Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަނިލް ރާއްޖެވަޑައިގަތުން

ލަންކާއަށް ދަތުރުކުރާ ދިވެހިންނަށް ތިން މަސްދުވަހުގެ އޮންއެރައިވަލް ވިސާ ހަމަޖެއްސުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

2 ސެޕްޓެމްބަރު 2019 | ހޯމަ 08:26

ފަސް އެމްއޯޔޫއެއްގައި ވަނީ ސޮއިކޮށްފައި

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 2 ސެޕްޓެމްބަރު 2019 | ހޯމަ 08:26
ރަނިލް ވިކްރަމަސިންހައަށް ރަސްމީ ގޮތުން މަރްހަބާ ދެންނެވުމުގެ ހަރަކާތްތައް ބާއްވާފައިވަނީ ޖުމްހޫރީ މައިދާނުގައި

ރަނިލް ވިކްރަމަސިންހައަށް ރަސްމީ ގޮތުން މަރްހަބާ ދެންނެވުމުގެ ހަރަކާތްތައް ބާއްވާފައިވަނީ ޖުމްހޫރީ މައިދާނުގައި

ސްރީލަންކާއަށް ދަތުރުކުރާ ދިވެހިންނަށް 90 ދުވަހުގެ އޮންއެރައިވަލް ވިސާ ލިބޭ އެއްބަސްވުމެއްގައި ދެ ގައުމުގެ ދެ މެދުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވާފައި ވަނީ ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ މިހާރު ރާއްޖެއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މި އެއްބަސްވުމުގެ ދަށުން ސްރީ ލަންކާއަށް ދަތުރުކުރާ ދިވެހީންނަށް 90 ދުވަހުގެ އޮންއެރައިވަލް ވިސާ ހިލޭ ހަމަޖެހިގެންދާނެއެވެ. މީގެ އިތުރުން ދެޤައުމުގައިވެސް ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް މަލްޓިޕްލް އެންޓްރީ ބިޒްނަސް ވިސާ މި އެއްބަސްވުމުގެ ދަށުން ހަމަޖެހިގެންދާނެއެވެ. ރައީސް އޮފީހުން ބުނީ ލަންކާގައި ތައުލީމު ހާސިލުކުރާ އަށާރަ އަހަރުން ދަށުގެ ދިވެހި ދަރިވަރުންނާއި އެދަރިވަރުންގެ މައިންބަފައިންނާއި ބެލެނިވެރިންނަށް ވިސާގެ އެއްބަސްވުމަށް ގެނެވުނު ލުއިފަސޭހަކަމުގެ ބޭނުން ހިފިގެންދާނެ ކަމަށެވެ. ”އެގްރީމަންޓް އޮން ފެސިލިޓޭޝަން އޮފް ވިސާ އެރޭންޖްމެންޓްސް" ގެ ނަމުގައި ބަދަލުކުރެވުނު މި އެއްބަސްވުމާއެކު 2008 ވަނަ އަހަރު ދެޤައުމުގެ މެދުގައި ވެވިފައިވާ ވިސާއާބެހޭ އެއްބަސްވުމަށް އިސްލާހު ގެނެވިގެންދާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ވެސް ދެ ޤައުމުގެ ދެމެދުގައި ވަނީ ހަތަރު އެމްއޯޔޫއެއްގައި ސޮއި ކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ "އެމްއޯޔޫ އޮން ހަޔަރ އެޑިއުކޭޝަން އެންޑް ވޯޓަރ ސެކްޓަރ ކޯޕަރޭޝަން"، "އެމްއޯޔޫ އޮން ސޯޝަލް ޕްރޮޓެކްޝަން" އަދި "އެމްއޯޔޫ ފޮރ ވޮކޭޝަނަލް ޓްރެއިނިންގ އެންޑް ޔޫތް ޑިވެލޮޕްމަންޓް" އެއްބަސްވުމެވެ. "އެމްއޯޔޫ އޮން ހަޔަރ އެޑިއުކޭޝަން" އެއްބަސްވުމަކީ ރާއްޖެއާއި ސްރީލަންކާގެ ދަރިވަރުންނަށް ތަޢުލީމީ ފުރުސަތުތައް ފަހިކޮށްދީ ޚާއްސަކޮށް ފެނާއި ގުޅުންހުރި ދާއިރާތަކުން ކަމާގުޅޭ މާހިރުންގެ ލަފަޔާ އިރުޝާދާ އެކީ ކަންކަމުގެ މަޢުލޫމާތު ބަދަލުކުރުމަށް ވެވުނު އެއްބަސްވުމެކެވެ.

"އެމްއޯޔޫ އޮން ސޯޝަލް ޕްރޮޓެކްޝަން" އެއްބަސްވުމަކީ އިޖްތިމާއީ ރައްކާތެރިކަމުގެ ދާއިރާއިން ދެޤައުމުގެ މެދުގައި އެއްބާރުލުން ދިނުމާއެކު މިރޮނގުން އެންމެ ނާޒުކު ފަރާތްތައް ކަމަށްވާ ކުޑަކުދިންނާއި، ދުވަސްވީ މީހުންގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ބެހޭގޮތުން ވެފައިވާ އެއްބަސްވުމެވެ.

"އެމްއޯޔޫ ފޮރ ވޮކޭޝަނަލް ޓްރެއިނިންގ އެންޑް ޔޫތް ޑިވެލޮޕްމަންޓް" ގެ ނަމުގައި ބަދަލު ކުރެވުނު އެއްބަސްވުމަކީ ޒުވާނުންނަށް އަމާޒުކޮށްގެން މަޢުލޫމާތު ބަދަލުކުރުމާއި، ގުޅިގެން މަސައްކަތްކުރުމާއި، އިސްނެގުމާއި ހިންގުމުގެ ހުނަރު ތަރައްޤީ ކުރުމަށް ފަންނީ އަދި ވޮކޭޝަނަލް ތަމްރީންތައް ހިންގުމަށް ވެވުނު އެއްބަސްވުމެކެވެ. އަދި، މި އެއްބަސްވުމުގެ ދަށުން ދެޤައުމުގެ ދެމެދުގައި ތާރީޚާއި ސަޤާފަތް ދިރުވާ އާލާކުރުމާ، ބަހާއި އާދަކާދައިގެ ތެރެއިން ޢިލްމީ ދިރާސާތައް ހެދުންވެސް ހިމެނޭނެއެވެ.

ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ހޯމަ ދުވަހު ރާއްޖެ ވަޑައިގެންފައިވާއިރު، މަޖިލީހުގަ އެ މަނިކުފާނު ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައިވަނީ އަންގާރަދުވަހުގެ ހެނދުނު 9:30 ގައެވެ. އަދި މީގެ އިތުރުން ރާއްޖޭގައި މާދަމާ ފަށާ އިންޑިއަން އޯޝަން ކޮންފަރެންސް 2019 ގައި ވެސް އެ މަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
25 ޖެނުއަރީ 2017

މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ

25 ޖެނުއަރީ 2017
މީހަކު ނެތި އޮޔާދަނިކޮށް ކަނޑުމަތިން ލޯންޗެއް ފެނިއްޖެ
21 ޖެނުއަރީ 2017

ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

21 ޖެނުއަރީ 2017
 ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް