Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީއެން

އެމްޑީއެން އުވާލަން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި

5 އޮކްޓޯބަރު 2019 | ހޮނިހިރު 09:53

މިހާތަނަށް 10،200 މީހުން ވަނީ ޕެޓިޝަނުގައި ސޮއި ކޮށްފައި

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 5 އޮކްޓޯބަރު 2019 | ހޮނިހިރު 09:53
އެމްޑީއެން އުވާލުމަށް ސޮއިކުރުން

އެމްޑީއެން އުވާލުމަށް ސޮއިކުރުން

''ޕްރީލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސްގެ'' ނަމުގައި މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) ފަރާތުން އާންމުކުރި ރިޕޯޓާއި ގުޅިގެން އެ ޖަމިއްޔާ އުވާލަން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފިއެވެ.

ސޮއި ކުރުމަށް ޕެޓިޝަނެއް ހުށަހަޅާފައިވާ ފަރާތެއް އެނގިފައި ނުވާއިރު، ޕެޓިޝަނެއް އެކުލަވައިލި ފަރާތުން ވަނީ އިސްލާމްދީނާއި ދެކޮޅަށް ބަސްބުނާ މީހުންނަށް ފިޔަވަޅު އެޅުމަށް ރައީސް ސޯލިހަށް ގޮވާލާ ކަމަށާއި، އެ ޖަމިއްޔާއިން ވަނީ ދިވެހި ރާއްޖޭގެ ގާނޫނު އަސާސީއާއި ޖަމިއްޔާތަކާއި ބެހޭ ގާނޫނާއި ހިލާފުވެފައިކަމަށެވެ. އަދި އެ ޖަމިއްޔާ އުވާނުލެވޭނަމަ އެއީ ދީނަށް ފުރައްސާރަކުރާ ފަރާތްތަކަށް ދެވޭ ބޮޑު ހިއްވަރެއްކަމަށްވެސް އެ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ. މިހާތަނަށް އެ ޕެޓިޝަންގައި 10.000 ވުރެ ގިނަ ފަރާތަކުން ވަނީ ސޮއިކޮށްފައެވެ. (އަދަދު ބަދަލުވުން އެކަށީގެންވޭ).

Advertisement - newsAdvertisement

މީގެއިތުރުން، އެމްޑީއެން އިން ނެރުނު ރިޕޯޓްގައި އިސްލާމްދީނާއި ރަސޫލާއަށް ނިސްބަތްކޮށް ފުރައްސާރަކޮށްފައިވާ މައްސަލަ އިސްލާމިކް މިނިސްޓްރީންވެސް ވަނީ ފުލުހުންނަށް ހުށަހަޅައިފިއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ އެމްޑީއެން އިން ނެރުނު ރިޕޯޓުގައި އިސްލާމް ދީނާއި ރަސޫލާއަށް ފުރައްސާރަކޮށް، އިސްލާމްދީނުގެ އަސްލުތަކާއި ހިލާފު އަދި ދިވެހިންގެ ދީނީ އެއްބައިވަންތަކަން ގެއްލޭ ގޮތަށް ވާހަކަ ދައްކާފައިވާތީ އެކަން ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ބުރާސްފަތި ދުވަހުގެ 13:46 ގައި ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން އަދާލަތު ޕާޓީން ވެސް ކަންބޮޑުވުން ފާޅުކޮށްފައި ވާއިރު، އެ ޕާޓީން ބުނެފައިވަނީ އެ ރިޕޯޓަކީ 2016 ވަނަ އަހަރު އާންމު ކުރެވި، އަދި އޭގެ ފަހުން 2019 ވަނަ އަހަރު އަނބުރާ ގެންދެވިފައިވާ ރިޕޯޓެއްކަމުގައި ވިޔަސް ރައްޔިތުންގެ މެދުގައި އިންތިހާޔަށް ބޮޑު ނުތަނަވަސްކަމެއް އުފެދިފައިވާ ކަމަށެވެ. އަދި އެފަދަ ކަންކަމާ ގުޅިގެން އުފެދޭ ނުތަނަވަސްކަމުގެ ތެރޭގައި ވަކިވަކި ފަރުދުންނާއި ޖަމާއަތްތަކަށް އިންޒާރުދިނުމާއި، އަނިޔާވެރި އަމަލުތަކަށް މަގުފަހިވެ، މުޖުތަމައުގެ އަމަންއަމާންކަން ގެއްލިދާނެ އެހެންވެސް ކަންކަމާއި ބަސްމަގު ޚިޔާރުނުކޮށް، ސުލްހަވެރި ގޮތުގައި ގާނޫނީ ހަމަތަކުގެ ތެރެއިން ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގުގެ ބޭނުން ކުރުމަށް އެ ޕާޓީން ވަނީ ގޮވާލާފައެވެ.

މިކަމާއި ގުޅިގެން، ޢާއްމުންގެ ފާޑު ކިޔުންތައް ޢަމާޒުވުމުން އެ ރިޕޯޓް ނެގުމަށް ފަހު އެ ޖަމިއްޔާއިން ވަނީ މާފަށް އެދި އެފަދަ ކަމެއް ތަކުރާރު ނުވާނެ ކަމަށް ބުނެފައެވެ. އެ ރިޕޯޓުގެ މައްސަލަ އިސްލާމިކް މިނިސްޓްރީން ބުރާސްފަތި ދުވަހު ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ. އަދި ފުލުހުން ވެސް ވަނީ އެ މައްސަލަ ހުށަހަޅާފައިވާކަން ކަށަވަރުކޮށްދީފައެވެ.

މީގެ އިތުރުން، އެ ޖަމިއްޔާގެ މެންބަރުންނަށް ބިރު ދެއްކި މައްސަލަ އެއްވެސް ފުލުހަށް ވަނީ ހުށައަޅާފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި

30 ޖެނުއަރީ 2017
ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި
29 ޖެނުއަރީ 2017

ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި

29 ޖެނުއަރީ 2017
ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި
28 ޖެނުއަރީ 2017

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި
23 ޖެނުއަރީ 2017

އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި

23 ޖެނުއަރީ 2017
އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
16 ޖެނުއަރީ 2017

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި
15 ޖެނުއަރީ 2017

ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި

15 ޖެނުއަރީ 2017
ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް