Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޤައުމީ ފަތުރުވެރިކަމުގެ ދުވަސް

ފަތުރުވެރިކަމުގެ ބައިގަރުނުގައި ޤާސިމްގެ ބައެއް ތަޖުރިބާ

އެ މަސައްކަތް ފުރަތަމަ ފެއްޓެވިއިރު ބޮޑެތި ގޮންޖެހުންތަކެއް ހުރި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 3 އޮކްޓޯބަރު 2022 | ހޯމަ 03:40
ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު، އަދި ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ޤާސިމް އިބްރާހިމް ވަނީ އޭނާގެ ތަޖުރިބާއާ ގުޅޭ ގިނަ ވާހަކަފުޅުތަކެއް ހިއްސާ ކުރައްވާފައެވެ.

ޤައުމީ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ރާއްޖެޓީވީން ގެނެސްދިން "ރަން 50" ކަވަރޭޖަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި ޤާސިމް ވަނީ ފޮރިން އެކްސްޗޭންޖުގެ ތެރެއިން ގޮސް، ފަތުރުވެރިކަމުގެ ތެރެއަށް ވަދެވަޑައިގެންނެވި ގޮތް ވިދާޅުވެފައެވެ. އެގޮތުން އެ މަސައްކަތް ފުރަތަމަ ފެއްޓެވިއިރު ބޮޑެތި ގޮންޖެހުންތަކެއް ހުރިކަމަށް ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ، ސަން އައިލެންޑް އެންމެ ފުރަތަމަ ހެއްދެވިއިރު، އެ މަރުހަލާގައި ބޭންކުން ލޯނެއް ވެސް ނުލިބުނު ކަމަށެވެ. ނަމަވެސް ފަހުން ކްރެޑިޓް ފެސިލިޓީ ވެސް ހަމަޖެހުނުކަމަށް ޤާސިމް ވިދާޅުވިއެވެ. އޭރު ޤާސިމްގެ އުމުރުފުޅުން ގާތްގަނޑަކަށް 36 އަހަރުކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން، ފަތުރުވެރިކަން މާކެޓު ކުރުމުގައި ވެސް ފުރަތަމަ މަރުހަލާގައި ގޮންޖެހުންތަކެއް ހުރިކަމަށް ޤާސިމް ވިދާޅުވިއެވެ. ނަމަވެސް ފަހުން ރާއްޖެއަށް ވެސް ލިބިގެންދިޔަ މަޝްހޫރުކަމާއެކު، އެ މަސައްކަތުގައި ވެސް ލުއިތައް ލިބިގެން ދިޔަކަމަށް އޭނާ ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ އޭރުވެސް ފަތުރުވެރިންގެ މެދުގައި ރާއްޖެ ނުހަނު މަޤުބޫލު ކަމަށެވެ. އެގޮތުން ކޮންމެ ގޮތެއް ހަދާފައިނަމަވެސް ރާއްޖޭގެ ހިތްފަސޭހަ ތަޖުރިބާ ކޮށްލުމަށް ފަތުރުވެރިން ކެތްމަދުވެފައިވާ މިންވަރަށް ޤާސިމްގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ.

އޭގެ އިތުރުން، ރިސޯޓުތައް ތަރައްޤީ ކުރެއްވިއިރު ވެސް ކޮންމެ މަސައްކަތެއްގައި ވެސް އަމަލީ ގޮތުން ޙަރަކާތްތެރިވެ، ގާތުން އެ ކަންކަން ބައްލަވާފައިވާނެ ކަމަށް ޤާސިމް ވިދާޅުވިއެވެ. ޤާސިމް ވަނީ އެ މަސައްކަތުގައި އެކި ގޮތްގޮތުން އެހީތެރިކަން ދެއްވި ފަރާތްތައް ފާހަގަ ކުރައްވާފައެވެ. ޤާސިމް ވިދާޅުވީ، އޭރުވެސް އޭނާއަށް އެނގިވަޑައިނުގެން ރިސޯޓުތަކުގެ އެއްވެސް މަސައްކަތެއް ހިނގާފައިނުވާނެ ކަމަށެވެ.

"ވިލާ" ކުންފުނި އުފެދުނު ގޮތަށް އަލިއަޅުވާލައްވާ ޤާސިމް ވިދާޅުވީ، އެ ނަން ކިޔުއްވީ އޭނާގެ ގެ ކަމަށްވާ "މާފަންނު ވިލާ" އާވެސް ގުޅުވާލައިގެން ކަމަށެވެ. ނަމަވެސް އޭނާ އެ ނަން ނިސްބަތް ކުރެއްވީ އުޑުމަތީގައި ހުންނަ ވިލާތަކަށްކަމަށް ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ، ދުނިޔެއަށް އަންނަ އެކިކަހަލަ ބަލިމަޑުކަމާއި، ހަލަބޮލިކަމާއެކު ފަތުރުވެރިކަމަށް އޭގެ އެކި ކަހަލަ ގޮންޖެހުންތައް ކުރިމަތިވެފައިވާ ކަމަށެވެ. އޭގެ އެއް މިސާލަކީ ކޮވިޑް-19 ގެ ހާލަތުކަން ޤާސިމް ފާހަގަ ކުރެއްވިއެވެ.

ގާސިމް އިބްރާހީމްފަތުރުވެރިންދިވެހި ފަތުުރުވެރިކަމުގެ ރަންޔޫބީލް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ލޫޓުވައިފި، ލޫޓުވައިފި މުޒާހަރާ އަށް މީހުން ދިއުން މަދުކުރުމަށް ގާސިމު ކުރި ޕޯސްޓާ އެކު މީހުން ރަތައް!

ލޫޓުވައިފި، ލޫޓުވައިފި މުޒާހަރާ އަށް މީހުން ދިއުން މަދުކުރުމަށް ގާސިމު ކުރި ޕޯސްޓާ އެކު މީހުން ރަތައް!

03 އޮކްޓޯބަރު 2025
ކާޑެއްދޫ ސަރުކާރަށް ހަވާލު ކުރާތީ 18 މިލިއަން ޑޮލަރު ގާސިމް އަށް ލިބޭކަން ހާމަ ވެއްޖެ

ކާޑެއްދޫ ސަރުކާރަށް ހަވާލު ކުރާތީ 18 މިލިއަން ޑޮލަރު ގާސިމް އަށް ލިބޭކަން ހާމަ ވެއްޖެ

22 އޯގަސްޓު 2025
ގަވާއިދާ ހިލާފަށް ވިޔަފާރިވެރިޔާ ގާސިމް މާމިގިލީން ގިނަ އަދަދެއްގެ ރުށް ބޭރު ކުރާ މައްސަލަ ބޮޑުވެއްޖެ

ގަވާއިދާ ހިލާފަށް ވިޔަފާރިވެރިޔާ ގާސިމް މާމިގިލީން ގިނަ އަދަދެއްގެ ރުށް ބޭރު ކުރާ މައްސަލަ ބޮޑުވެއްޖެ

17 އެޕްރީލު 2025
ގެއްލުން ނުވާނަމަ ސަރުކާރާއެކު ޑީލެއްގެ ދަށުން ކާޑެއްދޫ އެއަރޕޯޓް ދޫކޮށްލަން މިހުންނެވީ ތައްޔާރަށް: ގާސިމް

ގެއްލުން ނުވާނަމަ ސަރުކާރާއެކު ޑީލެއްގެ ދަށުން ކާޑެއްދޫ އެއަރޕޯޓް ދޫކޮށްލަން މިހުންނެވީ ތައްޔާރަށް: ގާސިމް

18 ފެބުރުއަރީ 2025
ވ.އަތޮޅު ރިސޯޓެއްގެ މޫދަށް އެރި އުޅުނު ފަތުރުވެރިއެއް ގެނބިގެން މަރުވެއްޖެ

ވ.އަތޮޅު ރިސޯޓެއްގެ މޫދަށް އެރި އުޅުނު ފަތުރުވެރިއެއް ގެނބިގެން މަރުވެއްޖެ

21 އޮކްޓޯބަރު 2024

އަހަރުތަކުން މިއަދު

24 ފެބުރުއަރީ
ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!
20242 އަހަރު ކުރިން
ރާއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ
20224 އަހަރު ކުރިން
ރިޕޯޓު

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!
20197 އަހަރު ކުރިން
ރިޕޯޓު

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު