Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސައުދީ ތެޔޮ މަރުކަޒުތަކަށް

ސައުދީ ތެޔޮ މަރުކަޒުތަކަށް ހަމަލާދިނީ އިރާނުން: ޔޫކެ، ފްރާންސް، ޖަރުމަން

ތިން ގައުމުން އަދިވެސް 2015 ވަނަ އަހަރުގެ ނިއުކްލިއަރ ހަތިޔާރުގެ އެއްބަސްވުމަށް ތައީދު ކުރޭ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 24 ސެޕްޓެމްބަރު 2019 | އަންގާރަ 12:18
ސައުދީ ތެޔޮ މަރުކަޒުތައް

ސައުދީ ތެޔޮ މަރުކަޒުތައް

ސައުދީގެ ތެޔޮ އުފައްދާ މައި މަރުކަޒުތަކަށް ހަމަލާދިނީ އިރާނުން ކަމަށް އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތް އަދި ޖަރުމަނުން ބުނެފިއެވެ.

މި ތިން ގައުމުގެ ލީޑަރުން ނެރިފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، 2015 ވަނަ އަހަރު އެއްބަސްވެފައިވާ ނިއުކްލިއަރ ހަތިޔާރާއި ބެހޭ އެއްބަސްވުމަށް އެ ގައުމުތަކުން އަދިވެސް ސަޕޯޓްކުރާކަމަށާއި އެހެން ނަމަވެސް އިރާނުން އެއްބަސްވުމުގެ ބޭރުން ކަންތައްކުރުން ހުއްޓަން ޖެހޭކަމަށެވެ. އަދި ސައުދީގެ ތެޔޮ މަރުކަޒުތަކަށް ހަމަލާދިނީ އިރާނުން ކަމަށާއި އެއަށް ދެވޭނެ އިތުރު ތަފްސީލެއް ނެތް ކަމުގައި ބަޔާނުގައިވެއެވެ.

މި ބަޔާނުގައި ތިން ގައުމުން ވަނީ މެދުއިރުމަތީގައި ހަމަޖެހުމަށް މަސައްކަތް ކުރުމަށް އިރާނަށް ގޮވާލާފައެވެ. އަދި އެއް ގައުމު، އަނެއް ގައުމާއި މެދު ނުރުހުންވާ ގޮތްގޮތަށް އަމަލު ނުކުރުމަށް ވެސް ތިން ގައުމުގެ ލީޑަރުންގެ ބަޔާނުގައި ވަނީ ގޮވާލާފަ އެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވަނީ ސައުދީގެ ތެޔޮ މަރުކަޒުތަކަށް ދިން ހަމަލާތަކަށްފަހު އެގައުމުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް އެމެރިކާއިން ކުރަމުން އަންނަ މަސައްކަތުގައި އިނގިރޭސިވިލާތުންވެސް ބައިވެރިވުމުގެ ވިސްނުން ގެންގުޅޭކަމަށް ވިދާޅުވެފައެވެ.

މި ހަމަލާތަކަށް ފަހު އެމެރިކާއާއި އިރާނާއި ދެމެދު ކުރިއަށްދަ ހަމަނުޖެހުންތަކަށް ނިމުމެއް ގެނައުމަށް ފަރަންސޭސިވިލާތުން މަސައްކަތް ކުރާއިރު އެ ގައުމުގެ ރައީސް އެމާނުއެލް މެކްރޮން ވަނީ ދެގައުމުގެ ރައީސުންނާއި ވަކިވަކިން ބައްދަލު ކުރައްވާ މައްސަލަތައް ހަމަޖެއްސޭނެ ގޮތަކާއި މެދު މަޝްވަރާކުރައްވާނެކަމުގައި ވިދާޅުވެފައެވެ. އެހެންނަމަވެސް އިރާނުގެ ފޮރިން މިނިސްޓަރ މުހައްމަދު ޖަވާދު ޒާރިފް ވަނީ އެމެރިކާއާއި އެކު އިރާނުން އެއްވެސް މަޝްވަރާއެއް ނުކުރާނެ ކަމަށް ވިދާޅުވެފައެވެ. ޒާރިފް ވިދާޅުވީ، ޓްރަމްޕަ ވަނީ އެގައުމާއިއެކު މަޝްވަރާކުރުމުގެ ދޮރުތައް ބަންދުކޮށްފައި ކަމުގައެވެ.

ޒާރިފް ވަނީ ތެޔޮ މަރުކަޒުތަކަށް ދިން ހަމަލާތަކުގައި އިރާނުގެ އަތެއް ނުވާކަމާށާއި އދ ގެ އާންމު މަޖިލީހަށް އެގައުމުގެ ރައީސް ހަަސަން ރޫހާނީ ދަތުރު ކުރަން ހަމަޖެހިފައި ވަނިކޮށް އެގައުމުން އެފަދަ ކަމެއް ނުކުރާނެ ކަމަށް އޭނާ ވިދާޅުވެފަ އެވެ. އަދި އިރާނުން ދިން ހަމަލާއެއް ނަމަ ތެޔޮ މަރުކަޒުތަކުގެ އެއްވެސް ބައެއް ސަލާމަތުން ނުހުންނާނެ ކަމަށްވެސް ޒާރިފް ވިދާޅުވިއެވެ.

ޒާރިފް އިތުރަށް ވިދާޅުވީ، ހަމަލާތަކުގެ ޒިންމާ ނަގައިފައިވާ ޔަމަނުގެ ހޫތީ ޖަމާއަތުން ސައުދީއަށް ހަމަލާދޭނެ ސަަބަބުތައް އެބަހުރި ކަމުގައެވެ. އަދި ޔަމަނަށް ސައުދީގެ ވައިގެ އަސްކަރިއްޔާއިން ދިން ހަމަލާތަކަށް ފަހު އެ ޖަމާއަތުން ބަދަލު ހިފަން ބޭނުންވާނެ ކަމަށް ވެސް ޒާރިފް ވަނީ ފާހަގަކުރައްވާފައެވެ.

ސެޕްޓެމްބަރު 14 ވަނަ ދުވަހު ދިން ހަމާލާއާއި ގުޅޭގޮތުން އެމެރިކާގެ ނިޔުޔޯކްގައި ކުރިއަށްދާ 74 ވަނަ އދ ގެ އާންމު މަޖިލީހަށް ވަޑައިގެން އުޅުއްވާ ގައުމުތަކުގެ ލީޑަރުން ދަނީ މަޝްވަރާކުރައްވަމުންނެވެ. ސައުދީން ދަނީ ހަމަލާ ހިނގާދިޔަ ގޮތް ބައިނަލްއަގްވާމީ އިންވެސްޓިގޭޝަން ޓީމެއް މެދުވެރިކޮށް ބަލަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކަނޑުފޭރިގެންފައިވާ ތެޔޮ ޓޭންކަރު ދޫކުރަނީ ފައިސާ ދިނުމުން ކަމަށް ކަނޑުފޭރޭ މީހުން ބުނެފި

ކަނޑުފޭރިގެންފައިވާ ތެޔޮ ޓޭންކަރު ދޫކުރަނީ ފައިސާ ދިނުމުން ކަމަށް ކަނޑުފޭރޭ މީހުން ބުނެފި

15 މާރިޗު 2017
ސައުދީ ރަސްގެފާނަށް ހަމަލާދޭން އުޅުނު ބަޔަކު ހައްޔަރުކޮށްފި

ސައުދީ ރަސްގެފާނަށް ހަމަލާދޭން އުޅުނު ބަޔަކު ހައްޔަރުކޮށްފި

07 މާރިޗު 2017
ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ

ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ

27 ފެބުރުއަރީ 2017
އޭޝިއާއަށް ކުރައްވާ ދަތުރުފުޅުގައި ސައުދީ ރަސްގެފާނު މެލޭޝިއާއަށް ވަޑައިގެންފި

އޭޝިއާއަށް ކުރައްވާ ދަތުރުފުޅުގައި ސައުދީ ރަސްގެފާނު މެލޭޝިއާއަށް ވަޑައިގެންފި

26 ފެބުރުއަރީ 2017
ސައުދީ ސްޓޮކް އެކްސްޗޭންޖް އިން ފުރަތަމަ ފަހަަރަށް އަންހެންބޭފުޅަކު، އެތަނުގެ ޗެއާޕާސަން ކަމަށް އައްޔަން ކުރައްވައިފި

ސައުދީ ސްޓޮކް އެކްސްޗޭންޖް އިން ފުރަތަމަ ފަހަަރަށް އަންހެންބޭފުޅަކު، އެތަނުގެ ޗެއާޕާސަން ކަމަށް އައްޔަން ކުރައްވައިފި

21 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

27 މާރިޗު
ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމް ޗީޒް އެންޑް ޕީނަޓް ބަޓަރ ސްޓްރޯބެރީ ސޭންޑްވިޗް

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި
20242 އަހަރު ކުރިން
ރާއްޖެ

އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާއަށް ދިޔަ އުމްރާވެރިން މައްކާގައި މަގުމަތިވެފައި

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮސްޓްރޭލިޔާގެ ރައްޔިތަކަށް 160،000 ޑޮލަރުގެ އަގުހުރި ރަން އެކުލެވޭ ގަލެއް ހޮވިއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް
20224 އަހަރު ކުރިން
ރާއްޖެ

ރާފިލް ޓްރެއިނިންގއަށް ގެންގޮސްފައިވަނީ މެޑިކަލް ޓެސްޓުން ފެއިލްވެފައި ވަނިކޮށް

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ކިޑްނީއެއް ނުލިބުމަށްވުރެ ހިތްދަތިވީ އެންމެ ބޭނުންވި ދުވަހު ލޯބިވާ މީހާ ދޫކޮށްފައި ދިއުމުން!

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު
20197 އަހަރު ކުރިން
ރާއްޖެ

ނުކުތީ ގޮނޑި ބޭނުން ވެގެނެއް ނޫން، ރައްޔިތުންގެ މުދާ ހިމާޔަތް ކުރަން: ޔައުގޫބު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟
20188 އަހަރު ކުރިން
ތަފާތު ޚަބަރު

90ގެ ޓްރެންޑެއް ކަމަށްވާ \'ތޮންގް ހީލްސް\' އަނބުރާ އައީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު