، ހޮސްޕިޓަލުން ލިބުނީ އުފާވެރި ޚަބަރެއް ނޫން ކަމަށެވެ. އިތުރު ތަފުޞީލެއް އޭނާ ދީފައެއް ނުވެއެވެ.

ނަމަވެސް ޓޮޓްނަމުން ނެރުނު ބަޔާނުގައި ލޮރިސްގެ އަތަށް ލިބުނު އަނިޔާއަށް ފަރުވާ ދެމުން އަންނަ ކަމަށާއި، އަނިޔާއިން އޭނާ ސަލާމަތްވާނެ ދުވަހެއް ހަފުތާއެއްގެ ތެރޭގައި ހާމަކުރާނެ ކަމަށް ބުނެފައިވެއެވެ.

މި ސީޒަނުގައި ޓޮޓްނަމްއަށް ލޮރިސް 8 މެޗު ކުޅެފައިވާއިރު، އޭނާއަށް 2020 ވަނަ އަހަރު އޮންނަ ޔޫރޯ މުބާރާތުގެ ކޮލިފައިންގައި އައިސްލޭންޑް އަދި ތުރުކީއާ ދެކޮޅަށް ފްރާންސް ކުޅޭ މެޗުގައި ނުކުޅެވޭނެއެވެ.

ލޮރިސްއަށް ލިބުނު އަނިޔާއާއެކު ގިނަ ޢަދަދެއްގެ ފުޓުބޯޅަ ސަޕޯޓަރުން އަދި ކުޅުންތެރިން އަންނަނީ އޭނާ ފަހަތުގައި ތިބިކަން ހާމަކޮށް އަވަސް ޝިފާއަކަށް އެދެމުންނެވެ.

މިހާތަނަށް ޓޮޓްނަމްއަށް 300 މެޗު ކުޅެފައިވާ ލޮރިސް ވަނީ އެޓީމާއެކު ފުޓްބޯލް ލީގް ކަޕްގެ ދެވަނަ އަދި ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ހޯދާފައެވެ.

ފްރާންސް ޤައުމީ ޓީމާއެކު ފީފާ ވޯލްޑް ކަޕް 2018 ވަނަ އަހަރު ކާމިޔާބުކޮށްފައިވާ ލޮރިސް ވަނީ ޤައުމީ ޓީމަށް މިހާތަނަށް 113 މެޗު ކުޅެފައެވެ. އަދި އޭނާ ވަނީ މިދިޔަ އަހަރު ފީފާގެ ދެވަނައަށް އެންމެ މޮޅު ގޯލު ކީޕަރގެ މަޤާމު ހޯދާފައެވެ.

އިތުރަށް ކިޔާލަން

25 ޖޫން 2017

ކުޅުމާމެދު ހިތްހަމަޖެހޭ، ނަމަވެސް 3 ޕޮއިންޓް ނުލިބުމަކީ މާޔޫސްކަމެއް: ސޮބާ

25 ޖޫން 2017
ކުޅުމާމެދު ހިތްހަމަޖެހޭ، ނަމަވެސް 3 ޕޮއިންޓް ނުލިބުމަކީ މާޔޫސްކަމެއް: ސޮބާ
21 މެއި 2017

އެވްރެޖުކޮށް ދެއްކި ކުޅުމާއިމެދު ހިތްހަމަ ޖެހޭ، މައްސަލަ އަކީ ގޯލެއް ސްކޯ ކޮށް ނުލެވުން: ފެސްކޯ

21 މެއި 2017
އެވްރެޖުކޮށް ދެއްކި ކުޅުމާއިމެދު ހިތްހަމަ ޖެހޭ، މައްސަލަ އަކީ ގޯލެއް ސްކޯ ކޮށް ނުލެވުން: ފެސްކޯ
09 މެއި 2017

ކެޕްޓަން އަސަދުﷲ ޢަބްދުﷲގެ މޮޅު ކުޅުމާއިއެކު، މާޒިޔާ ތާވަލުގެ އެއްވަނައަށް

09 މެއި 2017
ކެޕްޓަން އަސަދުﷲ ޢަބްދުﷲގެ މޮޅު ކުޅުމާއިއެކު، މާޒިޔާ ތާވަލުގެ އެއްވަނައަށް
19 އެޕްރީލު 2017

މެނުއަލް ނޯޔާއަށް އަނިޔާވެ ކުޅުމާ ދުރައް

19 އެޕްރީލު 2017
މެނުއަލް ނޯޔާއަށް އަނިޔާވެ ކުޅުމާ ދުރައް
12 އެޕްރީލު 2017

މޮޅުވުމަށްވުރެ ކުޅުންތެރިން ދެއްކި ކުޅުމާ ދޭތެރޭ ހިތްހަމަޖެހޭ: ސާންތި

12 އެޕްރީލު 2017
މޮޅުވުމަށްވުރެ ކުޅުންތެރިން ދެއްކި ކުޅުމާ ދޭތެރޭ ހިތްހަމަޖެހޭ: ސާންތި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު