Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓެރަރިޒަމްގެ ގާނޫނު

ޓެރަރިޒަމްގެ ބިލުން މިހާރުގެ ގާނޫނުން ނުލިބެނީ ކޮން ކަމެއްތޯ ސާފުވާން ޖެހޭ: އަލީ އާޒިމް

15 ސެޕްޓެމްބަރު 2019 | އާދީއްތަ 13:07

އަސާސީ ހައްގުތައް ހަނި ކުރަން އެމްޑީޕީގެ މެމްބަރުން ދެކޮޅު

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 15 ސެޕްޓެމްބަރު 2019 | އާދީއްތަ 13:07
ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ލީޑަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް

ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ލީޑަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ޓެރަރިޒަމް ހުއްޓުވުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށައެޅި ބިލުން މިހާރު އޮތް ގާނޫނުން ނުލިބެނީ ކޮން ކަމެއްތޯ ސާފުވާން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ލީޑަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ހުށަހެޅުއްވި ބިލުގައި ފުލުހުންނަށް ބޮޑެތި ބާރުތަކެއް ވަނީ ލިބިދީފައެވެ. އެގޮތުން ޓެރަރިޒަމްގެ ކުށްތަކުގެ ތުހުމަތު ކުރެވޭ މީހުން ކޯޓު އަމުރެއް ނެތި ހައްޔަރުކޮށް މީހުން ބަންދުކޮށްފައި ވަނީ ގާނޫނީ ހަމަތަކުގެ މަތިންތޯ ކަނޑައެޅުމަށް އެ މީހަކު ހައްޔަރުކުރާތާ ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރަން ވާނެ ކަމަށް ބިލުގައި ބުނެފައި ވެއެވެ.

Advertisement - newsAdvertisement

އާޒިމް ރާއްޖެއެމްވީއަށް ވިދާޅުވީ އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ މެދުގައާއި އެޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރުންގެ މެދުގައި ވެސް އެ ބިލާމެދު ޚިޔާލު ތަފާތުވުންތަކެއް އުޅޭ ކަމަށެވެ. އެގޮތުން ގާނޫނުން ލިބިދޭ އަސާސީ ހައްގުތައް ކުޑަ ކުރުމަށް އެއްވެސް މެމްބަރަކު ބޭނުންވެ ނުލައްވާ ކަމަށް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ ތުހުމަތުގައި ހައްޔަރު ކުރެވޭ ފަރާތް ހައްޔަރު ކުރުމަށްފަހު 48 ގަޑިއިރު ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ގެންނަންޖެހެނީ ކީއްވެތޯ އާއި ކޯޓު އަމުރެއް ނެތި ތަންތަން ބަލައި ފާސްކުރެވޭ ގޮތަށް ބިލްގައި އޮތުމާއި އަސާސީ ހައްގުތައް ކުޑަކުރަން ނިންމި ސަބަބު ފުލުހުންނާއި ބަންޑާރަނައިބުގެ އޮފީހުން ސާފުކޮށްދޭން ޖެހޭ ކަމަށެވެ. އެހެންކަމުން ސަރުކާރާއި އެކު މަޝްވަރާ ކުރަން އެދިފައިވާނެ ކަމަށް ވިދާޅުވިއެވެ.

ބިލްގައި ބުނާ ޓެރަރިޒަމްގެ ކުށެއްގެ ތުހުމަތުކުރެވޭ މީހާގެ އަތުގައި، ކުށެއް ކުރުމަށް ބޭނުންކުރެވޭނެ އެއްޗެއް ނުވަތަ އެފަދަ ކުށެއްގެ ހެއްކެއްގެ ގޮތުގައި ބޭނުންކުރެވޭނެ އެއްޗެއް އޮތްކަމަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ތުހުމަތުކުރެވޭ ނަމަ، ކޯޓު އަމުރަކާ ނުލައި އެފަދަ މީހެއް ބަލައި ފާސް ކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ.

ބަލައި ފާސްކުރާ މީހެއްގެ މައްޗަށް ތުހުމަތުކުރެވޭ ކުށާ ގުޅޭ އެއްޗެއް އޭނާގެ ހަށިގަނޑުގައި ފޮރުވާފައިވާ ކަމަށް ގަބޫލު ކުރުމުގައި އެކަށީގެންވާ ސަބަބެއް އޮތްނަމަ، ކޯޓު އަމުރަކާ ނުލައި އޭނާގެ ޖިންސީ ގުނަވަން ހާމަވާ ގޮތަށް ބަލައި ފާސްކުރުމުގެ އިޚްތިޔާރު ފުލުހުންނަށް ލިބިގެންވާ ކަމަށް ވެސް ބިލްގައި ބުނެފައިވެއެވެ.

ބިލްގައި ވަނީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހަނު ހުރުމުގެ ހައްގު އުނިކުރަން ހިމަނާފައެވެ.

އެގޮތުން މައްސަަލައިގައި ޝަރީޢަތަކަށް ހުށަހެޅިފައިވާ ހެކީގެ ބުރަދަނަށް ބަލާއިރު، ކުށެއް ކުރިކަމަށް އެކަށީގެންވާ މިންވަރަކަށް ޤަބޫލުކުރެވޭނަމަ، އޭނާ ހަނު ހުންނަ ހުރުމަކީ، އެކަމަށް އިތުރު ބާރު ލިބިދޭ ކަމެއް ކަމުގައި ބެލެވިދާނެ ކަމަށް ބިލްގައިވެއެވެ.

ސަރުކާރުގެ ފަރާތުން ޓެރަރިޒަމް ހުއްޓުވުމުގެ ގާނޫނަށް އިސްލާހު ގެންނަންް ހުށައެޅުމާއެކު ދައުރުން ބޭރުން ބުރާސްފަތި ދުވަހު ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވާފައެވެ. ބިލްގެ ފުރަތަމަ ކިޔުން ވަނީ އެޖަލްސާގައި އިއްވައިފަ އެވެ. އެބިލް ބަލައިގަތުމާމެދު ގޮތެއް ކަނޑައެޅުމަށްފަހު ބިލް ކުރިއަށްގެންދަން ބޭނުންވާނަމަ ކޮމިޓީއަށް ފޮނުވާނެއެވެ. އާޒިމް ވިދާޅުވީ ކޮމިޓީ މަރުހަލާގައި ބިލަށް ގެންނަން ބޭނުންވާ އިސްލާހު ކޮމިޓީގެ މެމްބަރުން ހުށައަޅުއްވާނެ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

05 ސެޕްޓެމްބަރު 2017

ރައީސް ޔާމީންގެ އަންދާ ގާނޫނުން ގޮނޑި ގެއްލިއްޖެކަމަށް އިއުލާންކުރުމުން އަންނަނީ ހިނި: އަބްދުﷲ އަހުމަދު

05 ސެޕްޓެމްބަރު 2017
ރައީސް ޔާމީންގެ އަންދާ ގާނޫނުން ގޮނޑި ގެއްލިއްޖެކަމަށް އިއުލާންކުރުމުން އަންނަނީ ހިނި: އަބްދުﷲ އަހުމަދު
03 އޯގަސްޓު 2017

ސަރުކާރުން މަޖިލިސް މުވައްޒަފުން ޓެރަރިޒަމްގެ ނުރައްކަލަކަށް ދޫކޮށްލުމީ ބިރުވެރިކަމެއް:ހިސާން

03 އޯގަސްޓު 2017
ސަރުކާރުން މަޖިލިސް މުވައްޒަފުން ޓެރަރިޒަމްގެ ނުރައްކަލަކަށް ދޫކޮށްލުމީ ބިރުވެރިކަމެއް:ހިސާން
03 އޯގަސްޓު 2017

ސިފައިންގެ ހިދުމަތުގައި ގާނޫނުން ލިބިދޭ ބާރުތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުން ކުރާނަން: ޑިފެންސް މިނިސްޓަރު

03 އޯގަސްޓު 2017
ސިފައިންގެ ހިދުމަތުގައި ގާނޫނުން ލިބިދޭ ބާރުތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުން ކުރާނަން: ޑިފެންސް މިނިސްޓަރު
01 އޯގަސްޓު 2017

ފަނޑިޔާރު ޝުޖާއު އަވަހާރަކޮށްލަން އުޅުނު ކަމަށް ބުނާ މައްސަލައިގައި ސައުދުއާއި ހަނީފްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި

01 އޯގަސްޓު 2017
ފަނޑިޔާރު ޝުޖާއު އަވަހާރަކޮށްލަން އުޅުނު ކަމަށް ބުނާ މައްސަލައިގައި ސައުދުއާއި ހަނީފްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި
02 ޖުލައި 2017

ޖިނާއީ އިޖުރާއަތުގެ ގާނޫނުން ހަނު ހުންނަ މީހަކާއި އިތުރަކަށް ސުވާލެއް ނުކުރެވޭނެ: ޝަމީމް

02 ޖުލައި 2017
 ޖިނާއީ އިޖުރާއަތުގެ ގާނޫނުން ހަނު ހުންނަ މީހަކާއި އިތުރަކަށް ސުވާލެއް ނުކުރެވޭނެ: ޝަމީމް
02 ޖުލައި 2017

ޖިނާއީ އިޖުރާއަތުގެ ގާނޫނުން ޖިނާއީ އަދުލުގެ ނިޒާމަށް ހެޔޮ ބަދަލު އަންނާނެ، ހެއްކާއި ބެހޭ ބިލް ފާސްވުން މުހިއްމު: އޭޖީ

02 ޖުލައި 2017
ޖިނާއީ އިޖުރާއަތުގެ ގާނޫނުން ޖިނާއީ އަދުލުގެ ނިޒާމަށް ހެޔޮ ބަދަލު އަންނާނެ، ހެއްކާއި ބެހޭ ބިލް ފާސްވުން މުހިއްމު: އޭޖީ
16 އެޕްރީލު 2017

ގާސިމް ހައްޔަރު ކުރީ މައްސަލައިގައި ރައީސް ޔާމީނުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރެވޭނެ: އަލީ ހުސައިން

16 އެޕްރީލު 2017
ގާސިމް ހައްޔަރު ކުރީ މައްސަލައިގައި ރައީސް ޔާމީނުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރެވޭނެ: އަލީ ހުސައިން
10 އެޕްރީލު 2017

ބިރުދެއްކުމަކީ ޓެރަރިޒަމްގެ އަމަލެއް ނަމަ ޓެރަރިޒަމްގެ ދައުވާ ކުރަންޖެހޭނީ ރައީސް ޔާމީނަށް: މެންބަރު އިބްރާހިމް ހަސަން

10 އެޕްރީލު 2017
ބިރުދެއްކުމަކީ ޓެރަރިޒަމްގެ އަމަލެއް ނަމަ ޓެރަރިޒަމްގެ ދައުވާ ކުރަންޖެހޭނީ ރައީސް ޔާމީނަށް: މެންބަރު އިބްރާހިމް ހަސަން
29 މާރިޗު 2017

ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލެވޭނެ ކަމަށް ގަބޫލެއް ނުކުރަން: ރިޔާޒް

29 މާރިޗު 2017
ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލެވޭނެ ކަމަށް ގަބޫލެއް ނުކުރަން: ރިޔާޒް
28 މާރިޗު 2017

ވެސްޓާން ޔޫނިއަން އިން ފޭރުނު މައްސަލައިގައި ދެ މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ!

28 މާރިޗު 2017
ވެސްޓާން ޔޫނިއަން އިން ފޭރުނު މައްސަލައިގައި ދެ މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް