Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަލަ ސުރުޚީ

ސަރުކާރުން މަޖިލިސް މުވައްޒަފުން ޓެރަރިޒަމްގެ ނުރައްކަލަކަށް ދޫކޮށްލުމީ ބިރުވެރިކަމެއް:ހިސާން

3 އޯގަސްޓު 2017 | ބުރާސްފަތި 14:00

އެއީ ވަރަށް ބޮޑު ނުރައްކަލެއް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 3 އޯގަސްޓު 2017 | ބުރާސްފަތި 14:00
ޤާނޫނީ ވަކީލް ހިސާން ހުސައިން: އޯޑިއޯއިން އެ އެނގުނީ ވަރަށް ބޮޑު ވާހަކައެއް

ޤާނޫނީ ވަކީލް ހިސާން ހުސައިން: އޯޑިއޯއިން އެ އެނގުނީ ވަރަށް ބޮޑު ވާހަކައެއް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެމަޖިލީހަށް ހުރަސްއެޅީ ޓެރަރިޒަމްގެ ނުރައްކާތެރިކަމަކަށް ބިރުން ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފުން އެފަދަ ނުރައްކަލެއްގެ ތެރެއަށް ދޫކޮށްލުމަކީ މާބިރުހުރި ކަމެއްކަމަށް މަޝްހޫރު ޤާނޫނީ ވަކީލް ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.

ހިސާން މިހެން ވިދާޅުވީ ރާއްޖެ ޓީވީން ބުދަ ދުވަހުގެރޭ ގެނެސްދިން ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

ލީކުވެފައިވާ ޑިފެންސް މިނިސްޓަރުގެ އޯޑިއޯއެއްގައި އިވޭ ގޮތުން މިދިޔަ މަހުގެ 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެމަޖިލީހަށް ވަނުމަށް ސަލާމަތީ ޚިދުމަތްތަކުން ހުރަސްއެޅީ ޓެރަރިޒަމްގެ ޢަމަލެއް ހިނގާފާތީ ކަމަށެވެ. އެކަމަށް އިޝާރާތް ކުރައްވާ ހިސާން ވިދާޅުވީ ޓެރަރިޒަމްގެ ތްރެޓަކާ ހުރެމަޖިލިސް ބަންދުކުރިއިރު މެންބަރުންނަށް އެކަން އަންގަވާފައި ނުވާ ކަމަށާއި އެއަށްވުރެވެސް ބިރުވެރިކަމަކީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މަސައްކަތް ކުރާ މުވައްޒަފުން އެފަދަ ނުރައްކަލެއްގެ ތެރެއަށް ލުންކަމަށެވެ. ޓެރަރިޒަމަކީ އެހާ ލުއި ގޮތަކަށް ދޫކޮށްލެވޭވަރުގެ އާދައިގެ ކަމެއް ނޫން ކަމަށާއި ކުޅޭކުޅެ ކަމެއްގެ ގޮތުގައި ބަލައިގެން ވާނެ ކަމެއް ނޫން ކަމަށެވެ.

"ޑިފެންސް މިނިސްޓަރު ވިދާޅުވީ އެގޮތައް އެކަން ކުރެއްވީ (މެންބަރުން މަޖިލީހަށް ވަނުމަށް ހުރަސްއެޅީ) ޓެރަރިޒަމްގެ ތްރެޓެއް އޮވެގެންނޭ. އެއް ނަޒަރަކުން ވިސްނާލާނަމަ އެއީ ވަރަށް ސީރިއަސް ވާހަކައެއް.ޓެރަރިޒަމްގެ ތްރެޓެއް އޮވެގެން ރައްޔިތުންގެ މަޖިލިސް ބަންދުކުރިނަމަ އެއްކަމަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އަންގަވަން ޖެހޭނެ. އެއަށްވުރެ މާކަންބޮޑުވާ މައްސަލައެއް އެބައޮތް. އެދުވަހު ޓެރަރިޒަމްގެ ތްރެޓެއް އޮވެގެން މަޖިލިސް ބަންދުކުރަން އެމްއެންޑީއެފް، ރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކުގަ ހިމެނޭ އެންމެ ބާރުގަދަ ބާރުން ނިންމެވިއިރު ރައްޔިތުންގެ މަޖިލީހުގެ މުވައްޒަފުން ތިއްބެވީ ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި.ސުވާލަކީ ޓެރަރިޒަމްގެ ތްރެޓެއް. އެވަރުގެ ބޮޑު ރިސްކެއް އޮތް ދުވަހެއްގައި ނަމަ ކީއްވެގެންތޯ އެމަޖިލީހުގެ މުވައްޒަފުން އެތަނަށް ވައްދާ އެބޭފުޅުންގެ ލައިފް ރިސްކަށް ލީ" ހިސާން ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެމަޖިލީހަށް ވަނުމަށް ސަލާމަތީ ޚިދުމަތްތަކުން 24 ވަނަ ދުވަހު ހުރަސްއެޅި އެޅުމަށް އިޝާރާތް ކުރައްވާ ހިސާން ވިދާޅުވީ ޤާނޫނީގޮތުން އެކަން ކުރެވޭނެ އެއްވެސް ހަމައެއް ސަލާމަތީ ޚިދުމަތްތަކަށް ނޯންނާނެ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އެބޭފުޅެއްގެ ޤާނޫނީ ޒިންމާ އަދާކުރުމަށް އެމަޖިލީހަށް ވަނުމަށް ހުރަސްއެޅޭނެ އެއްވެސް ޤާނޫނެއް ނޯންނާނެ ކަމަށް ހިސާން ވިދާޅުވިއެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އެމެންބަރެއްގެ ޤާނޫނީ ޒިންމާ އަދާކުރެއްވުމަށް މަޖިލީހަށް ވަޑައިގަންނަވަނިކޮށް ހުއްޓުވައި، އެބޭފުޅުންގެ މަސައްކަތައް ހުރަސްއެޅޭނެ ޤާނޫނީ އެއްވެސް ހުއްޖަތެއް ނޯންނާނެ. އެމަޖިލީހުގެ ޖަލްސާއެއް ނުވަތަ ކޮމެޓީއެއް ނެތްކަމުގައި ވީނަމަވެސް އެބައޮވޭ އެއިދާރާއަށް ވަދެ މަސައްކަތްކޮށް ބައްދަލުވުންތައް ބާއްވައި އެކަހަލަ ކަންކަން ކުރުމުގެ އިޚްތިޔާރު. 24 ވަނަ ދުވަހު އެއްވެސް ސިފައެއްގައި އެމަޖިލީހުގެ މެންބަރުންނަށް އަންގަވާފައެއް ނުވޭ." ހިސާން ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

5

ދުޝްމަނުން އީރާނުގެ ބިމުގައި ފައިޖައްސާލައިފި ނަމަ ފައިބުރިކޮށްލާނަން: ކޮމާންޑަރު

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
15 ޖެނުއަރީ 2017

ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި

15 ޖެނުއަރީ 2017
ރިޔާސީ ބަޔާން ހުށަހެޅުއްވުމާއި މަޖިލިސް ހުޅުވުން ފެބްރުއަރީ 6 ގައި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި

11 ޖެނުއަރީ 2017
މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް