Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕްރޮގްރެސިވް ކޯލިޝަން

ޕާޓީ ދޫކޮށް ވަޑައިގަތް ބޭފުޅުން ރައީސް ޔާމީނާއި ބައްދަލުކޮށް ވަދާއީ ސަލާމެއް ނުކުރޭ: މުންދު

ރައީސް ޔާމީނުގެ ނަންފުޅު ބޭނުންކުރައްވަމުން ގެންދަވާކަމަށް ވިދާޅުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 18 ސެޕްޓެމްބަރު 2019 | ބުދަ 11:39
މުހައްމަދު ހުސައިން ޝަރީފް (މުންދު)

މުހައްމަދު ހުސައިން ޝަރީފް (މުންދު)

ޕީޕީއެމް/ޕީއެންސީ ދޫކޮށް އެހެން ޕާޓީތަކަށް ވަޑައިގެންނެވި ބޭފުޅުން ރައީސް އަބްދުﷲ ޔާމީނާއި ބައްދަލުކުރައްވައި ވަދާއީ ސަލާން ކުރައްވާފައިނުވާކަމަށް ޕްރޮގްރެސިވް ކޯލިޝަނުން ބުނެފި އެވެ.

ޕާޓީ ދޫކުރައްވައި ވަޑައިގަތް ބައެއް މެމްބަރުން ޕާޓީގެ ބޭފުޅުންނަށް ގުޅައި އަލަށް ގުޅުނު ޕާޓީއާއި ގުޅިވަޑައިގަތުމަށް ބުނަމުންދާކަމުގެ ޝަކުވާތައް ލިބެމުންދާކަން ފާހަގަކުރައްވައި ޕީއެންސީގެ ނައިބް ރައީސް، މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވީ، އެބޭފުޅުން ގުޅުއްވައި ރައީސް ޔާމީނުގެ ނަންފުޅު ބޭނުންކުރައްވަމުން ގެންދަވާ ކަމަށެވެ. ނަމަވެސް އޭގެތެރެއިން އެއްވެސް ބޭފުޅަކު ޕާޓީ ދޫކުރައްވައި ވަޑައިގަތުމުގެ ކުރިން ރައީސް ޔާމީނަށް ގުޅުއްވާފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕާޓީ ދޫކުރައްވައި ވަޑައިގަތް ފަރާތްތަކުގެ އަތުގައި ޕާޓީގެ މެމްބަރުންގެ ނަންބަރުތައް ހުންނާނެ ކަމަށާއި، އެ ފަރާތްތަކުން އެ މައުލޫމާތުތަކުގެ ނާޖާއިޒު މަންފާ ނަގަމުންދާކަމަށްވެސް މުންދު ވިދާޅުވިއެވެ.

މުންދު އެހެން ވިދާޅުވެފައިވާއިރު، ދާދި ފަހުން އެޕާޓީއަށް ނިސްބަތްވާ ބައެއް މެމްބަރުން ވަނީ ޕާޓީ ދޫކުރައްވައި ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެންފައެވެ. އެގޮތުން ގުޅިވަޑައިގަތް ބައެއް ބޭފުޅުންގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދާއި ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހްމަދު، ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކު، ކެލާ ދާއިރާގެ ކުރީގެ މެމްބަރު އަލީ އާރިފް، ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު އަސްއަދް, އިނގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ފަލާހު، އިތުރުން ޕީޕީއެމްގެ ކުރީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އިގްބާލް އާދަމް ހިމެނިވަޑައިގަންނަވައެވެ.

ޕްރޮގްރެސިވް ކޯލިޝަނުން އިތުރަށް ބުނީ، ޕާޓީ އިތުރަށް ވަރުގަދަ ކުރުމަށްޓަކައި ޕާޓީގެ ލީޑަރ ރައީސް އަބްދުﷲ ޔާމީން ރާއްޖެތެރެއަށް ސިލްސިލާ ދަތުރުތަކެއް ކުރައްވަމުން ގެންދަވާ ކަމަށާއި، އެގޮތުން ބުދަ ދުވަހު މ އަތޮޅާއި ފ އަތޮޅަށް ކުރައްވާ ދަތުރުތަކަށް ފުރާ ވަޑައިގަންނަވާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު