Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފޮރިން މިނިސްޓަރ

ރާއްޖޭގަ އެމްބަސީ ހަދަން ބިން ދޫކުރިޔަސް އެބިމުގެ މިލްކުވެރިކަމެއް ނުލިބޭނެ: މިނިސްޓަރ ޝާހިދު

12 ސެޕްޓެމްބަރު 2019 | ބުރާސްފަތި 22:44

މިނިސްޓަރ ވިދާޅުވީ ރާއްޖެއިން ބިން ދޫކުރެވޭނީ އެގައުމަކުން ވެސް ރާއްޖެއަށް ބިން ދޫކުރުމުން ކަމަށް

ޝަރޫނާ އަބްދުﷲ
ޝަރޫނާ އަބްދުﷲ | 12 ސެޕްޓެމްބަރު 2019 | ބުރާސްފަތި 22:44
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

އެހެން ގައުމުތަކުގެ އެމްބަސީތައް ރާއްޖޭގައި ހަދަން ބިން ދޫކުރިނަމަވެސް އެ ބިމުގެ މިލްކުވެރިކަން އެ ގައުމުތަކަށް ނުލިބޭނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ ރާއްޖޭގައި އެހެން ގައުމުތަކުގެ އެމްބަސީތައް އަޅަން ބިން ދޫކުރަން ހަމަޖެހިފައިވީނަމަވެސް އޭގެ މާނައަކީ އެބިމުގެ މިލްކުވެރިކަން އެ ގައުމަކަށް ދެނީ ނޫން ކަމަށެވެ.

Advertisement - newsAdvertisement

އޭނާ ވިދާޅުވީ އުސޫލުގައި އޮންނަގޮތުން، މިފަދަ ކަމަކަށް ރާއްޖެއިން ބިން ދޫކުރެވޭނީ އެގައުމަކުން ވެސް ރާއްޖެއަށް ބިން ދޫކުރުމުން ކަމަށެވެ. އަދި ވޭތުވެދިޔަ ސަރުކާރުތަކުން ރާއްޖޭގައި އެމްބަސީތައް އެޅުމަށް ބައެއް ގައުމުތަކަށް ބިން ދޫކޮށްފައިވާކަމަށެވެ. އެގޮތުން، އިންޑިއާ، ޗައިނާ އަދި ސްރީލަންކާއަށް ބިން ދޫކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، މިނިސްޓަރ ޝާހިދު ވިދާޅުވީ އެމްބަސީ އެޅުމަށް މާލެއިން ދީފައިހުރި ބިންތައް، ހުޅުމާލޭގެ ބިންތަކަށް ބަދަލުކޮށްދިނުމަށް އެ ގައުމުތަކުން އެދުނު ކަމަށެވެ. އަދި ބިންތައް ދީފައި ހުރީ ހުޅުމާލޭގެ ދެވަނަ ފިޔަވަހި ތަރައްގީވާން ފެށުމުގެވެސް މާ ކުރިން ކަމަށާއި އޭރު ބިންތައް ދޫކުރިއިރު ބިންތައް ދީފައިހުރީ އެކި ސަރަހައްދުތަކުން ކަމަށެވެ. އެގޮތުން ސައުދީ އަރަބިއާއަށް ތިން ބިމެއް ދޫކޮށްފައިވާކަމުގައި ވިދާޅުވިއެވެ. އެ ތިން ބިމަކީ ސައުދީގެ އެމްބަސީއެއް ރާއްޖޭގައި އެޅުމަށާއި އެގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހުންނަވަން ބިމެއްގެ އިތުރުން އެމްބަސީގައި މަސައްކަތް ކުރާ މުވައްޒިފުން ތިބޭނެ ބިމެކެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ވިސްނުމުގައި އޮތީ ދުނިޔޭގެ އެހެން ގައުމުތަކުގަ ވެސް ކަން ކުރާ ގޮތަށް، ވަކި ސަރަހައްދެއް އެމްބަސީތައް ހުންނަ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅައި އެތަނުން ބިން ދޫކުރުން ކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ. އޭގެ ބޭނުމަކީ ބައިނަލް އަގްވާމީ ކޮންވެންޝަންތަކާއި އެއްގޮތަށް އެމްބަސީތަށް ހިމާޔަތްކޮށް ރައްކާތެރިކުރުން ކަމަށާއި ރާއްޖޭގައި ހުންނަ ކޮންވެންޝަންތަކަށް ރައްކާތެރިކަން ދިނުމަކީ ރާއްޖޭގެ އަތްމަތީއޮތް ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން އިންޑިއާ އެމްބަސީއަށް ހުޅުމާލެއިން ބިމެއް ކަނޑައަޅާ އެތަނުގައި ބިންގާ އަޅާފައިވާކަމަށާއި ސްރީލަންކާއަށާއި ބަންގްލަދޭޝްއަށް ވެސް އެ ސަރަހައްދުން ބިން ކަނޑައަޅާފައި ވާކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އަދި ޗައިނާ ސަރުކާރަށްވެސް ލަސްނުވެ ބިން ދޫކުރުމުގެ ކަންތައް ހަމަޖެހިގެންދާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި

30 ޖެނުއަރީ 2017
ބެލްޖިއަމް ކޮންސިއުލޭޓް އޮފީހެއް ރާއްޖޭގައި ހުޅުވައިފި
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
22 ޖެނުއަރީ 2017

ސްކޫލުތަކަށް އީވް ގާމަންޓުން 240 ޑަސްބިން ހަދިޔާކޮށްފި

22 ޖެނުއަރީ 2017
ސްކޫލުތަކަށް އީވް ގާމަންޓުން 240 ޑަސްބިން ހަދިޔާކޮށްފި
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

އިންޑޮނީޝިޔާއަށް 5.6 ގެ ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެ

14 ޖެނުއަރީ 2017
އިންޑޮނީޝިޔާއަށް 5.6 ގެ ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެ
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް