Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހައުސިންގ މިނިސްޓްރީ

މުޅި ރާއްޖެއަށް ބަހާލައިގެން އިިތުރު 15000 ހައުސިން ޔުނިޓް އިމާރަތްކުރަނީ

17 ސެޕްޓެމްބަރު 2019 | އަންގާރަ 22:23

މި ހައުސިންގ ޔުނިޓްތައް ބަހަލާފައިވާނީ އަބާދީގެ ނިސްބަތުން

ޝަރޫނާ އަބްދުﷲ
ޝަރޫނާ އަބްދުﷲ | 17 ސެޕްޓެމްބަރު 2019 | އަންގާރަ 22:23
އަތޮޅުތެރޭގައި އިމާރަތްކޮށްފައިވާ ހައުސިންގ ޔުނިޓްތަކެއް

އަތޮޅުތެރޭގައި އިމާރަތްކޮށްފައިވާ ހައުސިންގ ޔުނިޓްތަކެއް

ސަރުކާރުން ފްރޭމްވޯކް އެގްރީމެންޓުގައި ސޮއިކޮށް، އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ 9200 ހައުސިން ޔުނިޓްގެ އިތުރުން މުޅި ރާއްޖެއަށް ބަހާލައިގެން އިތުރު 15000 ހައުސިން ޔުނިޓްގެ މަސައްކަތް ފެށުމަށް ނިންމާފައިވާކަމަށް ހައުސިން މިނިސްޓްރީން ހާމަކޮށްފި އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައިި ވާހަކަދައްކަވަމުން ހައުސިންގ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަލީ ޝާމިން ވިދާޅުވީ އަމާޒަކީ 20،000 ހައުސިންގ ޔުނިޓް އެންމެ މަދުވެގެން ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށެވެ. އަދި މަސައްކަތްކުރަނީ ވިހާވެސް ގިނަ ހައުސިންގ ޔުނިޓްތަކާއެކު ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވެހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށްކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ފްރޭމްވޯކް އެގްރީމެންޓުގައި ސޮއިކޮށްފައިވާ 9200 ހައުސިން ޔުނިޓަކީ މާލެ ސަރަހައްދުގައިި އިމާރަތްކުރާ 4200 ޔުނިޓާއި، ދެކުނުގެ އަތޮޅުތަކުގައި އިމާރަތްކުރާ 5000 ހައުސިން ޔުނިޓްކަމަށް ޝާމިން ވިދާޅުވި އެވެ.

Advertisement - newsAdvertisement

އޭނާ ވިދާޅުވީ އެ 5000 ހައުސިން ޔުނިޓްްގެ އިތުރުން 15000 ހައުސިން ޔުނިޓް މުޅި ރާއްޖެއަށް ބަހާލައިގެން ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން އަތޮޅުތަކަށް ހައުސިން ޔުނިޓްތައް ބާހާލައިފައިވާނީ އާބާދީގެ ނިސްބަތަށް ބެލުމަށްފަހުގައިކަމަށް ޝާމިން ވިދާޅުވި އެވެ.

އެއީ ހއ. އަތޮޅަށް 1500 ހައުސިން ޔުނިޓާއި، ހދ. އަތޮޅަށް 1500 ހައުސިން ޔުނިޓާއި، ރ. އަތޮޅަށް 1500 ހައުސިން ޔުނިޓާއި، އަދި ށ. އަތޮޅަށް 1000 ހައުސިން ޔުނިޓްގެ އިތުރުން ނ. އަތޮޅާއި ބ، ކ، އދ އަތޮޅަށް 1000 ހައުސިން ޔުނިޓް އެވެ. އޭގެއިތުރުން ޅ. އަތޮޅަށް 850 ހައުސިން ޔުނިޓާއި، އއ. އަށާއި ދ. އަތޮޅަށް 900 ހައުސިން ޔުނިޓާއި، މ. އަތޮޅަށާއި ފ. އަތޮޅަށް 800 އަދި ވ. އަތޮޅަށް 250 ހައުސިން ޔުނިޓް އިމާރަތްކުރުމަށް ހަމަޖެހިފައިވާކަމަށް ޝާމިން ވިދާޅުވި އެވެ.

ޝާމިން ވިދާޅުވީ މިކަން ނިންމާފައިވަނީ ވަކި އުސޫލުތަކެއްގެ މަތިން ކަމަށާއި ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު އެ އުސޫލު ދިވެހި ސަރުކާރުގެ ގެޒެޓުގައި ހިމެނިފައިވާނެ ކަމަށެވެ. އަދި ރަށްތައް ކަނޑައަޅަނީ އަތޮޅު ފެންވަރުގައި މަޝްވަރާކުރުމަށްފަހުގައިކަމަށް ޝާމިން ވިދާޅުވި އެވެ.

ޝާމިން ވިދާޅުވީ މިހާރު ސޮއިކުރެވިފައިވާ 9200 ހައުސިންގ ޔުނިޓްގެ ފްރޭމްވޯކް އެގްރިމެންޓުގެ 6 މަސް ދުވަސް ނިމި، ނޮވެމްބަރު މަހުގެ ތެރޭގައި އަމަލީ މަސައްކަތް ފެށިގެންދާނެކަމަށެވެ. އަދި މިއަހަރު މިހާރުވެސް އިތުރު ޕްރޮޖެކެޓްތަކުގައި މަސައްކަތްތައް ކުރިއަށްދާއިރު، އޭގެތެރޭގައި ހުޅުމާލޭގައި ވިޔަފާރި އުސޫލުން 4000 އެއްހާ ހައުސިންގ ޔުނިޓް އިމާރަތްކުރެވެމުންދާކަމަށް ޝާމިން ވިދާޅުވި އެވެ. އަދި އަމާޒަކީ ވެރިކަމުގެ ދައުރުގެ މެދަކަށްދާއިރު، ބޮޑު ބަޔެއް ނިންމާލާ ހައްޤުވެރިންނަށް ހައުސިން ޔުނިޓްތައް ދޫކޮށްލުންކަމަށް ޝާމިން ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މުޅި ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވެެހިކަމުގެ މައްސަލަ ހައްލުކޮށްދެއްވާނެކަމަށް ވައުދުވެވަޑައިގެންފަ އެވެ. އަދި އެއީ އެމަނިކުފާނުގެ ސަރުކާރުގެެ އެންމެ މުހިންމު އެއް އަމާޒުގެ ގޮތުގައި ވަނީ ހަމަޖައްސަވާފަ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި

07 ފެބުރުއަރީ 2017
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
24 ޖެނުއަރީ 2017

މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް

24 ޖެނުއަރީ 2017
މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ

06 ޖެނުއަރީ 2017
2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް