Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސިފައިން

ސިފައިންގެ ހިދުމަތުގައި ގާނޫނުން ލިބިދޭ ބާރުތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުން ކުރާނަން: ޑިފެންސް މިނިސްޓަރު

ގާނޫނުން ލިބިދޭ ބާރުތައް ބޭނުން ކުރާނީ ގައުމުގެ ލާބަޔާ މަންފާއަށްޓަކައި

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 3 އޯގަސްޓު 2017 | ބުރާސްފަތި 10:26
ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު

ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު

ދިވެހި ސިފައިންނާއެކު އަދާކުރަން ޖެހޭ ވާޖިބުތައް އަދާކުރުމުގައި ގާނޫން ލިބިދޭ ބާރުތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުން ކުރައްވާނެ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފް ކުރަމުންދާ އިޖުތިމާއީ މަސައްކަތްތަކާ ގުޅޭ ގޮތުން މީޑިއާ މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ދިވެހި ސިފައިންނާ އެކީގައި ގާނޫނު ގޮތުން އަދާކުރަން ޖެހޭ ވާޖިބުތައް އަދާކުރުމުގައި ދެމި ހުންނަވާނެ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ގާނޫނުއަސާސީގެ ދަށުން ވަޒީރުންގެ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ ވާޖިބްތައް އަދާކުރުމުގަ އާއި އަދި ސިފައިންގެ ގާނޫނުގެ ދަށުން ޑިފެންސް މިނިސްޓަރެއްގެ ހައިސީއްޔަތުން އަދާކުރަން ޖެހޭ ވާޖިބްތައް ގައުމަށް އެންމެ ފައިދާ ހުރި ގޮތަށް އަދާކުރައްވަމުން ގެންދަވާނެ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ސިފައިންގެ ގާނޫނުގެ ދަށުން ލިބިދޭ އެންމެހާ ބާރުތައް ވެސް އެންމެ ފުރިހަމަ އަށް ބޭނުން ކުރައްވާނެ ކަމަށާއި އަދި އެ ބާރުތައް ބޭނުން ކުރާނީ މުޅި ގައުމުގެ ހެވާ ލާބަޔަށްޓަކާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ސިޔާސީ މަޝްރަހާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ވަރިކަމުގެ ނިޒާމް ހިނގަމުންދާ ގޮތުން އަބަދު ވެސް ދައުރެއްގެ ފަހުކޮޅަށްދާއިރު އެދައުރެއްގެ ތެރޭގައި ހިނގާފައި ހުންނަ ތަފާތު ކަންކަމާއި އަދި އާދަކުރާކަށް ތައްޔާރުވުމަށްޓަކައި މަސައްކަތް ކުރެވިގެންދާއިރު އަބަދު ވެސް ސިޔާސީ ހަލަބޮލިކަން އައުމަކީ ރާއްޖޭގެ ސިޔާސީ މަޝްރަހުގެ ތަބީއްޔަތުގައި ހިގަމުން އަންނަ ކަމެއް ކަމަށެވެ.

އެހެން ކަމުން ދިވެހި އަސްކަރީއްޔާއިން އަބަދުވެސް މަސައްކަތް ކުރަން ޖެހޭނީ އެކަންކަމަށް ރިޔާޢަތް ކޮށްގެން ގައުމުގެ ސިޔާސީ މަސްލަހަތު ހިފެހެއްޓުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގެ ޑިމޮކްރެސީ ހަރުދަނާކޮށް މިހާރު ވެސް ސިފައިން ފުލުހުންނާ ގުޅިގެން ކުރަމުންދާ މަސައްކަތް އެގޮތުގައި ކުރަން ޖެހޭނެ ކަމަށާއި އަދި ސިފައިކުރާ ހުރިހާ ކަމެއް ވެސް ކުރަނީ ގައުމުގެ މާދަމާގެ މުސްތަގުބަލަށްޓަކައި ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

04 އެޕްރީލު 2017

ސިފައިންގެ ދެ އޮފިސަރަކަށް ކާނަލްގެ މަޤާމް ދެއްވައިފި

04 އެޕްރީލު 2017
ސިފައިންގެ ދެ އޮފިސަރަކަށް ކާނަލްގެ މަޤާމް ދެއްވައިފި
02 އެޕްރީލު 2017

ގާނޫނު އަސާސީން ލިބިދޭ އެއްވެސް ހައްގެއް ދޫކޮށް ނުލާނަން: ރައީސް މައުމޫން

02 އެޕްރީލު 2017
ގާނޫނު އަސާސީން ލިބިދޭ އެއްވެސް ހައްގެއް ދޫކޮށް ނުލާނަން: ރައީސް މައުމޫން
26 މާރިޗު 2017

ސިޔާސީ މަސްރަހު ހަލަބޮލި ކުރުމަށް ބަޔަކު ދަނީ މަސައްކަތްކުރަމުން: ސަލާމަތީ ބާރުތައް

26 މާރިޗު 2017
ސިޔާސީ މަސްރަހު ހަލަބޮލި ކުރުމަށް ބަޔަކު ދަނީ މަސައްކަތްކުރަމުން: ސަލާމަތީ ބާރުތައް
11 މާރިޗު 2017

މާލޭ ސިޓީ ކައުންސިލް ޕީޕީއެމް އަށް ދީ، މުސާރަ ބޮޑުކޮށް ކައުންސިލްގެ ބާރުތައް ދޭނަން: ނިހާން

11 މާރިޗު 2017
މާލޭ ސިޓީ ކައުންސިލް ޕީޕީއެމް އަށް ދީ، މުސާރަ ބޮޑުކޮށް ކައުންސިލްގެ ބާރުތައް ދޭނަން: ނިހާން
04 މާރިޗު 2017

ސިފައިންގެ ތާއީދެއް ސަރުކާރަކަށް ނެތް، ސިފައިންނަށް ވޯޓުނުލެވޭ ގޮތް ހެދުމަށް ފުރުސަތެއް ނުދޭނަން: އިންތި

04 މާރިޗު 2017
ސިފައިންގެ ތާއީދެއް ސަރުކާރަކަށް ނެތް، ސިފައިންނަށް ވޯޓުނުލެވޭ ގޮތް ހެދުމަށް ފުރުސަތެއް ނުދޭނަން: އިންތި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު