Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އދ

އދ.ގެ އިންސާނީ ހައްޤުތަކާބެހޭ މަޖުލީހުގެ 42 ވަނަ ހިއުމަން ރައިޓްސް ކައުންސިލް ސެޝަން ފެށިއްޖެ

3 ހަފްތާގެ މުއްދަތަށް ކުރިއަށްދާ ސެޝަން ނިމެނީ ސެޕްޓެމްބަރު މަހުގެ 27 ވަނަދުވަހު

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 10 ސެޕްޓެމްބަރު 2019 | އަންގާރަ 11:35
އދ.ގެ އިންސާނީ ހައްޤުތަކާބެހޭ މަޖްލީހުގެ 40 ވަނަ ބައްދަލުވުމުގެ ފޮޓޯ

އދ.ގެ އިންސާނީ ހައްޤުތަކާބެހޭ މަޖްލީހުގެ 40 ވަނަ ބައްދަލުވުމުގެ ފޮޓޯ

އދ.ގެ އިންސާނީ ހައްޤުތަކާބެހޭ މަޖުލީހުގެ 42 ވަނަ ހިއުމަން ރައިޓްސް ކައުންސިލް ސެޝަން ސްވިޓްޒަރލޭންޑްގެ ޖެނީވާގައި ހުންނަ އ.ދ.ގެ މައި މަރުކަޒުގައި ފެށިއްޖެއެވެ.

3 ހަފްތާގެ މުއްދަތަށް ކުރިއަށްދާ ސެޝަން ނިމެނީ ސެޕްޓެމްބަރު މަހުގެ 27 ވަނަދުވަހު ކަމަށް ފޮރިން މިނިސްޓްްރީއިން އަންގާރަ ދުވަހު ނެރުނު ބަޔާނުގައި ވެއެވެ.

Advertisement - newsAdvertisement

މި ސެޝަން ފަށްޓަވާ ދެއްވީ އިންސާނީ ހައްޤުތަކާބެހޭ މަޖިލީހުގެ ރައީސް، އެމްބެސެޑަރ ކޮލީ ސެކްއެވެ. އެމްބެސެޑަރ ކޮލީ ސެކް ވާހަކަފުޅުދައްކަވާފައިވާއިރު ހައިކޮމިޝަނަރ ފޮރ ހިޔުމަން ރައިޓްސް މިޝެއިލް ބެޝެލޭ ވަނީ ތަގުރީރު ކުރައްވާފައެވެ. މި ތަޤްރީރުގައި އަލިއަޅުވާލައްވާފައިވަނީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހިންގަމުން އަންނަ އިންސާނީ ހައްޤުތަކާގުޅުން ހުރި މައްސަލަތަކާއި އެކަމަނާގެ އޮފީހުންކުރާ މަސައްކަތްތަކަށެވެ. މީގެއިތުރުން އެކަމަނާގެ ވާހަކަފުޅުގައި ދުނިޔެއަށް ކުރިމަތިވަމުންދާ މޫސުމީ ބަދަލުތަކަށް އަލިއަޅުވާލާފައިވެއެވެ. އަދި ގައުމުތަކުން ބައިނަލްއަގްވާމީ މައިދާނުގައި އިތުރަށް މަސައްކަތްކުރުމަށް ވެސް މިޝެއިލް ބެޝެލޭ ވަނީ ގޮވާލައްވާފައެވެ.

މި ކައުންސިލް ސެޝަންގައި ވެސް ދިވެހިރާއްޖެ އިން އެކިއެކި އެޖެންޑާ އައިޓަމްގެ ދަށުން ތަޤުރީރު ކުރައްވަން ހަމަޖެހިފައިވާއިރު މިޔަންމާގައި ރޮހިންގްޔާ ދަރިކޮޅުގެ މުސްލިމުންނާ ދޭތެރޭ ހިނގަމުން އަންނަ ލާ އިންސާނީ އަމަލުތައް ހުއްޓުވުމަށް ގޮވާލުމުގެ އިތުރުން، ސީރިއާ އަދި ޕަލަސްތީންގައި ހިނގަމުން އަންނަ އިންސާނީ ޙައްޤުތަކާ ޚިލާފް އަމަލުތައް ހުއްޓުވުމަށް ރާއްޖޭގެ ފަރާތުން ވާހަކަދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން އެނުއަލް ޑިސްކަޝަން އޮން އިންޓިގްރޭޝަން އޮފް އަ ޖެންޑަރ ޕަރސްޕެކްޓިވް، ކްލަސްޓަރޑް ޑައިލޮގް އޮން އެންފޯސްޑް އެންޑް އިންވޮލޮންޓޮރީ ޑިސަޕިއަރެންސަސް އެންޑް ޓްރޫތް، ޖަސްޓިސް އެންޑް ރެޕެޓްރިއޭޝަން އެންޑް އިންޑިވިޑުއަލް އިންޓަރެކްޓިވް ޑައިލޮގް އާއި ވޯކިންގް ގްރޫޕް އޮފް އާބިޓަރީ ޑިޓެންޝަން ދަށުން ވެސް ވާހަކަދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

42 ވަނަ ހިއުމަން ރައިޓްސް ކައުންސިލް ސެޝަންގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވާ ވަފުދުގައި އިސްކޮށް ހުންނަވާނީ، ދިވެހިރާއްޖޭއިން ޖެނީވާގައި ހުންނަ އދ.ގެ އޮފީހަށް ކަނޑައަޅާފައި ހުންނަ ދާއިމީ މަންދޫބު، ޑރ. ހާލާ ޙަމީދެވެ. އަދި އެ އެކަމަނާއެކު، އެ އޮފީހުގެ ޑެޕިއުޓީ ޕާރމަނަންޓް ރެޕްރެސެންޓޭޓިވް، ޙަވްލާ އަޙްމަދު ދީދީ، ފަސްޓް ސެކްރެޓަރީ، ޝާހިޔާ އަލި މަނިކް އަދި މިނިސްޓްރީގެ ޑެސްކް އޮފިސަރ މުހައްމަދު ޝުޖާއު ބައިވެރިވާނެއެވެ

.ހިއުމަން ރައިޓްސް ކައުންސިލްއަކީ 47 މެންބަރުން ހިމެނޭ، ދުނިޔޭގެ އިންސާނީ ހައްޤުތައް ކުރިއެރުވުމަށް ބާރުއެޅުމަށް އަދި އެކަމާ ގުޅޭ އެންމެ އިސް މަޝްވަރާތަކާ ނިންމުންތައް ނިންމޭ މަޖްލީހެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނޫސްވެރިންނާ މެދު ލާއިންސާނީ ޖަރީމާތައް ހިންގާ ފަރާތްތަކުގެ ތަޙްޤީޤު އަވަސްކުރުމަށް އެޗްއާރުސީއެމް އިން ގޮވާލައިފި

ނޫސްވެރިންނާ މެދު ލާއިންސާނީ ޖަރީމާތައް ހިންގާ ފަރާތްތަކުގެ ތަޙްޤީޤު އަވަސްކުރުމަށް އެޗްއާރުސީއެމް އިން ގޮވާލައިފި

03 މެއި 2017
އިންސާފުން ނޫން ގޮތަށް އެއްދުވަހު ޖަލުގައި އޮތުމަކީ ލާއިންސާނީވުން: މާރިޔާ

އިންސާފުން ނޫން ގޮތަށް އެއްދުވަހު ޖަލުގައި އޮތުމަކީ ލާއިންސާނީވުން: މާރިޔާ

02 މެއި 2017
ހިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބެންޖެހޭ، ޔާމީނުގެ މަރަށް އިންސާފުވެރި ތަހުގީގެއް ހިންގަންޖެހޭ: އދ ހިއުމަން ރައިޓްސް ކޮމިޝަނަރ

ހިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބެންޖެހޭ، ޔާމީނުގެ މަރަށް އިންސާފުވެރި ތަހުގީގެއް ހިންގަންޖެހޭ: އދ ހިއުމަން ރައިޓްސް ކޮމިޝަނަރ

25 އެޕްރީލު 2017
ޑިމޮކްރަސީ، އިންސާނީ ހައްގުތައް ނެގެހެއްޓުމަށް އދ އިން ގޮވާލައިފި

ޑިމޮކްރަސީ، އިންސާނީ ހައްގުތައް ނެގެހެއްޓުމަށް އދ އިން ގޮވާލައިފި

08 އެޕްރީލު 2017
އިންސާނީ ޙައްޤުތައް ޤާއިމްކޮށް، ކޮމަންވެލްތާއި އަލުން ގުޅެންޖެހޭ: ރައީސް ނަޝީދު

އިންސާނީ ޙައްޤުތައް ޤާއިމްކޮށް، ކޮމަންވެލްތާއި އަލުން ގުޅެންޖެހޭ: ރައީސް ނަޝީދު

13 މާރިޗު 2017

އަހަރުތަކުން މިއަދު

29 އެޕްރީލު
ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
20242 އަހަރު ކުރިން
މީހުން

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް
20233 އަހަރު ކުރިން
ކުޅިވަރު

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް
20224 އަހަރު ކުރިން
ދުނިޔެ

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟
20215 އަހަރު ކުރިން
ރިޕޯޓު

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ
20197 އަހަރު ކުރިން
ދުނިޔެ

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!
20188 އަހަރު ކުރިން
ރިޕޯޓު

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު