Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިރުފުށީ ރިސޯޓްގެ މައްސަލަ

ސަން ޓްރެވަލްސް އަށް 16 މިލިއަން ޑޮލަރު ދެއްކުމަށް ހިލްޓަންގެ މައްޗަށް ހުކުމް ކޮށްފި

އާބިޓްރޭޝަނުން އަންގާފައި އޮތީ ހިލްޓަން އަށް ބަދަލުދޭން

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް, ރާއްޖެ އެމްވީ | 9 މާރިޗު 2017 | ބުރާސްފަތި 22:55
ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނާއި އަރިސް، ސިޔާމް

ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނާއި އަރިސް، ސިޔާމް

ނ. އިރުފުށި ރިސޯޓް ހިންގުން ހިލްޓަން އިންޓަނޭޝަނަލް އަތުން އަތުލި މައްސަލާގައި ހިލްޓަން އަށް ބޮޑު ބަދަލެއް ދިނުމަށް ސަން ޓްރެވަލްސްގެ އެންޑް ޓުއާސްގެ މައްޗަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން އަންގާފައި ވަނިކޮށް، ސަން ޓްރެވަލްސް އަށް 16 މިލިއަން ޑޮލަރު ދެއްކުމަށް ހިލްޓަންގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދުގެ އިރުފުށި ރިސޯޓް ހިންގަން ހިލްޓަނާ އެކު ސޮއި ކުރި އެއްބަސްވުން އުވާލައި، އެ ރިސޯޓް އަތުލި މައްސަލާގައި ހިލްޓަން އަށް 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) ދޭން ސިންގަޕޫރު އާބިޓްރޭޝަނުން ސަން ޓްރެވަލްސް އަށް އަންގާފައި ވަނިކޮށް، 16.7 މިލިއަން ޑޮލަރު (257.5 މިލިއަން ރުފިޔާ) ސަން ޓްރެވަލްސް އަށް ދެއްކުމަށް ހިލްޓަންގެ މައްޗަށް ސިވިލް ކޯޓުން ބުރާސްފަތި ދުވަހު ހުކުމް ކުރީ ހިލްޓަންއާ ދެކޮޅަށް މަކަރާއި ހީލަތުން އެއްބަސްވުމުގައި ސޮއި ކުރުވި ކަމަށް ބުނެ ސަން ޓްރެވަލްސް އިން ދައުވާގެ ޝަރީއަތުގަ އެވެ.

Advertisement - newsAdvertisement

ސަން ޓްރެވަލްސް އިން ކޯޓުގައި ދައުވާކުރީ މަކަރާއި ހީލަތުން އެ އެއްބަސްވުމުގައި ސޮއި ކުރުވާފައިވާތީ އާއި އެ އެއްބަސްވުމާ ޚިލާފްވެފައި ވާތީ، އެއްބަސްވުން ބާތިލްކޮށް، އަދި ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށެވެ.

އެ މައްސަލައިގައި ބުރާސްފަތި ދުވަހު ހުކުމް ކުރިއިރު، ސިވިލް ކޯޓުގެ މައްސަލަތަކުގެ ތާވަލުގައި އެ ޝަރީއަތް ހިމަނާފައެއް ނުވެ އެވެ. އަދި ސިވިލް ކޯޓުގެ ވެބްސައިޓަށް ހުކުމް އަޕްލޯޑް ކޮށްފައިވެސް ނުވެ އެވެ.

ސިވިލް ކޯޓުގެ ގާޒީ އަލީ ނަސީރު ކުރެއްވި ހުކުމުގައި ބުނެފައިވަނީ އިރުފުށި ރިސޯޓް ހިލްޓަންގެ މެނޭޖްމެންޓުގެ ދަށުން ހިންގައިފިނަމަ ފަސް އަހަރުގެ ތެރޭގައި ލިބޭނެ ފައިދާ އަންދާޒާކޮށް ހިލްޓަން އިން ތައްޔާރުކުރި ރިޕޯޓާ މެދު ސަން ޓްރެވަލްސްގެ ކަންބޮޑުވުންތަކެއް ހުރުމުން، މުރާޖާކޮށް ފޮނުވި ރިޕޯޓުގައި އޮކިއުޕެންސީ އިތުރުކޮށް، ކޮޓަރި ވިއްކާ އަގާއި ރިސޯޓް ހިންގައިގެން ފައިދާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދު ބޮޑުކޮށްފައިވާ ކަމަށެވެ.

ހުކުމުގައި ބުނެފައިވަނީ، ރިސޯޓް ހިންގުމަށް ސަން ޓްރެވަލްސް އިން ހިލްޓަންއާ ހަވާލުކުރި އެއްބަސްވުމުގައި ސޮއިކުރީ އެ ރިޕޯޓަށް އިތުބާރުކޮށްގެން ކަމަށެވެ. ނަމަވެސް، ހިލްޓަން އިން ރިސޯޓް ހިންގި ދުވަސްވަރު އަންދާޒާކުރި އަދަދުތަކާއި ގާތަށް ވެސް ނަތީޖާ ހާސިލްކުރެވިފައިނުވާ ކަމަށާއި އަންދާޒާކުރި މިންވަރު ހާސިލްނުވާން މެދުވެރިވި މަގުބޫލު ސަބަބެއް ވެސް ބަޔާންކޮށްދެވިފައިނުވާ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.

ރިޕޯޓް ތައްޔާރުކޮށްފައިވަނީ އެކަށީގެންވާ އަސާސްތަކެއްގެ މައްޗަށް ބިނާކޮށްގެންކަން ޝަރީއަތަށް ސާބިތުވާފަދަ ކާފީ ހެއްކެއް ހިލްޓަން އިން ދައްކާފައިނުވާތީ އެ ރިޕޯޓަކީ ހަމައެކަނި ސަން ޓްރެވަލްސް ލައްވާ ހޮޓަލް މެނޭޖްމެންޓު އެއްބަސްވުމުގައި ސޮއިކުރުމުގެ ގޮތުން ހަގީގަތާ ޚިލާފުކަމެއް ނުވަތަ އެއްޗެއް އެއީ ތެދެއްކަމުގައި ދައްކައިގެން ސޮއިކުރުވާފައިވާ އެގްރީމެންޓެއްކަން މަދަނީ މިންގަނޑުތަކުން ސާބިތުވާ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.

ހުކުމުގައި ބުނެފައިވަނީ މެނޭޖްމެންޓް އެއްބަސްވުމަކީ ކޮންޓްރެކްޓާއި ބެހޭ ގާނޫނުގެ 12 ވަނަ މާއްދާއާއި، 16 ވަނަ މާއްދާއަށް ރިއާޔަތްކޮށް، އެ ގާނޫނުގެ 13 ވަނަ މާއްދާގެ ދަށުން އެއަށް އަމަލުކުރެވެން ނެތް ބާތިލް އެގްރީމެންޓެއް ކަމަށާއި ހިލްޓަންގެ އަތުން އިރުފުށި އަތުލާފައިވަނީ ކޮންޓްރެކްޓާއި ބެހޭ ގާނޫނުގެ ތަރަހައިގެ ތެރެއިން ސަން ޓްރެވަލްސް އަށް ލިބިގެންވާ އިޚްތިޔާރުގެ ދަށުން ކަމަށެވެ.

މީގެ އިތުރުން ހުކުމުގައި ބުނެފައިވަނީ، ސަން ޓްރެވަލްސް ލައްވާ އެއްބަސްވުމުގައި ސޮއިކުރުވުމަށް، އޮޅުވާލައިގެން ހަގީގަތާ ޚިލާފު ކަމެއް ނުވަތަ އެއްޗެއް އެއީ ތެދެއްކަމުގައި ދައްކައިގެން އެއްބަސްވުމުގައި ސޮއިކޮށް ރިސޯޓުގެ ހިންގުމާއި ހިލްޓަން އިން ހަވާލުވުމުގެ ސަބަބުން ސަން ޓްރެވަލްސް އަށް ލިބިފައިވާ މާލީ ގެއްލުމަށް ކޮންޓްރެކްޓާއި ބެހޭ ގާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ބަދަލު ދޭންޖެހޭ ކަމަށެވެ.

އެކަންތައްތައް ފާހަގަކޮށް ގާޒީ އަލީ ނަސީރު ކުރެއްވި ހުކުމުގައި ވަނީ ހަ މަސް ދުވަހުގެ ތެރޭގައި 16 މިލިއަން ޑޮލަރު ސަން ޓްރެވަލަސް އަށް ދެއްކުމަށް ހިލްޓަންގެ މައްޗަށް އަންގާފަ އެވެ.

އިރުފުށި ހިންގުން ހިލްޓަން އިންޓަނޭޝަނަލްއާ 2009 ގައި ހަވާލު ކުރުމަށް ފަހު 2013 ގައި ސަން ޓްރެވަލްސް އިން ވަނީ އެތަން އަތުލައިފަ އެވެ.

ހިލްޓަން އަށް 24 މިލިއަން ޑޮލަރު ދޭން އާބިޓްރޭޝަނުން އެންގި އެންގުން ތަންފީޒު ކުރަން ހިލްޓަނުން ވެސް ސަން ޓްރެވަލްސްއާ ދެކޮޅަށް ދައުވާކުރި އެވެ. އެކަމަކު ސިވިލް ކޯޓުން މިމަހު ނިންމީ އާބިޓްރޭޝަންގެ ގާނޫނުގެ އޮތްގޮތުން، އާބިޓްރޭޝަންގެ އެ ނިންމުން ތަންފީޒުކޮށް ދެވޭނީ ހައި ކޯޓަށް ކަމަށެވެ.

އާބިޓްރޭޝަންގެ ނިންމުން ތަންފީޒުކޮށް ދެވޭނީ ހައި ކޯޓަށް ކަމަށް ސިވިލް ކޯޓުން ނިންމިޔަސް އާބިޓްރޭޝަންގެ މައްސަލަތައް ބެލުމާ ބެހޭގޮތުން ހައި ކޯޓުން ހަދާފައިވާ ގަވާއިދު ބުނާގޮތުން އާބިޓްރޭޝަން ޓްރައިބިއުނަލްގެ ނިންމުން ތަންފީޒު ކުރާނީ ކޯޓުތަކުގެ ހުކުމްތައް ތަންފީޒު ކުރަން އޮންނަ އުސޫލުގެ މަތިންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް

ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް

15 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި

ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި

12 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު