Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖުމްހޫރީ ޕާޓީ

ލީކުވި އޯޑިއޯއާ ގުޅިގެން ނަހުލާގެ ދިފާއުގައި ފިރިކަލުން ގާސިމް!

2 އޮކްޓޯބަރު 2019 | ބުދަ 05:36

ބަދުނާމު ކުރުމުގެ ގޮތުން ބަޔަކު ނެރުނު އޯޑިއޯއިން އެފަރާތްތަކުގެ "އަތަށް ގޮވީ"

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 2 އޮކްޓޯބަރު 2019 | ބުދަ 05:36
ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް(މ) އަނބިކަނބަލުން އައިޝަތު ނަހުލާ(ވ)

ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް(މ) އަނބިކަނބަލުން އައިޝަތު ނަހުލާ(ވ)

ޓްރާންސްޕޯޓް މިނިސްޓްރީގައި ހައްލުކުރަންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށާއި އެކަން ހައްލު ކުރަން ކިތަންމެ ގިނަ ބަޔަކަށް ފިޔަވަޅު އަޅަން ޖެހުނަސް ފަސް ޖެހިވަޑައި ނުގަންނަވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވުމުން އެކަމަނާގެ ފިރިކަލުން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ދިފާއު ކުރައްވައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ބައެއް މުއައްޒަފުންނާއި ބައްދަލުކުރައްވައި ގާސިމްގެ ހަނގު އަނބިކަނބަލުން ނަހުލާ ދެއްކެވި ވާހަކައެއްގެ އޯޑިއޯ ސޯޝަލް މީޑިއާގައި ވަނީ ދައުރު ވެފައެވެ. އެއޯޑިއޯގައި ނަހުލާ ވަނީ ޓްރާންސްޕޯޓް މިނިސްޓްރީގައި ހުރި ކަންބޮޑުވުންތަކުގެ ވާހަކަ ދައްކަވާފައެވެ. އެތަނުގެ މުއައްޒަފުން ގަޑިޖެހޭ ވާހަކައާއި އޮފީހުގައި ތިބެންޖެހޭ ވަގުތުތަކަށްވުރެ ކޮފީގައި ތިބޭ ވަގުތު ގިނަކަމަށް ވިދާޅުވެ ރައްޔިތުންނަށް ޚިދުމަތް ދޭން ޖެހޭ ފަރާތްތުގެ ޒިންމާ އަދާނުކުރާ ކަމަށް ވިދާޅުވެ ނަހުލާގެ ކަންބޮޑުވުން ވަނީ ފާޅުކުރައްވާފައެވެ.

Advertisement - newsAdvertisement

ޖުމްހޫރީ ޕާޓީއަށް އަލަށް ގުޅުނު މެމްބަރުން ސޮއިކުރުމަށް އަންގާރަ ދުވަހުގެރޭ ބޭއްވި ރަސްމިއްޔާތުގައި ވާޙަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ލީކުވި އޯޑިއޯއާއި ގުޅިގެން ނަހުލާއަށް ލިބުނީ ރައްޔިތުންގެ ލޯބި ކަމަށެވެ. ބަދުނާމު ކުރުމުގެ ގޮތުން ބަޔަކު ނެރުނު އޯޑިއޯއިން އެފަރާތްތަކުގެ "އަތަށް ގޮވީ" ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ނަހުލާގެ ޒިންމާ އަދާ ކުރުމުގައި ދަށުން ތިއްބެވި މުއައްޒަފުން މަސައްކަތް ނުކުރާނަމަ އެވާހަކަ ދައްކަވާ ހައްލު ކުރެއްވުމަށް އެކަމަނާ މަސައްކަތް ކުރައްވާނެ ކަމަށެވެ. ނަހުލާ ކުރައްވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ހަވާލު ކުރެއްވި ޒިންމާ ކަމަށާއި މިނިސްޓްރީގެ މުއައްޒަފުންނާ ހަވާލު ކުރާ މަސައްކަތްތައް ނުނިންމާ އެކަމަނާގެ މައްސަލަތައް ރައީސަށް ޝަކުވާގެ ގޮތުގައި ސިޓީ ފޮނުވި ނަމަވެސް އެޅޭނެ ފިޔަވަޅެއް ނޯންނާނެ ކަމަށް ގާސިމް ވިދާޅުވިއެވެ. "މާލިމީ ވެރިޔާ" ކަމެއް ރަނގަޅު ކުރަން އެންގުމުން މަސައްކަތް ނުކުރާތީ އަޅާ ފިޔަވަޅެއް ރައީސަށް ބަދަލު ކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގައި ހުރި ކަރަޕްޝަންގެ ވާހަކައަކީ އާ ވާހަކައެއް ނޫންކަމަށް ވިދާޅުވެ ގާސީމް ވިދާޅުވީ އެފަދަ ކަމެއް ނަހުލާ ނުކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ މުއައްޒަފުން އޮފީހުގައި ތިބޭ ވަގުތައްވުރެ ކޮފީގައި ތިބޭ ވަގުތު ގިނަ ކަމަށް މިނިސްޓަރ ނަހުލާ ވިދާޅުވާ އޯޑިއޯ ލީކުވެފައިވާއިރު އެތަނުގެ މުއައްޒަފުންގެ ހާޒިރީ ރިޕޯޓެއް ނަގައި ސިވިލް ސަރވިސް ކޮމިޝަން(ސީއެސްސީ)އަށް ފޮނުވާފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. އެގޮތަށް ހާޒިރީ ރިޕޯޓް ފޮނުއްވެވީ ތަނުގެ މުއައްޒަފުން ވަކި ކުރުމަށް ނަހުލާ ކުރެއްވި ކަމެއްގެ ތުހުމަތާއި އެކު މުއައްޒަފުން ނުހައްގުން ވަޒީފާއިން ވަކި ކުރުން ހުއްޓުވައި ދެއްވުމަށް އެދި އެމިނިސްޓްރީގެ ބައެއް މުއައްޒަފުން ވަނީ ރައީސް ސާލިހަށް ޕެޓިޝަނެއް ވެސް ހުށައަޅާފައެވެ.

އާއްމުކުރި އޯޑިއޯގައި ނަހުލާ ވިދާޅުވެފައިވަނީ މަގާމާއި ހަވާލުވެވަޑައިގެންނެވީ އެއްވެސް ކަމެއް އުނިވެގެން ނޫންކަމަށާއި ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމަށް ކަމަށެވެ. ކޮންމެ މިނިސްޓްރީއެއްގައި ވެސް ވަޒީރު ފިޔަވައި އެހެން އެއްވެސް މުއައްޒަފަކު އޮފީސް ގަޑީގައި ބޭނުން ގަޑިއަކު އޮފީހަށް ވަދެ ނިކުމުގެ ފުރުސަތު ނޯންނާނެ ކަމަށް ވެސް އެ އޯޑިއޯގައި ނަހުލާ ވިދާޅުވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް

03 ފެބުރުއަރީ 2017
ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް
02 ފެބުރުއަރީ 2017

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!
02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
31 ޖެނުއަރީ 2017

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

31 ޖެނުއަރީ 2017
ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ
29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް