Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމުހައްމަދު ލަތީފް (ލަތީބެ)

އެފްއައިވީބީގެ އެންގުމަށް އިހުތިރާމް ކުރުން މުހިންމު: ލަތީބެ

15 ސެޕްޓެމްބަރު 2019 | އާދީއްތަ 10:02

އެސޯސިއޭޝަންގެ ހިންގުން އިންތިހާބީ ހިންގާ ކޮމިޓީއާ ހަވާލުކުރަން ޖެހޭ

ލީވާން އަލީ
ލީވާން އަލީ | 15 ސެޕްޓެމްބަރު 2019 | އާދީއްތަ 10:02
އޭވީސީގެ ސެކެޓްރީ ޖެނެރަލް (ވ) އާއެކު ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފް (ލަތީބެ) (ކ)

އޭވީސީގެ ސެކެޓްރީ ޖެނެރަލް (ވ) އާއެކު ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފް (ލަތީބެ) (ކ)

ވޮލީގެ މައި އިދާރާ އިންޓަރ ނޭޝަނަލް ވޮލީބޯލް ފެޑެރޭޝަން (އެފްއައިވީބީ) ގެ އެންގުމަށް އިހުތިރާމް ކުރުން މުހިންމު ކަމަށް ވޮލީބޯލް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފް (ލަތީބެ) ވިދާޅުވެއްޖެއެވެ.

ލަތީބެ ސޮއިކުރައްވާ ނެރެފައިވާ ނޫސް ބަޔާނެއްގައި ވިދާޅުވީ، ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ އިންތިހާބީ ހިންގާކޮމިޓީގެ ބާރު ކަނޑުވާލައި، އެ އެސޯސިއޭޝަނުގެ ހިންގުން، ނޯމަލައިޒޭޝަން ކޮމިޓީއަކާ، ކޮމިޝަނަރ އޮފް ސްޕޯޓްސް ޙަވާލުކޮށްފައިވަނީ، ވޮލީބޯޅައިގެ މައި އިދާރާކަމުގައިވާ އެފްއައިވީބީގެ އާއްމު އުސޫލްތަކާ އޮލިމްޕިކް ޗާޓަރާ ހިލާފަށްކަމަށާއި، އެފްއައިވީބީގެ ފަރާތުން 4 ސެޕްޓެމްބަރ 2019 ވަނަ ދުވަހު، ކޮމިޝަނަރ އޮފް ސްޕޯޓްސްގެ ފަރާތުން އައްޔަންކުރައްވާފައިވާ ނޯމަލައިޒޭޝަން ކޮމިޓީގެ ރައީސް އަލްފާޟިލް ޢަބުދުﷲ އާމިރަށް ފޮނުވި ސިޓީގައި އެކަން ބަޔާންކޮށްފައިވާ ކަމަށެވެ.

އެގޮތުން ސަރުކާރުގެ ކަމާބެހޭފަރާތުން އެންމެފަހުން ރަޖިސްޓްރީ ކޮށްދީފައިވާ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިޚާބީ ހިންގާ ކޮމިޓީކަމާއި، ކޮމިޝަނަރ އޮފް ސްޕޯޓްސްގެ ފަރާތުން އައްޔަންކުރައްވާފައިވާ ނޯމަލައިޒޭޝަން ކޮމިޓީއަކީ، ވޮލީބޯޅައާއި ބީޗް ވޮލީ އާއި ގުޅޭގޮތުން އެއްވެސް ކަމެއް ކުރުމުގެ ހައިސިއްޔަތެއް އޮތް ފަރާތެއް ނޫންކަމާއި، އަދި ނޯމަލައިޒޭޝަން ކޮމިޓީއަކީ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނަމުގައި އެއްވެސް މުއާމަލާތެއް އަދި އެއްވެސް ޙަރަކާތެއް ހިންގުމުގެ ހައިސިއްޔަތެއް އޮތް ފަރާތެއް ނޫންކަމަށް އެފްއައިވީބީގެ ސިޓީގައި ބަޔާންކޮށްފައިވާ ކަމަށް ލަތީބެ ވިދާޅުވިއެވެ.

މީގެއިތުރުން ލަތީބެ ވިދާޅުވީ، ނޯމަލައިޒޭޝަން ކޮމިޓީގެ ފަރާތުން މިހާރު ހިންގާ ހުރިހާ ޙަރަކާތެއް ވަގުތުން ހުއްޓާލުމަށާއި، ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގުން، އިންތިޚާބީ ހިންގާ ކޮމިޓީއާއި ޙަވާލުކުރުމަށްވެސް އެ ސިޓީގައި ބަޔާން ކޮށްފައިވާ ކަމަށެވެ.

ލަތީބެ ވިދާޅުވީ، 4 ސެޕްޓެމްބަރ 2019 ދުވަހުން ފެށިގެން، ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނަމުގައި، ނޯމަލައިޒޭޝަން ކޮމިޓީން ހިންގާ އެއްވެސް ޙަރަކާތަކީ، އެފްއައިވީބީ އާއި އެ ޖަމިއްޔާ އާއި ގުޅިފައިވާ އެއްވެސް ފަރާތަކުން ބަލައިގަންނާނެ ހަރަކާތެއް ނޫން ކަމަށާއި، އަދި ނޯމަލައިޒޭޝަން ކޮމިޓީއިން ހިންގާ އެއްވެސް ހަރަކާތަކީ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރަސްމީ ހައިސިއްޔަތު ލިބިދެވޭނެ ހަރަކާތްތަކެއް ނޫންކަން، ވޮލީބޯޅަ އާއި ބީޗްވޮލީބޯޅައަށް ޝައުގުވެރިކަންދެއްވާ އެންމެހާ ފަރާތްތަކުގެ މައުލޫމާތަށްޓަކައި ދަންނަވާ ކަމަށެވެ.

އެފްއައިވީބީގެ ސިޓީގައި ބަޔާންކުރައްވާފައިވާގޮތަށް، ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގުން، އިންތިޚާބީ ހިންގާކޮމިޓީއާއި ޙަވާލުކޮށްދެއްވުމަށް، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އޮނަރަބްލް އަޙްމަދު މަޙްލޫފުގެ އަރިހުގައި 2019 ސެޕްޓެމްބަރ 8 ވަނަ ދުވަހު ސިޓީއަކުން ވަނީ ދަންނަވާފައި ކަމަށްވެސް ލަތީބެ ވަނީ ވިދާޅުވެފައެވެ.

އެފްއައިވީބީން ފޮނުއްވާފައިވާ ސިޓީގައި، އެ އިދާރާގެ އެންގެވުމާ އެއްގޮތަށް ޢަމަލު ނުކުރައްވާނަމަ، ފިޔަވަޅު އަޅަން ޖެހިދާނެކަމާއި، ވޮލީބޯޅަ އާއި ގުޅުންހުރި ފަރާތްތަކުން ވާހަކަ ދައްކައިގެން ޙައްލު ހޯދުމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ގައުމީ ވޮލީ ޓީމުގެ ފަރިތަކުރުން އަންނަ ހަފްތާގައި ފަށަނީ

09 ފެބުރުއަރީ 2017
ގައުމީ ވޮލީ ޓީމުގެ ފަރިތަކުރުން އަންނަ ހަފްތާގައި ފަށަނީ
24 ޖެނުއަރީ 2017

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

24 ޖެނުއަރީ 2017
ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ
22 ޖެނުއަރީ 2017

އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި

22 ޖެނުއަރީ 2017
އޭއެފްސީ ކަޕަށް ތައްޔާރުވާން ވެލެންސިއާގެ ފަރިތަކުރުންތައް ފަށައިފި
18 ޖެނުއަރީ 2017

އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ

18 ޖެނުއަރީ 2017
އެންމެ ފަހުން ކޯސްޓާ ޗެލްސީގެ ފަރިތަކުރުންތަކާ ގުޅިއްޖެ
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
15 ޖެނުއަރީ 2017

ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
10 ޖެނުއަރީ 2017

އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ

10 ޖެނުއަރީ 2017
އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ
04 ޖެނުއަރީ 2017

މުސްތާފީ ދަނީ ފަރިތަކުރުންތަކުގައި ބައިވެރިވަމުން، ސްކޮޑާ ގުޅޭނެ ވަރަށް އަވަހަށް: ވެންގާ

04 ޖެނުއަރީ 2017
މުސްތާފީ ދަނީ ފަރިތަކުރުންތަކުގައި ބައިވެރިވަމުން، ސްކޮޑާ ގުޅޭނެ ވަރަށް އަވަހަށް: ވެންގާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް