ބިލެތްދޫގެ އާ އިންޖީނުގޭގެ ބިންގާ އަޅައިފި
20 ސެޕްޓެމްބަރު 2019 | ހުކުރު 12:27މި އަހަރުގެ ތެރޭގައި އިންޖީނުގެ އެޅުމުގެ 30 މަޝްރޫއު ފަށާނެ

އަމްނާ އިމާދު | 20 ސެޕްޓެމްބަރު 2019 | ހުކުރު 12:27
އާ އިންޖީނުގޭގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން
ފ. ބިލެތްދޫގެ އާ އިންޖީނުގޭގެ ބިންގާ އަޅައިފިއެވެ.
ހުކުރު ދުވަހު ހެނދުނު ބިލެތްދޫގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ރަށުގެ އާ އިންޖީނުގޭގެ ބިންގާ އަޅުއްވައި ދެއްވީ އެ މަޝްރޫއުގެ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު އެވެ.
ފެނަކައިން ބުނީ މި އަހަރުގެ ތެރޭގައި އިންޖީނުގެ އެޅުމުގެ 30 މަޝްރޫއު ފަށާނެ ކަމަށެވެ.
އެގޮތުން ބިލެތްދޫގެ މަޝްރޫއަކީ މިއަހަރު ތެރޭ ހަދައި 17 ވަނަ އިންޖީނުގެ އެޅުމުގެ މަޝްރޫއު ކަމަށް ފެނަކައިން މައުލޫމާތުދެއެވެ.
މިރަސްމިއްޔާތުގައި ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.








