ކަނޑޫދޫއިން މަސްވެރިކަމާ ގުޅުންހުރި މަސައްކަތް ކުރުމަށް ބިންތަކެއް ކުއްޔަށް ދޫކުރަނީ
13 ސެޕްޓެމްބަރު 2019 | ހުކުރު 08:01ކުއްޔަށް ދޫކުރުމަށް ނިންމާފައިވަނީ 1600 އަކަފޫޓުގެ 05 ބިން


ތ.ކަނޑޫދޫ
ތ.ކަނޑޫދޫއިން މަސްވެރިކަމާ ގުޅުންހުރި މަސައްކަތް ކުރުމަށް 05 ބިމެއް ކުއްޔަށް ދޫކުރުމަށް އެރަށުގެ ކައުންސިލުން ނިންމައިފިއެވެ.
ކައުންސިލުން ބުނީ މިރަށު މަހުގެ މަސައްކަތްތައް ކުރުމަށް ހާއްސަކުރެވިފައިވާ ސިނާއީ ސަރަހައްދުން މަސްވެރިކަމާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް 1600 އަކަފޫޓުގެ 05 ބިން ކުއްޔަށް ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ.
ކައުންސިލުން ބުނީ ބިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ މަހަކު އަކަފޫޓަކަށް 60 ލާރި އަށްވުރެ ކުޑަނުވާ އަގަށް ކަމަށެވެ.
މީގެ އިތުރުން ކައުންސިލުން ބުނީ ބިން ކުއްޔަށް ހިފުމަށް ބޭނުންވާ ފަރާތްތަކުން 22 ސެޕްޓެމްބަރގައި 11:00 އަށް ކައުންސިލް އިދާރާއިން މައުލޫމާތު ސާފުކުރެއްވުމަށްފަހު 26 ސެޕްޓެމްބަރުގައި 11:00 އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުމަށް އެދޭ ކަމަށެވެ.
ކައުންސިލުން ބުނީ މައުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެ ކަމަށެވެ.






